ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)286-MP/286/2023/87
ޕަބްލިޝްކުރި ތާރީޚް: 16 ޖުލައި 2023
ޕަބްލިޝްކުރި ގަޑި: 16:18
ސުންގަޑި:
30 ޖުލައި 2023 13:00
މިލަދުންމަޑުލު ދެކުނުބުރީ ކެނދިކުޅުދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މިނިސްޓްރީ އޮފް ހަޔަރ އެޑިއުކޭޝަންގެ ފަރާތުން ކެނދިކުޅުދޫގައި ޤާއިމްކުރުމަށް ނިންމާފައިވާ ކެނދިކުޅުދޫ ޖޫނިއަރ ކޮލެޖުގެ ބިމުގައި ހުރި ރުއްގަސްތައް ނަގައި ބިން ސާފުކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ.
ރުއްގަހާއި ބުމުގެ ތަފްޞީލު
މިސަރަހައްދަކީ، ނ. ކެނދިކުޅުދޫ، ކެނދިކޮޅު އަވަށުގެ ދެކުނުން އައްސޭރި ހިނގުމުން ފެށިގެން ދެކުނަށް 430 ފޫޓު، ދަވަދައިތަ ކަހާ މަގުން ފެށިގެން ހުޅަނގަށް 200 ފޫޓު، ޖުމްލަ 86،000 އަކަފޫޓުގެ ތެރޭގައި ހިމެނޭ އެންމެހާ ރުއްގަސް، މިއެވެ. ނ. ކެނދިކުޅުދޫ ޖޫނިއަރ ކޮލެޖުގެ ބިން ހިމެނޭ ސަރަހައްދު އަނގައިދޭ ޗާޓާއި، މި ސަރަހައްދުގައި ހިމެނޭ ރުއްގަހުގެ ތަފްޞީލު ލިސްޓާއި އީ.އައި.އޭ މިއިޢުލާނާއިއެކު ޝާއިޢުކުރެވިފައިވާނެއެވެ.
ވީމާ މިދެންނެވި ސަރަޙައްދުގައި ހުރި އެންމެހާ ރުއްގަސް ނެގުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން ބީލަމުގައި ރަޖިސްޓްރީވުމަށްފަހު، 30 ޖުލައި 2023 ވާ އާދީއްތަ ދުވަހުގެ 13:00ގައި މިއިދާރާގެ ޖަލްސާކުރާ މާލަމަށް ވަޑައިގެން ޕްރޮޕޯސަލް ހުށަހެޅުއްވުމަށް ފުރުޞަތު ހުޅުވާލަމެވެ.
މި އިޢުލާނަށް ބީލަން ހުށަހެޅުއްވޭނީ، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަމްބަރު 19/2014) ދަށުން ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށާއި ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަމްބަރު 18/2014) ގެ ދަށުން ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށް އެކަންޏެވެ.
ނަން ނޯޓް ކުރުން / ރަޖިސްޓްރޭޝަން
|
- ބިޑުގައި ރަޖިސްޓްރީވާން އެދޭ ފަރާތްތަކުން، 20 ޖިލައި 2023 ވާ ބުރާސްފަތި ދުވަހު 00:14 ގެ ކުރިން ތިރީގައިވާ ލިންކުގައި ތައްޔާރުކުރެވިފައިވާ ފޯމް ފުރިހަމަ ކުރަންވާނެއެވެ. ބިޑުގައި ރަޖިސްޓަރީވާ ފަރާތްތައް ފިޔަވާ އެހެން އެއްވެސް ފަރާތަކަށް ބިޑު ހުށައެއްނޭޅޭނެއެވެ.
- https://forms.office.com/r/5q8X15q0av
|
ޕުރީބިޑު މީޓިންގ / މަޢުލޫމާތު ސާފުކުރުން
|
- މަޢުލޫމާތު ސާފުކުރައްވަން ބޭނުންވާ ފަރާތްތަކަށް ބާއްވާ ބައްދަލުވުމެއް 20 ޖުލައި 2023 ވާ ބުރާސްފަތި ދުވަހުގެ 11:00 ގައި، ނ. ކެނދިކުޅުދޫ ކައުންސިލް އިދާރާގެ ޖަލްސާކުރާ މާލަމުގައި އޮންނާނެއެވެ.
- · ބިޑް / ޕްރޮޕޯސަލް ހުށަހަޅާ ފަރާތްތަކުން، މި ބައްދަލުވުމުގައި ބައިވެރިވުން ލާޒިމެއް ނުވާނެއެވެ.
- ރަޖީސްޓްރީވުމަށްފަހު، މަޢުލޫމާތު ސާފުކުރަން ޙާޟިރު ނުވެވޭ ފަރާތްތަކަށް، ބަދަލުގައި މީހަކު ފޮނުވިދާނެއެވެ.
- ބަދަލުގައި ފޮނުވާ ފަރާތުގެ މަޢުލޫމާތު (ފުރިހަމަ ނަމާއި، އައިޑީ ކާޑު ނަންބަރާއި، ގުޅޭނެ ނަންބަރު) އިނގޭނެ ގޮތަށް ސިޓީއެއް ގެންނަވާނެއެވެ.
|
ބިޑު (އަންދާސީ ހިސާބު) ހުށަހެޅުން
|
- ބިޑް / ޕްރޮޕޯސަލް ހުޅުވުން އޮންނާނީ 30 ޖުލައި 2023 ވާ އާދީއްތަ ދުވަހުގެ 13:00 ގައި ނ. ކެނދިކުޅުދޫ ކައުންސިލް އިދާރާގެ ޖަލްސާކުރާ މާލަމުގައެވެ.
- ބިޑް / ޕްރޮޕޯސަލްތައް ހުންނަންވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ.
- ބިޑް / ޕްރޮޕޯސަލްތައް އީމެއިލް މެދުވެރިކޮށް ބަލައިގަނެވޭނެއެވެ. މިގޮތުން ފޮނުވާ އީމެއިލް ތަކުގެ ސަބްޖެކްޓްގައި އިޢުލާނު ނަންބަރު ޖެހިފައި ހުންނަށްވާނެއެވެ. މެއިލް ކުރަށްވާނީ [email protected] އަށެވެ.
- ނަންނޯޓު ނުކުރާ ފަރާތްތަކާއި، ގަޑިޖެހިގެން ބިޑުހުށައަޅަން ވަޑައިގަންނަވާ ބޭފުޅުންނަށް ބިޑު ހުށައެޅުމުގެ ފުރުޞަތު ދެވެން ނޯންނާނެ ވާހަކަ ދަންނަވަމަވެ.
|
މާކްސް ދިނުން
|
މަސައްކަތުގެ ކޮށްދިނުމަށް ހުށަހަޅާ އަގަށް %60 (ފަސްދޮޅަސް އިންސައްތަ)
ޕްރޮޕޯޒަލްއިވެލުއޭޓްކުރުމުގައިބެލޭނެކަންކަމާއިޕޮއިންޓްދެވޭނެގޮތް 40% (ސާޅީސް އިންސައްތަ ބެހިފައިވާ ގޮތް)
- މަސައްކަތް ނިންމުމަށް ހުށަހަޅާ މުއަދަތަށް %30 (ތިރީސް އިންސައްތަ)
- މަސައްކަތާއި ގުޅުންހުރި ދާއިރާގެ ތަޖުރިބާއަށް 10 % (ދިހަ އިންސައްތަ)
|
އިތުރު މަޢުލޫމާތު:
|
- އެކަށީގެންވާ އަދަދަށް ބިޑު ލިބިފައި ނުވާނަމަ އަދި ހުށަހަޅާފައިވާ ބިޑްތަކުގެ އަގާއި މުއްދަތު އެކަށީގެންނުވާނަމަ މި އިޢުލާނު ބާޠިލްކުރުމުގެ އިޚްތިޔާރު ނ. ކެނދިކުޅުދޫ ކައުންސިލަށް ލިބިގެން ވެއެވެ.
- ކެނދިކުޅުދޫ ކައުންސިލްގެ އިދާރާ
- ނ. ކެނދިކުޅުދޫ، ދިވެހިރާއްޖެ،
- ފޯން: 6560013 ނުވަތަ 6560663 (ރަސްމީ ގަޑީގައި)
- އީމެއިލް: [email protected]
|
ވީމާ، މިކަން ޢާއްމުކޮށް އަންގާ އިޢުލާން ކުރީމެވެ.
28 ޛުލްޙިއްޖާ 1444
16 ޖުލައި 2023