ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)425-CB/1/2023/172
ޕަބްލިޝްކުރި ތާރީޚް: 16 ޖުލައި 2023
ޕަބްލިޝްކުރި ގަޑި: 15:08
ސުންގަޑި:
01 އޮގަސްޓް 2023 00:00
މާލޭ ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު (7/2010) ގެ 107 ވަނަ މާއްދާގެ ދަށުން ރައްޔިތުންނާއި ބައްދަލުކުރުން.
ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު (7/2010) ގެ 107 ވަނަ މާއްދާގައި ސިޓީ ކައުންސިލްތަކުން ކޮންމެ އަހަރު ބާއްވަން ލާޒިމްކުރާ ރައްޔިތުންގެ ބައްދަލުވުން ތަކުގެ ތެރެއިން މި އަހަރުގެ ދެވަނަ ބައްދަލުވުން 31 ޖުލައި 2023 ވާ ހޯމަ ދުވަހުގެ ރޭގަނޑު 8:30 ގައި ލޮނުޒިޔާރަތް ޕާކްގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.
ވީމާ، މި ބައްދަލުވުމަށް މާލެ ސިޓީގެ ރައްޔިތުންނަށް ދައުވަތު އަރުވައި، މިކަން އާންމުކޮށް އަންގާ އިޢުލާން ކުރަމެވެ.
16 ޖުލައި 2023