ދިވެހިރާއްޖެ
މިކުންފުނީގެ ފަރާތުންދޭ މައުލޫމާތާއި އެއްގޮތްވާގޮތުގެ މަތިން، މި ކުންފުންޏަށް HPE MSA 2060 FC Expansion ސްޓޯރޭޖް ސިސްޓަމެއް ސަޕްލައިކޮށް، އިންސްޓޯލްކޮށ، ކޮންފިގަރ ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެގެން ކުރެވުނު އިޢުލާން ނަމްބަރު (MWSC-L/1/ADV/2023/42) އަށް އެކަށީގެންވާ ތަރުހީބެއް ލިބިފައިނުވާތީ އެ އިޢުލާން ބާތިލްކޮށް އަލުން އިޢުލާން ކުރަމެވެ. ވީމާ، މިމަސައްކަތަށް ބީލަން ހުށަހެޅުމުގެ ދައުވަތު މިކަމަށް ޝައުގުވެރިވެލައްވާ އެންމެހާ ފަރާތްތަކަށް ހުޅުވާލަމެވެ.
| 
 ތަން  | 
 ގަޑި  | 
 ތާރީހް  | 
 ތަފްސީލް  | 
| 
 އެމް.ޑަބްލިޔު.އެސް.ސީ (ކަސްޓަމާރ ސާރވިސް ބިލްޑިންގ، 6 ވަނަ ފަންގިފިލާ)  | 
 10:30  | 
 18 ޖުލައި 2023  | 
 މައުލޫމާތު ސާފުކުރުން  | 
| 
 އެމް.ޑަބްލިޔު.އެސް.ސީ (ކަސްޓަމާރ ސާރވިސް ބިލްޑިންގ، 6 ވަނަ ފަންގިފިލާ)  | 
 10:30  | 
 20 ޖުލައި 2023  | 
 އަގު ހުށައެޅުން  | 
ބީލަމުގައި ބައިވެރިވުމަށް ފުރިހަމަ ވާންޖެހޭ މުހިންމު ޝަރުތުތައް:
- މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވޮލޮޕްމަންޓް އިން ވިޔަފާރި ކުރުމުގެ ހުއްދަ ލިބިފައިވާ ފަރާތްތަކަށްވުން.
 - މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީގައި ޖީ.އެސް.ޓީ އަށް ރެޖިސްޓްރީ ވެފައިވާ ފަރާތަކަށްވުން.
 - ފާއިތުވެދިޔަ ހަމަހުގެ މީރާ ޓެކްސް ކުލިޔަރެންސް ރިޕޯޓް އޮތް ފަރާތަކަށްވުން.
 - އެޗް.ޕީ.އީ މެނުފެކްޗަރަރ އޮތޮރައިޒޭޝަން ލެޓާރ އޮތް ފަރާތަކަށްވުން.
 
ނޯޓް: އަގު ހުށަހެޅުއްވޭނީ މަޢުލޫމާތު ސާފުކުރަން ވަޑައިގަންނަވާ ފަރާތްތަކަށް އެކަންޏެވެ. އަގު ހުށަހަޅުއްވާއިރު އަގު ހުށަހަޅާ ފަރާތުގެ އައިޑީ ކާޑު ކޮޕީ، ކުންފުނީގެ ރަޖިސްޓްރީ، ޖީ.އެސް.ޓީ ސެޓްފިކެޓްގެ ކޮޕީ މީރާ ޓެކްސް ކުލިޔަރެންސް ރިޕޯޓް އަދި އެޗް.ޕީ.އީ މެނުފެކްޗަރަރ އޮތޮރައިޒޭޝަން ލެޓާރ ބިޑާއި އެއްކޮށް ހުށަހަޅަން ވާނެއެވެ.
ލޯކަލް ޕްރޮކިއުމަންޓް ޑިޕާޓްމަންޓް