| އިޢުލާނު   | 
| މަޤާމު: | ސީނިއަރ ކައުންސިލް އޮފިސަރ | 
| މަޤާމުގެ ނަންބަރު: | J-382383 | 
| ބޭނުންވާ އަދަދު: | 01 | 
| މަޤާމުގެ ގިންތި: | ދާއިމީ | 
| މަޤާމުގެ ރޭންކު: | އެމް.އެސް. 2 | 
| މަޤާމުގެ ކްލެސިފިކޭޝަން: | ސީނިއަރ އޮފިސަރ ގްރޭޑް 2 | 
| ވަޒީފާ އަދާކުރަން ޖެހޭ ތަން: | މުލަކަތޮޅު އަތޮޅު ކައުންސިލްގެ އިދާރާ / މ. މުލި | 
| މުސާރަ: | 6,295.00ރ | 
| ސަރވިސް އެލަވަންސް: | 2,000.00ރ | 
| އެހެނިހެން އެލަވަންސް: | -      ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ. -      ދިވެހިރާއްޖޭގެ ޕެންޝަނާއި ބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން. -      ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން ބޭސްފަރުވާގެ ހިދުމަތް. -      ސަޕޯޓިންގ ކޯ އެލަވަންސް ގޮތުގައި މަހަކު 700.00ރ | 
| މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް: | 
ކައުންސިލުން ފާސްކުރާ ނިންމުންތައް ތަންފީޒުކުރުމަށް ފުރިހަމައަށް އެއްބާރުލުންދީ، އެފަދަ ނިންމުންތައް ތަންފީޒު ކުރުމުގައި އިދާރީގޮތުން ކުރަންޖެހޭ އެންމެހައި ކަންތައް ސެކްރެޓަރީ ޖެނެރަލްގެ ނުވަތަ ސްޕަރވައިޒަރުގެ ލަފަޔާ އިރުޝާދުގެ މަތިން ކުރުން.ކައުންސިލްގެ އިދާރާގެ މަސައްކަތްތަކާއި ކައުންސިލްގެ ނިންމުންތައް ތަންފީޒުކުރުމާގުޅޭ އެންމެހައި ކަންކަމުގައި ކައުންސިލަށާއި ސެކްރެޓަރީ ޖެނެރަލަށް ފުރިހަމައަށް ޖަވާބުދާރީވުން.ރަމަޟާން މަހު  އަތޮޅުގައި ދީނީ ނަސޭޙަތްދިނުމުގެ ޕްރޮގްރާމް ރާވާ ހިންގުމާއި، ގެނެވޭ ވާއިޒުންގެ އެންމެހާ ކަންތައްތައް ސެކްޝަންގެ ވެރިޔާގެ މަޝްވަރާއާއެކު ހިންގާ ބެލެހެއްޓުން. އަދި އެކިއެކި ކަންކަމަށް އަތޮޅަށް ވަޑައިގަންނަވާ ސަރުކާރުގެ އިސްވެރިންގެ ޓީމުތަކަށް ދޭންޖެހޭ އެހީތެރިކަން ދިނުމަށް ކުރަންޖެހޭ އެންމެހައި މަސައްކަތް ކުރުން.އަތޮޅު ކައުންސިލް އިދާރާ ހުޅުވާ ލެއްޕުމުގެ އިންތިޒާމުތަކާއި ރަމަޟާން މަހާއި ޝައްވާލުމަހުގެ ހަނދުބެލުމުގެ އިންތިޒާމް ސެކްޝަންގެ ވެރިޔާގެ އިދުޝާދުގެ މަތީން ހަމަޖެއްސުން.އަދި ރިސެޕްޝަނުން ފޯރުކޮށްދޭ ޚިދުމަތްތަކުގެ ފެންވަރު މަތިކުރުމުގެ ގޮތުން ކުރަންޖެހޭ އެންމެހާ މަސައްކަތްތައް ރާވައި ބެލެހެއްޓުން.މުވައްޒަފުންގެ ވަޒީފާ ބަޔާންތަކާއި ވަޒީފާގެ އެއްބަސްވުންތައް ސެކްޝަންގެ ވެރިޔާގެ އިރުޝާދުގެ މަތީން ތައްޔާރުކޮށް މުވައްޒަފުންނާ މަސައްކަތް ޙަވާލުކުރުން.އަތޮޅު ކައުންސިލް އިދާރާއާއި އިދާރާގެ ބެލުމުގު ދަށުގައިވާ ތަންތަނުގެ އިންވެންޓްރީ ލިޔެ ބެލެހެއްޓުމާއި، ސްޓޮކް ބެލެހެއްޓުމާއި ސްޓޮކް ކުރެވޭ ތަކެތީގެ ކޮންމެ އައިޓަމެއްގެ ބާކީ އެނގޭނެ ގޮތަށް ސްޓޮކް ބަކީ ބެލެހެއްޓުމާއި، ސްޓޮކަށް ހޯދާ ތަކެތި ގެނައުމުން، ގެނައި ތަކެއްޗަކީ އޯޑަރ ފޯމުގައިވާ ތަކެތިތޯ ބެލުން.އަދި އެފަދަ ތަކެތި މާލިއްޔަތު ގަވާއިދާއި އެއްގޮތަށް އަނބުރާ ދައްކާގޮތަށް އެކިފަރާތްތަކަށް ދޫކޮށް އެތަކެތި އަނބުރާ ލިބުނުކަން ކަށަވަރުކުރުން.އަތޮޅު ކައުންސިލް އިދާރާއަށް މުވައްޒަފުން ލެއްވުމާއި، ވަކިކުރުމާއި، އިޞްލާޙީ ފިޔަވަޅު އެޅުމާއި، ޕްރޮމޯޝަން ދިނުމުގެ އިންތިޒާމުތައް ހަމަޖެއްސުން. އަދި އަތޮޅު ކައުންސިލާއި އަތޮޅު ކައުންސިލް ބެލުމުގެ ދަށުގައިވާ ތަންތަނުގެ މުވައްޒަފުންގެ ދާއިމީ ރަޖިސްޓަރީއާއި ވަގުތީ މުވައްޒަފުންގެ ރަޖިސްޓަރީއަށް އަންނަ އުނިއިތުރު ލިޔެ ބެލެހެއްޓުމާއި މުވައްޒަފުންގެ ރެކޯޑްފައިލްތައް ބެލެހެއްޓުން.އަތޮޅުކައުންސިލް އިދާރާއާއި، އެއިދާރާގެ ބެލުމުގެ ދަށުގައިވާ ތަންތަނުގެ  މުވައްޒަފުންގެ ޙާޟިރީ އާއި ޗުއްޓީ އާއި ސަލާމްގެ ރެކޯޑް ބެލެހެއްޓުމާއި އިތުރުގަޑީގައި މަސައްކަތްކުރާ މުވައްޒަފުންގެ އިތުރުގަޑީގެ ރިޕޯރޓާއި ގަޑީލާރީގެ ރިޕޯޓް ކޮންމެ މަހެއްގެ 17 ގެ ކުރިން ތައްޔާރުކޮށް ކަމާގުޅުންހުރި މުވައްޒަފުންނާއި ޙަވާލުކުރުން، ކަމާ ގުޅޭ އެހެނިހެން ފަރާތްތަކަށް ފޮނުވުމާއި، މުވައްޒަފުންގެ ފައިލްތައް ދުވަހުން ދުވަހަށް އަދާހަމަކޮށް ބެލެހެއްޓުން.އަތޮޅު ކައުންސިލް މުވައްޒަފުންގެ ޗުއްޓީ ތާވަލް ކޮންމެ އަހަރެއް ފެށުމުން ސުޕަވައިޒަރުން މެދުވެރިކޮށް ހަދައި އެ ތާވާލު މުވައްޒަފުންނަށް ފެންނާނޭހެން ބެހެއްޓުން. އަދި އަތޮޅު ކައުންސިލް އިދާރާއާއި އިދާރާގެ ބެލުމުގެދަށުގައިވާ ތަންތަނުގެ މުވައްޒަފުންނަށް ޗުއްޓީ ދިނުމުގެ އިދާރީ މަސައްކަތް ކުރުން.ސެކްޝަންގެ ވެރިޔާ އަންގަވާގޮތުގެ މަތީން އަތޮޅު ކައުންސިލްގެ އިދާރާގެ އޮގަނައިޒޭޝަން ޗާޓު ތައްޔާރު ކުރުމާއި މުވައްޒަފުންނަށް ލިބެންޖެހޭ މުސާރައިގެ ކުރި އެރުން ހޯދައި ދިނުމަށް ހަމަޖެހިފައިވާ ޤަވާއިދާ އުސޫލުގެ ތެރެއިން މަސައްކަތްކުރުން.އަތޮޅު ކައުންސިލުން ހިންގާ އެންމެހާ މުބާރާތްތައް ބޭއްވުމަށް ކުރަންޖެހޭ މަސައްކަތްތައްކުރުން. އަދި ޤައުމީ ފެންވަރުގައްޔާއި އަތޮޅު އަދި ރަށު ފެންވަރުގައި ފާހަގަ ކުރާ އެކިއެކި މުނާސަބަތުތަކާއި ދުވަސްތަކާ ގުޅޭ ގޮތުން ކުރަންޖެހޭ މަސައްކަތް ކުރުމާއި ކައުންސިލް އިދާރާއާއި ގުޅިގެން ހިންގަވާ (މުވައްޒަފުން ބިނާކުރުން ފިޔަވައި) އެހެނިހެން ވޯކްޝޮޕް، ސެމިނާތައް  ސެކްޝަންގެ ވެރިޔާގެ މަޝްވަރާގެ މަތިން އިންތިޒާމް ކުރުމާއި، އެ ފަދަ އިވެންޓްތައް ނިމުމުން ކަމާ ގުޅޭ ރިޕޯޓްތައް އެކުލަވާލުން.އަތޮޅުކައުންސިލްގެ އިދާރާގެ ބެލުމުގެ ދަށުގައިވާ ތަކެތީގެ ތެރެއިން ނައްތާލަންޖެހޭ ތަކެއްޗާއި ނީލަންކިޔަންޖެހޭ ތަކެތި ފާހަގަކޮށް ލިސްޓުގައި ހުރިތަކެތި އިދާރީގޮތުން ކުރަންހުރި މަސައްކަތް ނިންމާ ނީލަން ކިޔުމުގެ އިންތިޒާމްތައް ސެކްޝަންގެ ވެރިޔާގެ އިރުޝާދުގެ މަތީން ހަމަޖެއްސުން.ކައުންސިލަށް އަންނަ ފޯނުކޯލުތަކަށް ޖަވާބުދާރީވެ އެފޯނުކޯލުތަށް ޕާސްކުރަންޖެހޭ ފަރާތްތަކަށް ޕާސްކޮށްދިނުމާއި ކައުންޓަރުން ބަލައިގަންނަންޖެހޭ ލިޔެކިޔުމާއި،ކައުންސިލް އިދާރާގެ [email protected] އީމެއިލް ދުވަހުން ދުވަހަށް ބަލާ ޗެކުކޮށް އެ އީމެއިލް މެދުވެރިކޮށް އަންނަ ލިޔުންތަކާއި، ޖެމްސް އަދި އެހެނިހެން އީމެއިލް މެދުވެރިކޮށް އަތޮޅު ކައުންސިލް އިދާރާއަށް ލިބޭ ލިޔުންތައް ދުވަހުން ދުވަހަށް އެންޓްރީކޮށް ޙަވާލުކުރަންޖެހޭ ފަރާތްތަކާއި ޙަވާލު ކުރުމާއި، ކައުންސިލްގެ ޔޫޓިލިޓީ ބިލްތައް ކަމުގައިވާ، ކަރަންޓް ބިލާއި، ފޯނު ބިލާއި، ކުނިފީގެ ބިލާއި، ފެންބިލް ފަދަ އެންމެހާ ބިލްތައް ހޯދަންޖެހޭ ފަރާތްތަކަށް ހޯދާ އެންޓްރީކޮށް، ބިލްތަކަށް ފައިސާދެއްކުމަށް ފޮނުވުން.އަތޮޅުކައުންސިލްގެ އިދާރާގެ ކްލަބުގެ ކަންތައްތައް ބެލެހެއްޓުން.އަތޮޅު ކައުންސިލް އިދާރާގެ ދުވަހު ޔައުމިއްޔާ ލިޔެ ބެލެހެއްޓުމާއި ކައުންސިލްގެ ޢާއްމު ބައްދަލުވުންތަކާއި، ކުއްލި ބައްދަލުވުންތައް ފިޔަވާ އަތޮޅު ކައުންސިލުން ބައިވެރިވާ އެންމެހާ ބައަދަލުވުންތަކުގެ ޔައުމިއްޔާ ލިޔެ ބެލެހެއްޓުމާއި، އެނޫންވެސް  މުހިއްމު ކަންތައްތަކުގެ ޔައުމިއްޔާ ލިޔެ ބެލެހެއްޓުން.އަތޮޅު ކައުންސިލް އިދާރާގެ ބެލުމުގެ ދަށުގައިވާ އެއްގަމާއި ކަނޑުގެ އުޅަނދުފަހަރާއި، އަތޮޅުކައުންސިލްއިދާރާއާއި، އަތޮޅުގޭ މަރާމާތާއި، މިތަންތަނަށްބޭނުންވާ ތަކެތި ހޯދުމަށް ކުރަންޖެހޭ އެންމެހާ މަސައްކަތްކުރުން.އަދި އުޅަނދު ފަހަރު ކުއްޔަށް ހިފައިގެން ކުރަންޖެހޭ ދަތުރުތައް ހަމަޖެއްސުމާއި އެކަމާބެހޭ އެންމެހާ ކަންތައް ކުރުން.އީކައުންސިލް ވިޔަ އަދި ގެމެން މޮޑިއުލްގެ ތެރެއިން ޙަވާލުކޮށްފައިވާ އެންމެހާ މަސައްކަތްތައްކުރުން.ދައުލަތުގެ މާލިއްޔަތު ގަވާއިދާ އެއްގޮތަށް، ތަކެތި ލިބެންހުރިތަންތަން ބަލައި، އަގުހޯދުމަށް ހަމަޖެހިފައިވާ އުޞޫލުން އަގުހޯދުމާއި އަގުޖެހުމަށްފަހު، ސެކްރެޓަރީ ޖެނެރަލް، ނުވަތަ ޕްރޮކިއުމަންޓް އޮފިސަރ ލައްވާ އަގު ފާސްކުރުން. އަދި ޕާރޗޭސް އޯރޑަރތައް ތައްޔާރުކޮށް ފުރިހަމަކުރުމަށްފަހު، އެ އެއްޗެއް ގަތުމަށް ހަމަޖެހިފައިވާ ތަނަކަށް ގެންގޮސް/ފޮނުވުމަށްފަހު މުދާ ގެނައުން.ބީލަމަށް ހުޅުވާލައިގެން ކުރަންޖެހޭ މަސައްކަތްތަކުގެ މަޢުލޫމާތު ކަރުދާހާއި ބީއޯކިއު ތައްޔާރުކުރުން.ބީލަމުގެ ތެރެއިން ކޮންޓްރެކްޓަރުންނަށް އެވޯޑްކޮށްގެން ތަކެތި ގަތުމާއި ޚިދުމަތް ހޯދުމަށް ކުރަންޖެހޭ ކަންކަން ކުރިއަށް ގެންދިޔުމަށްޓަކާ ޑިޕާރޓްމަންޓްގެ ވެރިޔާގެ އިރުޝާދާއެކު ކުރުން.ބީލަންތައް އިވެލުއޭޓް ކޮމިޓީން އިވެލުއޭޓް ކުރުމުން ބިޑް ކޮމިޓީއަށް ހުށަހެޅުމަށް ތައްޔާރުކުރަންޖެހޭ ޑޮކިއުމަންޓްތައް ތައްޔާރުކުރުމާއި ބިޑް ކޮމެޓީގެ ޔައުމިއްޔާ ދުވަހުން ދުވަހަށް ނިންމުމާއި ފަރުވާތެރިކަމާއި، ރައްކާތެރިކަމާއެކު ލިޔުންތައް ބެލެހެއްޓުން.އަތޮޅު ކައުންސިލާއި އަތޮޅު ކައުންސިލްގެ ބެލުމުގެ ދަށުގައިވާ އެންމެހައި ޢިމާރާތްތައް މަރާމާތުކޮށް ބެލެހެއްޓުން.ކައުންސިލަށްދިމާވާ ކުއްލި އިމަރޖެންސީކަންތަކާއި އިދާރާގެ ހުރިހާ މުވައްޒަފުން ޝާމިލުވެގެން ކުރަންޖެހޭ ކަންތައްތަކާއި، އަދި ޚާއްސަކަންކަމުގައި ބައިވެރިވެ އެހީތެރިވެދިނުން އަދި އޮފީހުގެ މަސައްކަތުގެ ދާއިރާގެ ތެރެއިން ޙަވާލުކުރެވޭ މަސައްކަތްތައްކުރުން. | 
| މަޤާމުގެ ޝަރުޠުތައް: | 
މަޤާމުގެ މަސައްކަތާ ގުޅޭ ތަޢުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ޤަ އުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ޑިޕްލޮމާ ނުވަތަ ލެވެލް 6 ގެ / އެޑްވާންސްޑް ޑިޕްލޮމާ / އެސޯސިއޭޓް ޑިގްރީއެއް ޙާޞިލްކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި މަދުވެގެން 2 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ 
މަޤާމުގެ މަސައްކަތާ ގުޅޭ ތަޢުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ޤަ އުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ 8 ގެ ބެޗްލާރސް ޑިގްރީއެއް ނުވަތަ ބެޗްލާރސް އޮނަރސް ޑިގްރީއެއް ޙާޞިލްކޮށްފައިވުނ.   | 
|  ގުޅޭ ވަޒީފާގެ ދާއިރާތައް: 
އެޑްމިނިސްޓްރޭޝަންމެނޭޖްމެންޓް 
| ތަޢުލީމީ ރޮނގުތައް | ޕްރެފަރޑް ޑިސިޕްލިންގ |  
| އެކައުންޓިންގ    | އެކައުންޓިންގ    |  
| އެޑްމިނިސްޓްރޭޝަން    | އެޑްމިނިސްޓްރޭޝަން    |  
| އެގްރިކަލްޗަރަލް ސައިންސް    | އެގްރިކަލްޗަރަލް ސައިންސް    |  
| އެންތްރޯޕޮލޮޖީ    | އެންތްރޯޕޮލޮޖީ    |  
| އާކިޓެކްޗަރ    | އާކިޓެކްޗަރ    |  
| ބިޒްނަސް    | ބިޒްނަސް    |  
| ބިޒްނަސް އެޑްމިނިސްޓްރޭޝަން    | ބިޒްނަސް އެޑްމިނިސްޓްރޭޝަން    |  
| ބިޒްނަސް މެނޭޖްމަންޓް    | ބިޒްނަސް މެނޭޖްމަންޓް    |  
| ސިވިލް އިންޖިނިއަރިންގ    | ސިވިލް އިންޖިނިއަރިންގ    |  
| ކޮމާސް    | ކޮމާސް    |  
| ކޮމިޔުނިޓީ ޑިވެލޮޕްމަންޓް    | ކޮމިޔުނިޓީ ޑިވެލޮޕްމަންޓް    |  
| ކޮމްޕިއުޓަރ ސައިންސް    | ކޮމްޕިއުޓަރ ސައިންސް    |  
| ކައުންސިލް އެޑްމިނިސްޓްރޭޝަން    | ކައުންސިލް އެޑްމިނިސްޓްރޭޝަން    |  
| ކަލްޗަރ އެންޑް ހެރިޓޭޖް    | ކަލްޗަރ އެންޑް ހެރިޓޭޖް    |  
| ޑިމޮގްރަފީ    | ޑިމޮގްރަފީ    |  
| ޑިވެލޮޕްމަންޓް ސްޓަޑީޒް    | ޑިވެލޮޕްމަންޓް ސްޓަޑީޒް    |  
| އިކޮނޮމިކްސް    | އިކޮނޮމިކްސް    |  
| އެޑިއުކޭޝަން    | އެޑިއުކޭޝަން    |  
| އެންވަޔަރަންމެންޓަލް ސައިންސް    | އެންވަޔަރަންމެންޓަލް ސައިންސް    |  
| ފައިނޭންސް    | ފައިނޭންސް    |  
| ގަވަރނަންސް    | ގަވަރނަންސް    |  
| ގަވަރނަންސް އެންޑް ޑިވެލޮޕްމަންޓް    | ގަވަރނަންސް އެންޑް ޑިވެލޮޕްމަންޓް    |  
| ހޮސްޕިޓަލިޓީ އެންޑް ޓޫރިޒަމް    | ހޮސްޕިޓަލިޓީ އެންޑް ޓޫރިޒަމް    |  
| ހިއުމަން ރިސޯސް    | ހިއުމަން ރިސޯސް    |  
| އިންފޮމޭޝަން ޓެކްނޮލޮޖީ    | އިންފޮމޭޝަން ޓެކްނޮލޮޖީ    |  
| އިންޓަނޭޝަނަލް ރިލޭޝަންސް    | އިންޓަނޭޝަނަލް ރިލޭޝަންސް    |  
| ލޯ    | ލޯ    |  
| ލީޑަރޝިޕް    | ލީޑަރޝިޕް    |  
| ލައިބްރަރީ ސައިންސް    | ލައިބްރަރީ ސައިންސް    |  
| ލޯކަލް ގަވަރނަންސް    | ލޯކަލް ގަވަރނަންސް    |  
| މެނޭޖްމަންޓް    | މެނޭޖްމަންޓް    |  
| މެރިން ސައިންސް    | މެރިން ސައިންސް    |  
| މާކެޓިންގ    | މާކެޓިންގ    |  
| އޮފީސް އެޑްމިނިސްޓްރޭޝަން    | އޮފީސް އެޑްމިނިސްޓްރޭޝަން    |  
| ޕޮލިސީ ސްޓަޑިޒް    | ޕޮލިސީ ސްޓަޑިޒް    |  
| ޕޮލިޓިކަލް ސައިންސް    | ޕޮލިޓިކަލް ސައިންސް    |  
| ޕްރޮޖެކްޓު މެނޭޖުމަންޓު    | ޕްރޮޖެކްޓު މެނޭޖުމަންޓު    |  
| ޕަބްލިކް އެޑްމިނިސްޓްރޭޝަން    | ޕަބްލިކް އެޑްމިނިސްޓްރޭޝަން    |  
| ޕަބްލިކް މޭނޭޖްމަންޓް    | ޕަބްލިކް މޭނޭޖްމަންޓް    |  
| ޕަބްލިކް ޕޮލިސީ    | ޕަބްލިކް ޕޮލިސީ    |  
| ޕަބްލިކް ރިލޭޝަންސް    | ޕަބްލިކް ރިލޭޝަންސް    |  
| ޝަރީޢާ އެންޑް ލޯ    | ޝަރީޢާ އެންޑް ލޯ    |  
| ސޯޝަލް ސައިންސް    | ސޯޝަލް ސައިންސް    |  
| ސޯޝަލް ވޯރކް    | ސޯޝަލް ވޯރކް    |  
| ސޯޝިއޮލޮޖީ    | ސޯޝިއޮލޮޖީ    |  
| ސްޕޯޓްސް މެނޭޖްމަންޓް    | ސްޕޯޓްސް މެނޭޖްމަންޓް    |  
| ސްޓެޓިސްޓިކްސް    | ސްޓެޓިސްޓިކްސް    |  
| ސްޓްރަކްޗަރަލް އިންޖިނިއަރިންގ    | ސްޓްރަކްޗަރަލް އިންޖިނިއަރިންގ    |  
| ސަސްޓެއިނަބްލް ޑިވެލޮޕްމަންޓް    | ސަސްޓެއިނަބްލް ޑިވެލޮޕްމަންޓް    |  
| އަރބަން ޕްލޭނިންގ    | އަރބަން ޕްލޭނިންގ    |  
| އާބަން ސްޓަޑީޒް   | އާބަން ސްޓަޑީޒް   |  މަޤާމަށް ކޯ ޑިސިޕްލިން: ނެތް | 
| މަޤާމުގެ މަސައްކަތުގެ ދާއިރާތައް: 
އެޑްމިނިސްޓްރޭޝަންމެނޭޖްމެންޓް | 
| ހުށަހަޅަންޖެހޭ ލިޔުންތައް:   | 
ފުރިހަމަ ކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމު (މި ފޯމު ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި އިދާރާގެ ވެބްސައިޓުންނާއި ކައުންޓަރުން އަދި ތިރީގައިވާ ލިންކުން ލިބެންހުންނާނެއެވެ.)  https://www.csc.gov.mv/download/2021/84/1e148c34-bc04-4150-9537-29309c104aa7.docxވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް).ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތުހަމަވެފައިވީ ނަމަވެސް) ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ނުވަތަ އައި.ޑީ. ކާޑު ގެއްލިފައިވާ ނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓު، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސް.ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެ ނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއްނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛ (ހ)  މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއިން ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، މަތީ ތަޢުލީމުދޭ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ: ސެޓްފިކެޓު ނެތް ޙާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމަންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ (ށ)  ރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ. 
މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ތިރީގައިވާ މިންގަނޑަށް ފެތޭ ލިޔުންތަކުގެ ކޮޕީ: (ހ)   ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން. (ށ)   ސިވިލް ސަރވިސްގެ ތަޖުރިބާގެ ތެރެއިން https://myaccount.csc.gov.mv/ އިން ފެންނަންނެތް ތަޖުރިބާގެ މުއްދަތުތައް ހާމަކޮށްދިމުގެ ގޮތުން އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން. (ނ)   އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން. (ރ)  ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްއިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތް ކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން (މި ލިޔުމުގައި އަދާކޮށްފައިވާ މަޤާމަކީ މުސާރަދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.) (ބ)  ދަޢުލަތުގެ އުވައިލައިފައިވާ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތްކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ލިބެންނެތް ނަމަ، ރެކްރޫޓްމަންޓް އުޞޫލުގެ ޖަދުވަލު 8 ގައިވާ "އުވާލާފައިވާ ތަންތަނުގެ ތަޖުރިބާ އަންގައިދޭ ރެފަރެންސް ޗެކްފޯމް". | 
| ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް: | މި ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް 2021 (ދެވަނަ އިޞްލާޙު) ގެ 12 ވަނަ ނަންބަރުގައި ހިމަނާފައިވާނެއެވެ.   | 
| މަޤާމަށް އެދެންވީގޮތާއި ސުންގަޑި: | މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 2023 އޮގަސްޓް 01 ވަނަ ދުވަހުގެ 13:00 ގެ ކުރިން، މުލަކަތޮޅު އަތޮޅު ކައުންސިލްގެ އިދާރާއަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީ-މެއިލް [email protected] މެދުވެރިކޮށް ވެސް ބަލައިގަނެވޭނެއެވެ. އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.   | 
| ޝޯޓްލިސްޓުކުރުން:   | މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން ޕޮއިންޓު ލިބޭފަރާތްތައް ޝޯޓްލިސްޓުކުރެވޭނެއެވެ.   | 
| އިންޓަރވިއު (އިމްތިޙާނާއި ޕްރެޒެންޓޭޝަން އޮންނަ ނަމަ، އެ ބައި ވެސް ހިމެނުން) އޮންނާނެ ތަނާއި، މުއްދަތު: | މި މަޤާމަށް މީހަކު ހޮވުމަށް ބާއްވާ އިންޓަވިއު، ޕްރެޒެންޓޭޝަން އަދި އިމްތިޙާނު އޮންނާނީ، 2023 އޮގަސްޓް 06 އާއި 2023 އޯގަސްޓް 10 އާ ދެމެދު، މުލަކަތޮޅު އަތޮޅު ކައުންސިލްގެ އިދާރާގެ ޖަލްސާކުރާ މާލަމުގައެވެ.   | 
| "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކުރުން | އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކޮށް ފެންނާނެހެން މި އިދާރާގައި އަދި އިދާރާގެ ވެބްސައިޓްގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ޝީޓު އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށަހަޅަންވާނެއެވެ. | 
| މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ  6720600 އަށެވެ. އީ-މެއިލް ކުރާނީ [email protected] އަށެވެ. ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް އަދި އެ އުޞޫލުތަކާ ގުޅުންހުރި އެންމެހައި ލިޔުންތައް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓްގެ އުޞޫލުތައް > "ރެކްރޫޓްމެންޓް އުޞޫލު" (https://www.csc.gov.mv/Policy/Index/51) އިން ލިބެން ހުންނާނެއެވެ. |