ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)438-HRU/438/2023/346
ޕަބްލިޝްކުރި ތާރީޚް: 16 ޖުލައި 2023
ޕަބްލިޝްކުރި ގަޑި: 13:58
ސުންގަޑި: 09 އޮގަސްޓް 2023 12:00
މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީ
ދިވެހިރާއްޖެ
"އެޑްވާންސިންގ ދަ ނެޝަނަލް އެޑެޕްޓޭޝަން ޕްލޭން އިން ދަ މޯލްޑިވްސް (ނެޕް)" މަޝްރޫއަށް ޕްރޮޖެކްޓް ކޯރޑިނޭޓަރ (ޕީ.ސީ) އެއް ހޯދުމާއި ގުޅޭ

"އެޑްވާންސިންގ ދަ ނެޝަނަލް އެޑެޕްޓޭޝަން ޕްލޭން އިން ދަ މޯލްޑިވްސް (ނެޕް)" މަޝްރޫއަށް ޕްރޮޖެކްޓް ކޯރޑިނޭޓަރ (ޕީ.ސީ) އެއް ހޯދުމާއި ގުޅޭ

 

ޝަޢުޤުވެރިކަން ފާޅުކުރުމުގެ ދަޢުވަތު

ޕްރޮޖެކްޓް ކޯރޑިނޭޓަރ (ޕީ.ސީ)

 

"އެޑްވާންސިންގ ދަ ނެޝަނަލް އެޑެޕްޓޭޝަން ޕްލޭން އިން ދަ މޯލްޑިވްސް (ނެޕް)" އަކީ ގްލޯބަލް ކްލައިމެޓް ފަންޑް (ޖީ.ސީ.އެފް) ގެ އެހީގައި މިމިނިސްޓްރީއާއި، ޔުނައިޓެޑް ނޭޝަންސް އެންވަޔަރަމަންޓް ޕްރޮގްރާމް (UNEP) އާއި ގުޅިގެން ކުރިއަށް ގެންދާ މަޝްރޫއުއެކެވެ. މިގޮތުން މިމަޝްރޫއުގެ މަސައްކަތަށް 36 މަސްދުވަހަށް (01) ޕްރޮޖެކްޓް ކޯރޑިނޭޓަރ އައްޔަންކުރުމަށް ބޭނުންވެއެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ، ޝަރުތުހަމަވާ ފަރާތްތަކުން  09 އޮގަސްޓް 2023 ވާ ބުދަ ދުވަހުގެ 12:00 ގެ ކުރިން؛ ތަޢުލީމީ ފެންވަރުގެ އެކްރެޑިޓަޑް ސެޓިފިކެޓާއި، ހުނަރާއި ގާބިލުކަން ސާބިތު ކޮށްދޭ ވަނަވަރު، ދިވެހި ރައްޔިތެއްކަން އަންގައިދޭ އައިޑީ ކާޑުގެ ކޮޕީ، އަދި ސިވިލް ސަރވިސް މުވައްޒަފެއް ނަމަ އޮފީހުގެ ”ނޯ އޮބްޖެކްޝަން“ ސިޓީ، ތިރީގައިވާ އެޑްރެހަށް އީމެއިލް ނުވަތަ ހާރޑް ކޮޕީގެ ޒަރިއްޔާ އިން ހުށަހެޅުއްވުން އެދެމެވެ.

މިމަސައްކަތުގެ "ޓަރމްސް އޮފް ރެފަރެންސް" މި އިޢުލާނާއިއެކު ޑައުންލޯޑް ކުރެވޭގޮތަށް އެއްއުރަކޮށްފައިވާނެއެވެ. އަދި މި މިނިސްޓްރީގެ ވެބްސައިޓް http://www.environment.gov.mv އިން ޑައުންލޯޑް ކުރެވެންވެސް ހުންނާނެއެވެ. މި ޕްރޮޖެކްޓާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ، އީމެއިލް ކުރައްވާނީ 03 އޮގަސްޓް 2023 ވާ ބުރާސްފަތި ދުވަހުގެ 12:00ގެ ކުރިން، [email protected]  އަށެވެ.  އީމެއިލް ކުރައްވާއިރު ސަބްޖެކްޓްގައި އިއުލާން ނަމްބަރާއި އިއުލާނުގެ ނަން ލިޔަންވާނެއެވެ. އަދި އެޕްލިކޭޝަން ހުށަހަޅުއްވާނީ ތިރީގައިވާ ގޮތަށް އެޑްރެސް ކޮށްފައެވެ.

"އެޑްވާންސިންގ ދަ ނެޝަނަލް އެޑެޕްޓޭޝަން ޕްލޭން އިން ދަ މޯލްޑިވްސް (ނެޕް)" މަޝްރޫއަށް ޕްރޮޖެކްޓް ކޯރޑިނޭޓަރ (ޕީ.ސީ) އެއް ހޯދުމާއި ގުޅޭ

ހިއުމަން ރިސޯސް ސެކްޝަން،

މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީ،

ހަނދުވަރީ ހިނގުން، މާފަންނު، މާލެ، 20392، ދިވެހިރާއްޖެ.

ފޯން: 3018300

އީމެއިލް: [email protected]  ވެބްސައިޓް: www.environment.gov.mv

ކޮޕީ: [email protected]

 

ނޯޓް: މަޢުލޫމާތު ފުރިހަމަނޫން އެޕްލިކޭޝަންތައް ބާތިލުކުރުމުގެ ފުރިހަމަ އިޚްތިޔާރު މި މިނިސްޓްރީއަށް ލިބިގެންވެއެވެ. އަދި މި އިއުލާން ކޮންމެ ވަގުތެއްތައިވެސް ބާތިލުކުރުމުގެ އިޚްތިޔާރު މި މިނިސްޓްރީއަށް ލިބިގެންވެއެވެ.

16 ޖުލައި 2023