ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)199-PLS/199/2023/44
ޕަބްލިޝްކުރި ތާރީޚް: 15 ޖުލައި 2023
ޕަބްލިޝްކުރި ގަޑި: 08:18
ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އޭޖެންސީ
ދިވެހިރާއްޖެ
ނުކުޅެދުންތެރިކަން ހުންނަ މީހުން ދަފްތަރުގައި ހިމެނުމާއި މާލީ އެހީތެރިކަމަށް އެދޭ ފޯމާ ގުޅޭ

 ޤާނޫނު ނަންބަރު 2010/8 (ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ޙައްޤުތައް ރައްކާތެރިކުރުމާއި މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ޤާނޫނު) ގެ  ދަށުން ދިވެހިރާއްޖޭގެ ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ޤައުމީ ދަފްތަރު އެކުލަވާލާ، 5 ޖަނަވަރީ 2023 ގައި ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ޤައުމީ ދަފްތަރު، "ނޭޝަނަލް ޑިސްއެބިލިޓީ ރެޖިސްޓަރ (NDR)" ގެ ޑިޖިޓަލް ޕޯޓަލް (ndr.nspa.gov.mv) އިފްތިތާޙްކުރެވި، ދަފްތަރުގައި ރަޖިސްޓްރީ ވުމަށް އާންމުކޮށް ވަނީ ހުޅުވާލެވިފައެވެ.

 މިގޮތުން 16 ޖުލައި 2023 އިން ފެށިގެން އެޖެންސީގެ ކައުންޓަރުތަކާއި، އީމެއިލް އަދި ވައިބަރ މެދުވެރިކޮށް، ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދަފްތަރުގައި ހިމެނުމާއި މާލީ އެހީއަށް އެދި ފޯމު ހުށަހަޅުއްވާ ފަރާތްތަކުން ހުށަހަޅުއްވާނީ، "ނޭޝަނަލް ޑިސްއެބިލިޓީ ރެޖިސްޓްރީ" އާއެކު ތަޢާރަފްކުރެވުނު، މި އިޢުލާނާ އެއްކަރުދާސްކުރެވިފައިވާ އައު ފޯމު ކަމުގައި ދަންނަވަމެވެ. އަދި "ނޭޝަނަލް ޑިސްއެބިލިޓީ ރެޖިސްޓްރީ (NDR)" ގެ ޑިޖިޓަލް ޕޯޓަލް (ndr.nspa.gov.mv) މެދުވެރިކޮށް މި ފޯމު ފަސޭހަކަމާއެކު ފުރުމުގެ ފުރުސަތު ހުޅުވާލެވިފައިވާ ކަމުގައި ދަންނަވަމެވެ.

މި ފޯމު އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް، ހުޅުމާލެ ހޮސްޕިޓަލް، އަދި މޫކައި ސުއިޓްސް 4 ވަނަ ފަންގިފިލާގައި ޤާއިމްކުރެވިފައިވާ އެޖެންސީގެ ކައުންޓަރުތަކުންނާއި، އެޖެންސީގެ ވެބްސައިޓް (www.nspa.gov.mv) އަދި ކައުންސިލް އިދާރާތައް މެދުވެރިކޮށް ލިބެން ހުންނާނެއެވެ.

މިކަމާ ގުޅިގެން އެއްވެސް މަޢުލޫމާތެއް ސާފުކުރެއްވުމަށް އެދިލައްވާނަމަ ނުވަތަ ފޯމު ފުރުމުގައި އެހީތެރިކަން ބޭނުންވެލައްވާނަމަ، މި އެޖެންސީގެ ހޮޓްލައިން 1402 (ރަސްމީބަންދުނޫން ދުވަސްދުވަހު 8:00 އިން 2:00 އަށް) ގުޅުއްވުމަށް ނުވަތަ [email protected] އަށް އީމެއިލް ކުރެއްވުމަށް ދަންނަވަމެވެ.

27 ޛުލްޙިއްޖާ 1444

15 ޖުލައި 2023

15 ޖުލައި 2023