ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)38-DC/38/2023/318
ޕަބްލިޝްކުރި ތާރީޚް: 15 ޖުލައި 2023
ޕަބްލިޝްކުރި ގަޑި: 22:55
ސުންގަޑި: 05 އޮގަސްޓް 2023 16:00
އިލެކްޝަންސް ކޮމިޝަން
ދިވެހިރާއްޖެ
ރިޔާސީ އިންތިޚާބު - 2023 ރާއްޖެއިންބޭރުގައި ދިރިއުޅޭ ރައްޔިތުން ވޯޓުލާން ރަޖިސްޓަރީވެފައިވާ ރަށް ނޫން އެހެން ތަނެއްގައި ވޯޓުލުމަށްޓަކައި ރަޖިސްޓަރީވުމަށް ހުށަހަޅާ ފޯމު ބަލައިގަތުން

(IUL)38-DC/38/2023/318 :ނަންބަރ

އިޢުލާން

ރިޔާސީ އިންތިޚާބު 2023

ރާއްޖެއިންބޭރުގައި ދިރިއުޅޭ ރައްޔިތުން ވޯޓުލާން ރަޖިސްޓަރީވެފައިވާ ރަށް ނޫން އެހެން ތަނެއްގައި ވޯޓުލުމަށްޓަކައި ރަޖިސްޓަރީވުމަށް ހުށަހަޅާ ފޯމު ބަލައިގަތުން 

2023 ސެޕްޓެންބަރ 9 ވާ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިޚާބު 2023 ގައި ވޯޓުލާން ރަޖިސްޓަރީވެފައިވާ ރަށް ނޫން އެހެން ތަނެއްގައި ވޯޓުލުމަށްޓަކައި ރަޖިސްޓަރީވުމުގެ ފުރުޞަތު 2023 ޖުލައި 16 ވާ އާދިއްތަ ދުވަހުން ފެށިގެން 2023 އޮގަސްޓު 5 ވާ ހޮނިހިރު ދުވަހުގެ ނިޔަލަށް ހުޅުވާލައިފީމެވެ.

#

ޤައުމު

ފޯމު ބަލައި ގަންނަ ތަން

ފޯމު ބަލައިގަންނަ ދުވަސްތައް

ފޯމު ބަލައިގަންނަ ވަގުތު

1

އިންޑިޔާ/ ޓްރިވެންޑްރަމް

ޓްރިވެންޑްރަމްގައި ހުންނަ ރާއްޖޭގެ ކޮންސުލޭޓު ޖެނެރަލް

ހޯމަ ދުވަހުން ހުކުރު ދުވަހަށް

10:00 އިން 15:00 އަށް

2

އިންޑިޔާ/ ނިއުދިއްލީ

 ދިއްލީގައި ހުންނަ ދިވެހިރާއްޖޭގެ ހައިކޮމިޝަން

ހޯމަ ދުވަހުން ހުކުރު ދުވަހަށް

10:00 އިން 15:00 އަށް

3

ސްރީލަންކާ/ ކޮލޮމްބޯ

ކޮލަންބޯގައި ހުންނަ ދިވެހިރާއްޖޭގެ ހައިކޮމިޝަން

ހޯމަ ދުވަހުން ހުކުރު ދުވަހަށް

10:00 އިން 15:00 އަށް

4

މެލޭޝިއާ/ ކުއަލަލަމްޕޫރް

ކުއަލަރ ލަމްޕޫރުގައި ހުންނަ ރާއްޖޭގެ ހައިކޮމިޝަން

ހޯމަ ދުވަހުން ހުކުރު ދުވަހަށް

10:00 އިން 15:00 އަށް

5

އިނގިރޭސިވިލާތް/ ލަންޑަން

ލަންޑަންގައި ހުންނަ ދިވެހިރާއްޖޭގެ ހައިކޮމިޝަން

ހޯމަ ދުވަހުން ހުކުރު ދުވަހަށް

10:00 އިން 15:00 އަށް

6

ސިންގަޕޫރު

ސިންގަރޕޫރުގައި ހުންނަ ރާއްޖޭގެ ހައިކޮމިޝަން

ހޯމަ ދުވަހުން ހުކުރު ދުވަހަށް

06:30 އިން 13:30 އަށް

7

ތައިލެންޑް/ ބެންކޮކް

ތައިލޭންޑް ގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީ

ހޯމަ ދުވަހުން ހުކުރު ދުވަހަށް

10:00 އިން 15:00 އަށް

8

ޖަޕާން/ޓޯކިއޯ

ޓޯކިއޯގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީ

ހޯމަ ދުވަހުން ހުކުރު ދުވަހަށް

10:00 އިން 15:00 އަށް

9

އެކުވެރި ޢަރަބި ޢިމާރާތް / އަބޫ ދާބީ

އެކުވެރި ޢަރަބި ޢިމާރާތުގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީ

ހޯމަ ދުވަހުން ހުކުރު ދުވަހަށް

10:00 އިން 15:00 އަށް

މިމުއްދަތުގެ ތެރޭގައި ރަޖިސްޓަރީވުމަށް އެދި ހުށަހަޅާނީ ރަޖިސްޓަރީ ވެފައިވާ ރަށް ނޫން އެހެން ތަނަކަށް ނުވަތަ ރަށަކަށް ރަޖިސްޓަރީވާން އެދޭ ފަރާތްތައް އެކަންޏެވެ. "ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު 2020" ގައި މާލެގައި ވޯޓުލުމަށް ރަޖިސްޓަރީވެފައިވާ ފަރާތްތައް، ރިޔާސީ އިންތިޚާބު 2023 ގައި ވޯޓުލުމަށް ރަޖިސްޓަރީ ވެފައިވާނީ މާލެގައެވެ.

ރިޔާސީ އިންތިޚާބު 2023 ގައި ވޯޓުލުމަށް ރަޖިސްޓަރީވެފައިވާ ތަނުގެ މަޢުލޫމާތު ކޮމިޝަނުގެ ވެބްސައިޓް (www.elections.gov.mv) ގެ ޒަރިއްޔާއިން ޗެކްކުރެވޭނެއެވެ. މީގެއިތުރުން (VR space ID.No Send to 1414) އެސް.އެމް.އެސް ކޮށްގެން ޗެކްކުރެވޭނެއެވެ.

ރަޖިސްޓަރީ ވުމަށް އެދި ހުށަހަޅާނީ "ރަށްވެހިވެފައިވާ ރަށްނޫން އެހެން ތަނެއްގައި ވޯޓުލުމަށްޓަކައި ރަޖިސްޓަރީވުމަށް އެދޭ ފޯމު" އިންނެވެ. މިފޯމް ކޮމިޝަނުގެ ވެބްސައިޓް (www.elections.gov.mv)  އިން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ. ފޯމު ހުށަހަޅާއިރު، ފޯމު ހުށަހަޅަން އަންނަ މީހާ، އެމީހާގެ ވޯޓުލުމަށް ބޭނުންކުރެވޭ ކާކުކަން އަންގައިދޭ، ފޮޓޯޖެހި ރަސްމީ ލިޔުމެއްގެ އަސްލު ހުށަހަޅަންވާނެވެ. އަދި ރަޖިސްޓަރީވުމަށް އެދޭ މީހާގެ ވޯޓުލުމަށް ބޭނުންކުރެވޭ ކާކުކަން އަންގައިދޭ، ރަސްމީ ލިޔުމެއްގެ ކޮޕީއެއް އެފޯމާއެކު ހުށަހަޅަންވާނެއެވެ. ފޯމު ބަލައިގަނެވޭނީ ފޯމު ހިފައިގެން އަންނަ މީހާ އެފޯމަށް ޒިންމާވާ ގޮތަށެވެ. އީމެއިލް އިން ސީދާ އިލެކްޝަންސް ކޮމިޝަނަށް ފޮނުވާ ފޯމު ބަލައެއްނުގަނެވޭނެއެވެ.

 ރާއްޖެއިންބޭރުގައި ފޯމު ދޫކުރުން ހަމަޖެހިފައިވަނީ ރާޖެއިންބޭރު ޤައުމުތަކުގައި ހުންނަ ދިވެހިރާއްޖޭގެ ކޮންސިއުލޭޓް އޮފިސްތަކުންނާއި ދިވެހިރާއްޖޭގެ ހައިކޮމިޝަންތަކުން އަދި ދިވެހިރާއްޖޭގެ އެމްބަސީ ތަކުންނެވެ.

މިހެންވެ، މިކަން ޢާންމުކޮށް އަންގައި އިޢުލާންކުރީމެވެ.

15 ޖުލައި 2023