ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)177/1/2023/53
ޕަބްލިޝްކުރި ތާރީޚް: 15 ޖުލައި 2023
ޕަބްލިޝްކުރި ގަޑި: 13:25
ސުންގަޑި:
20 ޖުލައި 2023 13:30
ނޭޝަނަލް ސެންޓަރ ފޮރ ދި އާޓްސް
ދިވެހިރާއްޖެ
ދިވެހިރާއްޖެ
"ދިވެހި ފިލްމު އެވޯޑްސް 10" (2019 - 2022) ގައި ފިލްމު ބައިވެރިކުރުމުގެ މުއްދަތު އިތުރުކުރުން
މިސެންޓަރުގެ ނަންބަރު (IUL)177/1/2023/51 (06 ޖުލައި 2023) އިޢުލާން އަށް ޙަވާލާދީ ދަންނަވަމެވެ.
އެއިޢުލާންގައި ދިވެހި ފިލްމު އެވޯޑްސް 10 ގައި ފިލްމު ބައިވެރިކުރުމުގެ އެންމެ ފަހު ތާރީޚަކީ 16 ޖުލައި 2023 ކަމުގައި ދެންނެވިފައިވީ ނަމަވެސް، ގިނަ ފަރާތްތަކެއްގެ އެދުމުގެމަތިން ފިލްމު ބައިވެރިކުރުމުގެ މުއްދަތު މިވަނީ އިތުރުކުރެވިފައެވެ.
އެހެންކަމުން މިހާރު ދިވެހި ފިލްމު އެވޯޑްސް 10 ގައި ފިލްމު ބައިވެރިކުރުމުގެ އެންމެ ފަހު ތާރީޚަކީ 20 ޖުލައި 2023 ވާ ބުރާސްފަތި ދުވަހުގެ މެންދުރުފަހު 13:30 އެވެ.
މިއެވޯޑުގައި ފިލްމު ބައިވެރިކުރުމަށް އެދޭ ފޯމް އެން.ސީ.އޭގެ ކައުންޓަރުންނާއި ވެބްސައިޓް www.nca.gov.mv އިން ލިބިވަޑައިގަންނަވާނެއެވެ.
15 ޖުލައި 2023