ދިވެހިރާއްޖެ
އިޢުލާން
މިރަށު ކަލޭފާނު ޕްރީސްކޫލްގައި 2023-2025 ވަނަ އަހަރު ކިޔަވައިދޭނެ ޓީޗަރުން ބޭނުންވެއްޖެއެވެ.
| # | މަޤާމް | ބޭނުންވާ އަދަދު | އެލަވަންސް | މުއްދަތު | ކިޔަވައިދޭންޖެހޭ ކުލާސްތައް | 
| 01 | ޕްރީސްކޫލް ޓީޗަރ(ވަގުތީ ) | 02 | މަހަކު:.3000.00 ރުފިޔާ | ވަޒީފާ އަށް ހަމަޖެހޭ ދުވަހުން ފެށިގެން ޖޫން 2025 އަށް | ނާސަރީއަދި ބޭބީނާސަރީ | 
ވީމާ، މިމަޤާމަށް ޝައުގުވެރިވާ ފަރާތްތަކުންތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީއާއި އައިޑީކާޑު ކޮޕީއާއެކު 20 ޖުލައި 2023 ވާ ބުރާސްފަތި ދުވަހުގެ މެންދުރު 14.00 ގެ ކުރިން ސިޓީއަކުން މިއިދާރާއަށް ހުށަހެޅުއްވުން އެދެމެވެ.
މިމަޤާމަށް މީހުން ހޮވުމުގައި މަޤާމަށް ކުރިމަތިލައްވާފައިވާ ފަރާތްތަކުގެ ތެރެއިން ޕްރީސްކޫލް ޓީޗިންގ ކޯހުގެ 01 އަހަރު ދުވަހަށްވުރެ ކުރުނޫން މުއްދަތެއްގެ ކޯހެއް ފުރިހަމަކޮށް ސެޓްފިކެޓް ހާޞިލްކޮށްފައިވާ ފަރާތްތަކަށް އިސްކަންދެވޭނެއެވެ. އަދި ތަޖްރިބާގެ ލިޔުންތައް ހުށަހަޅުއްވާއިރު ޕޮއިންޓް ލިބޭނީ މުއްދަތު އެނގޭނެހެން ހުންނަ ލިޔުންތަކަށެވެ.
މިހެންވެ މިކަން ޢާންމުކޮށް އަންގާ އިޢުލާން ކުރީމެވެ.
13 ޖުލައި 2023
25 ޛުލްޙިއްޖާ 2023