މަސައްކަތް
ނަންބަރު: (IUL)23-AP/1/2015/26
ޕަބްލިޝްކުރި ތާރީޚް: 05 ފެބުރުވަރީ 2015
ޕަބްލިޝްކުރި ގަޑި: 13:45
ސުންގަޑި: 15 ފެބުރުވަރީ 2015 14:00
މިނިސްޓްރީ އޮފް ހެލްތު
ދިވެހިރާއްޖެ
މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ހޯދަން

ގދ. ފަރެސްމާތޮޑާ ޞިއްޙީމަރުކަޒުގައި ކުރަންހުރި މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.

ވީމާ, މިކަމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 15 ފެބުރުވަރީ 2015 ދުވަހުގެ މެންދުރުފަހުގެ 14:00 އަށް މި މިނިސްޓްރީ (ރޯޝަނީ ބިލްޑިންގ، ސޯސަން މަގު)، ޑރ. އަބްދުއްޞަމަދު މެމޯރިއަލް ހޮސްޕިޓަލް، ގދ. ފަރެސްމާތޮޑާ ޞިއްޙީމަރުކަޒަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 22 ފެބުރުވަރީ 2015 ދުވަހުގެ މެންދުރުފަހުގެ 14:00 އަށް މިމިނިސްޓްރީ (ރޯޝަނީ ބިލްޑިންގ، ސޯސަން މަގު)، ޑރ. އަބްދުއްޞަމަދު މެމޯރިއަލް ހޮސްޕިޓަލް، ގދ. ފަރެސްމާތޮޑާ ޞިއްޙީމަރުކަޒަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

އަދި ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބާއި މަޢުލޫމާތު ފުރިހަމަނުވާ އަންދާސީހިސާބު ބާޠިލުކުރެވޭނެ ވާހަކަ ދެންނެވީމެވެ.

15 ރަބީޢުލްއާޚިރު 1436       

05 ފެބުރުވަރީ 2015