ދިވެހިރާއްޖެ
މަޤާމް: މެޝިން ލަރނިންގ އެންޖިނިއަރ
ޑިޕާޓްމަންޓް: ޑޭޓާ ސަރވިސެސް
ބޭނުންވާ ޢަދަދު: 01
ވަޒީފާގެ ބާވަތް: ވަޒީފާއަށް ފުރަތަމަ ހަމަޖެއްސޭނީ އެއް އަހަރު ދުވަހުގެ މުއްދަތަށެވެ. އެއް އަހަރު ހަމަވުމުން، މަސައްކަތުގެ ފެންވަރު ބަަލައި ރަނގަޅުނަމަ، ވަޒީފާ ދާއިމީ ކުރެވޭނެއެވެ. ނުވަތަ ކޮންޓްރެކްޓްގެ މުއްދަތު އިތުރު ކުރެވޭނެއެވެ.
ވަޒީފާ އަދާކުރަންޖެހޭ ތަން: މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީސް (ޕެންޝަން އޮފީސް)
ރަސްމީ މަސައްކަތު ގަޑި: ހެނދުނު 8:00 އިން ހަވީރު 16:00 ގެ ނިޔަލަށް (އާދީއްތަ - ބުރާސްފަތި)
ތަޢުލީމީ ފެންވަރާއި މަސައްކަތުގެ ތަޖުރިބާ:
-
މެޝިން ލަރނިންގ، އާރޓިފިޝަލް އިންޓެލިޖެންސް، ޑޭޓާ ސައިންސް ނުވަތަ މަސައްކަތާގުޅޭ ރޮނގަކުން ބެޗެލަރސް ޑިގްރީއެއް (ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7) ޙާޞިލްކޮށްފައިވުމާއެކު، މަސައްކަތާގުޅޭ ދާއިރާއަކުން 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.
ނުވަތަ
-
އާރޓިފިޝަލް އިންޓެލިޖެންސް، ޑޭޓާ ސައިންސް ނުވަތަ މަސައްކަތާގުޅޭ ރޮނގަކުން ޕްރޮފެޝަނަލް ސަނަދެއް ޙާޞިލްކޮށްފައިވުމާއެކު، މަސައްކަތާގުޅޭ ދާއިރާއަކުން 5 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.
މަޤާމުގެ މަސްއޫލިއްޔަތުތައް:
މި މަޤާމުގެ މަސްއޫލިއްޔަތުތައް މި އިޢުލާނާއެކު ހިމަނާފައިވާ ޓަރމްސް އޮފް ރެފަރެންސް (ޓީ.އޯ.އާރު) ގައި ބަޔާންކޮށްފައި ވާނެއެވެ. އަދި ޓީ.އޯ.އާރު މި އޮފީހުގެ ވެބްސައިޓް www.pension.gov.mv ގައި އިޢުލާނާއެކު ޝާއިޢުކުރެވިފައިވާނެއެވެ.
މުސާރަ އާއި އިނާޔަތްތައް:
އަސާސީ މުސާރައާއި ޢިނާޔަތްތައް ހިމެނޭގޮތަށް ޖުމްލަ 27,000.00ރ
އެޕްލިކޭޝަން ހުށަހަޅާނެ ގޮތް:
މި މަޤާމުތަކަށް ޝައުޤުވެރިވާ ފަރާތްތަކުން އެޕްލިކޭޝަން ހުށަހަޅަންވާނީ މި އޮފީހުގެ ޕެންޝަން ޕޯޓަލް މެދުވެރިކޮށެވެ.
ޕެންޝަން ޕޯޓަލްގެ ލިންކު:jobs.pension.gov.mv
އެޕްލިކޭޝަނާއެކު ހުށަހަޅަންޖެހޭ ލިޔެކިޔުންތައް:
-
މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން އެކްރެޑިޓްކޮށް، އަސްލާ އެއްގޮތްކަމުގެ ތައްގަނޑު ޖަހާފައިވާ ތަޢުލީމީ ސަނަދުތަކުގެ ކޮޕީ .
-
މަސައްކަތުގެ ތަޖުރިބާ ލިބިފައިވާކަން އަންގައިދޭ ލިޔުންތައް.
-
ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ސީވީ).
-
ވަޒީފާއަށް އެދޭ ފަރާތުގެ، މުއްދަތު ހަމަނުވާ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ސާފު ކޮޕީ (ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ).
-
ޕޮލިސް ރިޕޯޓު.
އިންޓަރވިއު އަދި އިމްތިޙާނު ބާއްވާނެ ތަނާއި މުއްދަތު:
މި މަޤާމަށް މުވައްޒަފަކު ހޮވުމަށް ބާއްވާ އިންޓަރވިއު އަދި އިމްތިޙާނު ބޭއްވޭނީ 30 ޖުލައި 2023 އާއި 10 އޯގަސްޓް 2023 އާއި ދެމެދުގެ ރަސްމީ ބަންދުނޫން ދުވަހެއްގައެވެ.
ނޯޓް:
-
އެޕްލިކޭޝަނާއެކު ހުށަހަޅަންޖެހޭ ލިޔެކިޔުންތައް ފުރިހަމަ ނުވާ އެޕްލިކޭޝަން ބާޠިލް ކުރުމުގެ އިޚްތިޔާރު މި އޮފީހަށް ލިބިގެންވެއެވެ.
-
އިންޓަރވިއުއަށް ދަޢުވަތު ދެވޭނީ މަޤާމުގެ ޝަރުޠު ހަމަވެ، ޝޯޓްލިސްޓް ކުރެވޭ ފަރާތްތައް އެކަންޏެވެ.
ސުންގަޑި:
މި މަޤާމަށް ޝައުޤުވެރިވާ ފަރާތްތަކުން 25 ޖުލައި 2023 ވާ ހޯމަ ދުވަހުގެ 15:00 ގެ ކުރިން މިއޮފީހުގެ ޕެންޝަން ޕޯޓަލް މެދުވެރިކޮށް އެޕްލިކޭޝަން ހުށަހެޅުން އެދެމެވެ.