މަސައްކަތް
ނަންބަރު: ADMHR-MPL/2015/18
ޕަބްލިޝްކުރި ތާރީޚް: 09 ފެބުރުވަރީ 2015
ޕަބްލިޝްކުރި ގަޑި: 13:38
ސުންގަޑި:
15 ފެބުރުވަރީ 2015 11:00
މޯލްޑިވްސް ޕޯސްޓް ލިމިޓެޑް
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ސްޓޫޑިއޯ ސެޓްއަޕް ހަދައިދޭނެ ފަރާތެއް ހޯދުމަށް
އަންދާސީހިސާބު ބޭނުންވެއްޖެ
މިކުންފުނީގެ ހުޅުމާލެ ޕޯސްޓް ޝޮޕްގައި ޕާސްޕޯޓް ފޮޓޯގެ ޚިދުމަތް ފެށްޓުމަށް ބޭނުންވާ ސްޓޫޑިއޯ ސެޓްއަޕް ހަދައިދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ.
ވީމާ، މި މަސައްކަތްކޮށް ދެއްވުމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 15 ފެބުރުވަރީ 2015 ވާ އާދީއްތަ ދުވަހުގެ 11:00އަށް ޕޯސްޓް ބިލްޑިންގގެ 5 ވަނަ ފަންގިފިލާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 19 ފެބުރުވަރީ 2015ވާ އާދީއްތަ ދުވަހުގެ 11:00އަށް 5ވަނަ ފަންގިފިލާއަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުމަށް ދަންނަވަމެވެ. އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތު އޮންނާނީ ހަމައެކަނި މަޢުލޫމާތު ސެޝަނަށް ގަޑިއަށް ވަޑައިގެން ނަންނޯޓް ކުރައްވާ ފަރާތްތަކަށެވެ.
19 ރަބީޢުލްއާޚިރު 1436
09 ފެބުރުވަރީ 2015