ދިވެހިރާއްޖެ
އިއުލާން
ރ. އަތޮޅު ޓެކްނިކަލް އިންސްޓިޓިއުޓާއި ހއ. އަތޮޅު ޓެކްނިކަލް އިންސްޓިޓިއުޓްގެ ކަރިކިޔުލަމާއި ކިޔަވައިދޭނެ މެޓީރިއަލްތައް ތައްޔާރުކޮށްދޭނެ ފަރާތެއް ހޯދުން
މި މިނިސްޓްރީން 2023 މެއި 15 ވަނަ ދުވަހު ކުރެވުނު ނަންބަރު (IUL)475-Admin/475/2023/79 އިއުލާންގެ ދަށުން އެއްވެސް ފަރާތެއް އަންދާސީހިސާބު ހުށަހަޅާފައި ނުވާތީ އެ އިއުލާން ބާތިލްކޮށް، ރ. އަތޮޅު ޓެކްނިކަލް އިންސްޓިޓިއުޓާއި ހއ. އަތޮޅުގެ ޓެކްނިކަލް އިންސްޓިޓިއުޓްގެ ކަރިކިޔުލަމް ތައްޔާރުކޮށް އަދި ކިޔަވައިދޭނެ މެޓީރިއަލްތައް ތައްޔާރުކޮށްދޭނެ ފަރާތެއް ހޯދުމަށް އިއުލާން ކުރީމެވެ.
ވީމާ، މިކަމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން މި މިނިސްޓްރީން މައުލޫމާތު ސާފުކުރެއްވުމަށް ފަހު އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. މައުލޫމާތު ދިނުން އޮންނާނީ 2023 ޖުލައި 17 ގެ 11:00 ގައި މިނިސްޓްރީ އޮފ ހަޔަރ އެޑިއުކޭޝަން، އުމަރު ޒާހިރު އޮފީސް އިމާރާތުގެ ފަސްވަނަ ފަންގިފިލާގައިއެވެ. އަންދާސީހިސާބު ބަލައިގަތުން އޮންނާނީ، 2023 ޖުލައި 30 ގެ 11:00 ގައި މިނިސްޓްރީ އޮފް ހަޔަރ އެޑިއުކޭޝަން، އުމަރު ޒާހިރު އޮފީސް އިމާރާތުގެ ފަސްވަނަ ފަންގިފިލާގައިއެވެ.