ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)365-ESMS/2023/43
ޕަބްލިޝްކުރި ތާރީޚް: 13 ޖުލައި 2023
ޕަބްލިޝްކުރި ގަޑި: 14:14
ސުންގަޑި: 18 ޖުލައި 2023 20:30
މުލަކަތޮޅު މުލީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މ.މުލިން ގޯއްޗަށްއެދިފައިވާ ފަރާތްތަކަށް ޕޮއިންޓް ލިބިފައިވާގޮތުގެ ދާއިމީ ލިސްޓް ޢާއްމުކުރުން

އިޢުލާން

މ.މުލިން ގޯއްޗަށްއެދިފައިވާ ފަރާތްތަކަށް ޕޮއިންޓް ލިބިފައިވާގޮތުގެ ދާއިމީ ލިސްޓް ޢާއްމުކުރުން

      މީހުން ދިރިއުޅުމަށްޓަކައި  2000  އަކަފޫޓުގެ  135  ގޯތި ދޫކުރުމަށްޓަކައި ކުރެވުނު އިޢުލާނާއި ގުޅިގެން ފޯމު ހުށައަޅާފައިވާ ފަރާތްތަކަށް ޕޮއިންޓް ދީފައިވާ ގޮތުގެ ވަގުތީ ލިސްޓު އާއްމު ކުރެވި ޝަކުވާ ހުށައެޅުމަށް ހުޅުވާލި ފުރުސަތުގައި، ގޯއްޗަށް އެދިފައިވާ ފަރާތްތަކުން ހުށަހަޅާފައިވާ ޝަކުވާތަކާއި ގޯތި ކޮމިޓީއަށް ފާހަގަކުރެވުނު ކަންކަމަށް ރިއާޔަތްކޮށް އިސްލާހުކުރެވިފައިވާ ގޯއްޗަށް އެދި ހުށައެޅި ފަރާތްތަކަށް ޕޮއިންޓް ދީފައިވާ ގޮތުގެ ދާއިމީ  ލިސްޓް، ގޯތި ލިބޭ ފަރާތްތައް އެނގޭނޭހެން މި އިޢުލާނާއެކު އާއްމު ކުރީމެވެ.

      ގޯތި ލިބޭ ފަރާތްތަކަށް ގޯތި ލިބޭ ސަރަހައްދު ކަނޑައެޅުމަށް ބާއްވާ ގުރުލުމުގެ ހަފްލާ 2023 ޖުލައި 18 ވާ އަންގާރަ ދުވަހުގެ ރޭ 20:30 ގައި މ.އަތޮޅު ތަޢުލީމީ މަރުކަޒުގެ ބޮޑު ހޯލުގައި އޮންނާނެއެވެ.

      ވީމާ ދާއިމީ ލިސްޓުން ގޯތި ލިބިފައިވާ 135 ފަރާތުން މި ހަފްލާގައި ބައިވެރިވެވަޑައިގެންދެއްވުން އެދެމެވެ. ބަދަލުގައި ބޭފުޅަކު ފޮނުވާނަމަ ބަދަލުގައި ތަމްސީލުކުރާނެ ފަރާތް އެނގޭނޭ ގޮތަށް ގޯތި ލިބުނު ފަރާތުން ލިޔެފައިވާ ލިޔުމެއް ހުށަހެޅުއްވުން އެދެމެވެ.

      ވީމާ މިކަން އާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

13 ޖުލައި 2023