ގަންނަން ބޭނުންވާ ތަކެތި
ނަންބަރު: 171-H3(PU)/IUL/2015/50
ޕަބްލިޝްކުރި ތާރީޚް: 08 ފެބުރުވަރީ 2015
ޕަބްލިޝްކުރި ގަޑި: 12:01
ސުންގަޑި: 12 ފެބުރުވަރީ 2015 11:00
މޯލްޑިވްސް ޕޮލިސް ސަރވިސް
ދިވެހިރާއްޖެ
ކޫލިންގ ސޮލިއުޝަނެއް ހޯދަން

ބީލަން ހުށަހެޅުމުގެ ދަޢުވަތު

  1. މިސަރވިސްގެ ސާރވަރ ރޫމުގައި ބޭނުންކުރުމަށް ކޫލިންގ ސޮލިއުޝަނެއް ހޯދަން ބޭނުންވެއެވެ. ވީމާ، މިއަށް ބީލަން ހުށަހެޅުމުގެ ދަޢުވަތު މިކަމަށް ޝައުޤުވެރިވެލައްވާ ހުރިހާ ފަރާތްތަކަށް ހުޅުވާލަމެވެ.
  2. ބީލަންތަކަށް ފައިސާ ބަލައިގަތުން އޮންނާނީ 09 ފެބުރުވަރީ 2015 އިން ފެށިގެން 2015 ފެބުރުވަރީ 12 ވާ ބުރާސްފަތި ދުވަހުގެ ނިޔަލަށް، ބަންދުނޫން ކޮންމެ ދުވަހެެއްގެ 10:00 އިން 11:00 އަށް މި ސަރވިސްގެ ފައިނޭންސް ޑިޕާޓްމަންޓް (އިސްކަންދަރު ބިލްޑިންގ، އަމީނީމަގު) ގައެވެ. ބީލަން ފޮތެއްގެ އަގަކީ -/400ރ (ހަތަރުސަތޭކަ ރުފިޔާ) އެވެ. ފައިސާ ދެއްކެވުމުން ބީލަންފޮތް، ސޮފްޓް ކޮޕީ ފޯމެޓެއްގައި މިސަރވިސްގެ ޕްރޮކިއުމަންޓް ސެކްޝަނުން ލިބިވަޑައިގަންނަވާނެއެވެ.
  3. މި ޕްރޮޖެކްޓްގެ ޕްރީބިޑް ބައްދަލުވުން އޮންނާނީ 2015 ފެބުރުވަރީ 16 ވާ ހޯމަ ދުވަހުގެ 15:00ގައި، އިސްކަންދަރު ބިލްޑިންގގައެވެ.
  4. ބީލަންފޮތްތައް ބައްލަވައިގެންފައި ވީނަމަވެސް މި ޕްރޮޖެކްޓްގެ ޕްރީބިޑް މީޓިންގއަށް ހާޒިރުނުވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ދެވެން ނޯންނާނެ ވާހަކަ މި ފުރުޞަތުގައި ދަންނަވަމެވެ.
  5. މި ޕްރޮޖެކްޓާ ގުޅޭގޮތުން އެއްވެސް ސުވާލެއްވާނަމަ 2015 ފެބުރުވަރީ 15 ވާ އާދީއްތަ ދުވަހުގެ 16:00ގެ ކުރިން މިސަރވިސްގެ އީމެއިލް އެޑްރެސް [email protected] އަށް ފޮނުއްވުން އެދެމެވެ.
  6. ބީލަން ހުޅުވުން އޮންނާނީ 19 ފެބުރުވަރީ 2015 ވާ ބުރާސްފަތި ދުވަހުގެ 15:00 ގައި އިސްކަންދަރު ބިލްޑިންގގައެވެ. ބީލަންތައް ހުންނަންވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ. ބޭރުގައި ބީލަމަށް ދެވިފައިވާ ނަން، ހުޅުވަން ކަނޑައެޅިފައިވާ ތާރީޚާއި ވަގުތު އަދި ޚިދުމަތް ދޭ ފަރާތުގެ ނަން ލިޔެފައި އޮންނަންވާނެއެވެ.
  7. އެޑްވާންސް ޕޭމަންޓްގެގޮތުގައި ކޮންޓްރެކްޓް އަގުގެ % 15 އެޑްވާންސް ޕޭމަންޓް ގެރެންޓީއެއް ހުށަހެޅުމުން ލިބޭނެއެވެ.
08 ފެބުރުވަރީ 2015