މަސައްކަތް
ނަންބަރު: 60-ADM/2023/227
ޕަބްލިޝްކުރި ތާރީޚް: 13 ޖުލައި 2023
ޕަބްލިޝްކުރި ގަޑި: 11:31
ސުންގަޑި: 20 ޖުލައި 2023 11:00
ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕލކ
ދިވެހިރާއްޖެ
އެސްޓީއޯ މަރަދޫ ފޭދޫ ފިހާރަ ހުންނަ އިމާރާތުގައި ވޯކްޝޮޕަކާއި ރޭމްޕެއް ހަދާދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެ.

އެސްޓީއޯ މަރަދޫ ފޭދޫ ފިހާރަ ހުންނަ އިމާރާތުގައި ވޯކްޝޮޕަކާއި ރޭމްޕެއް ހަދާދޭނެ ފަރާތްތެއް ހޯދަން ބޭނުންވެއްޖެ.
އެސްޓީއޯ މަރަދޫ ފޭދޫ ފިހާރަ ހުންނަ އިމާރާތުގައި ވޯކްޝޮޕް އަކާއި ރޭމްޕް އެއް ހަދާދޭނެ ފަރާތްތެއް ހޯދުމަށް އިޢުލާން ކުރަމެވެ. ވީމާ، މިބާވާތުގެ މަސައްކަތްކުރުމުގެ ފަންނީ އަދި އަމަލީ ތަޖުރިބާ ހުރި ފަރާތްތަކަށް ފުރުޞަތު ހުޅުވާލަމެވެ.

1. ރަޖިސްޓްރީ ކުރާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުތުތައް:
1.1 ރަޖިސްޓްރީ ކުރުމަށް އެދި ހުށަހަޅާ ފަރާތަކީ ފާއިތުވި 5 (ފަހެއް) އަހަރުދުވަހުގެ ތެރޭގައި، 100،000.00ރފ (އެއް ލައްކަ ރުފިޔާ) އަށް ވުރެ ކުޑަ ނޫން އިމާރާތް ކުރުމުގެ މަސައްކަތެއް ކޮށްފައިވާ ފަރާތަކަށް ވުން.
1.1.1 ތަޖުރިބާ ހުރިކަމަށް ބަލައިގަނެވޭނީ މަސައްކަތް ކޮށްދެވުނު ފަރާތުގެ ރެފަރެންސް ސިޓީ (ޕޮސިޓިވް ރިފަރެންސް) ހުށަހެޅުމުންނެވެ. އެސްޓީއޯއިން ބޭނުންވެއްޖެ ހިނދެއްގައި ކޮށްފައިވާ މަސައްކަތްތައް ވެރިފައި ކުރުމަށް އިތުރު މައުލޫމާތު ހޯދިދާނެއެވެ.
1.1.2 ރެފަރެންސް ސިޓީގައި މަސައްކަތުގެ ތަފްސީލް ނެތްކަމުގައި ވަނީނަނަމަ، ސިޓީއާއި އެކު އެ މަސައްކަތުގެ ސަޕޯޓިންގ ޑޮކިއުމަންޓްސް ހުށަހަޅަންވާނެއެވެ. އަދި އަމިއްލަ ފަރާތްތަކުގެ ނަމުގައި ހުށަހަޅާ ސިޓީ ބަލައި ނުގަނެވެ ވަހަކަ ދަންނަވަމެވެ. ހުށަހަޅާފައިވާ ސިޓީ އާއި ސަޕޯޓިންގ ޑޮކިއުމަންޓްސް ތަކުން މަސައްކަތުގެ ތަފްސީލު އަދި މަސައްކަތް ނިންމި ގޮތާއި އަގު ސާފުކޮށް އެނގެން ނެތްނަމަ އެ ސިޓީ ބަލައިނުގަތުމުގެ އިޚްތިޔާރު އެސްޓީއޯއަށް ލިބިގެންވެއެވެ.

2. ރަޖިސްޓްރީ ކުރުމަށް އެދި ހުށަހަޅަން ޖެހޭ ލިޔުންތައް:
2.1 ކުރިން ކޮށްފައިވާ މި ބާވަތުގެ މަސައްކަތުގެ ރިފަރެންސް ސިޓީ (1.1 ގައިވާ ގޮތަށް)
2.2 ރެޖިސްޓްރޭޝަން ކޮޕީ
2.3 ކުންފުނީގެ/ ވެރިފަރާތުގެ ހިއްޞާދާރުންގެ އައި.ޑީ.ކާޑް ކޮޕީ

3. ރަޖިސްޓަރީ ކުރުން:
3.1 ރަޖިސްޓަރީ ކުރައްވަން ބޭނުންފުޅުވެލައްވާ ފަރާތްތަކުން 20 ޖުލައި 2023 ވަނަ ދުވަހު 1100 ގެ ކުރިން، ތިރީގައިވާ އީމެއިލް މެދުވެރިކޮށް ރަޖިސްޓްރީ ކުރަންވާނެއެވެ.

އީމެއިލް އެޑްރެސް: [email protected]

4. ބީލަންކަރުދާސް ދޫކުރުން
4.1 ޝަރުތު ހަމަވާ ފަރާތްތަކަށް މައުލޫމާތު ކަރުދާސް ދޫކުރަން ހަމަޖެހިފައި ވަނީ 23 ޖުލައި 2023 ވަނަ ދުވަސް ނިމުމުގެ ކުރިން އީމެއިލުންނެވެ.

5. ސައިޓް ވިޒިޓް:
5.1 ބީލަމުގެ ޝަރުތު ހަމަވާ ފަރާތްތަކަށް ސައިޓް ވިޒިޓް އޮންނާނީ 24 ޖުލައި 2023 ވަނަ ދުވަސް 1100 ޖަހާއިރު އެސްޓީއޯ މަރަދޫ ފޭދޫ ފިހާރައިގައެވެ. އަދި ސައިޓް ވިޒިޓްއަށް ވަޑައި ނުގަންނަވާ ފަރާތްތަކުގެ ބީލަން ކަރުދާސް ބަލައި ނުގަނެވޭނެ ކަމުގައި ދަންނަވަމެވެ. (ސައިޓް ވިޒިޓް ދުވަސް ބަދަލުވުން އެކަށީގެން ވެއެވެ)

6. ސުވާލާއި ޖަވާބު:

6.1 ރަޖިސްޓަރީ ކުރެއްވުމަށްފަހު ހުށަހަޅުއްވަން ބޭނުންފުޅުވެލައްވާ ސުވާލުތައް 30 ޖުލައި 2023 ވާ ދުވަހުގެ 1100 ގެ ކުރިން އީމެއިލް މެދުވެރިކޮށް ފޮނުވަންވާނެއެވެ. އަދި 30 ޖުލައި 2023 ވާ ދުވަސް ނިމުމުގެ ކުރިން ހުށަހެޅިފައިވާ ސުވާލުތަކަށް ޖަވާބުދާރީ ވެވޭނެއެވެ.

7. ބީލަން ހުށަހެޅުން:

7.1 ބީލަން ހުށަހަޅަންވާނީ 02 އޯގަސްޓް 2023 ވަނަ ދުވަހު 1100 ގެ ކުރިން [email protected] އީމެއިލް އެޑްރެސް އަށެވެ. އަދި ބީލަން ހުށަހެޅުމަށް ހަމަޖެހިފައިވާ ސުންގަޑީގެ ފަހުން ހުށަހަޅާ އެއްވެސް ބީލަމެއް، މަޢުލޫމާތު ފުރިހަމަނުވާ ބީލަން ކަރުދާސްތައް އަދި ފިހާރަ އަށް ހުށައަޅާ ބީލަން ކަރުދާސްތަށް ބަލައިނުގަނެވޭނެ ކަމުގައިވެސް ދަންނަވަމެވެ.

އިތުރު މަޢުލޫމާތު ހޯއްދެވުމަށް ގުޅުއްވާނީ:

ފޯނު: 1422
އީމެއިލް: [email protected]

13 ޖުލައި 2023