ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)247-CA/247/2023/101
ޕަބްލިޝްކުރި ތާރީޚް: 13 ޖުލައި 2023
ޕަބްލިޝްކުރި ގަޑި: 10:31
ސުންގަޑި: 27 ޖުލައި 2023 20:30
ތިލަދުންމަތީ އުތުރުބުރީ ހޯރަފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރައްޔިތުންގެ ބައްދަލުވުމުގެ ދަޢުވަތު

ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނޫ ( ޤާނޫނު ނަންބަރު 2010/7 ) ގެ 110 ވަނަ މާއްދާގައިވާ ގޮތުގެ މަތިން ރައްޔިތުންނަށް އާންމުކޮށް ހުޅުވައިލައިގެން ބާއްވާ ބައްދަލުވުން 27 ޖުލައި 2023 ވާ ބުރާސްފަތި ދުވަހުގެރޭ 20:30 ގައި ހޯރަފުށީ ކައުންސިލްގެ އިދާރާ (އޯކިޑްވިލާ) ގައި އޮންނާނެއެވެ.  

އެޖެންޑާ؛

  1. ޤުރުއާނުގެ ބަރަކާތުން ޖަލްސާ ފެށުން
  2. 2023 ވަނަ އަހަރުގެ ފުރަތަމަ 06 މަސްދުވަހު ކައުންސިލް ހިނގާ ދިޔަގޮތުގެ ރިޕޯޓް ހުށަހެޅުން
  3. 2023 ވަނަ އަހަރުގެ ކައުންސިލްގެ މަސައްކަތު ތާވަލާއި ބަޖެޓް ހުށަހެޅުން
  4.  ހިނގަމުންދާ ތަރައްޤީގެ މަޝްރޫޢުތަކާ އަދި ކުރިއަށްހުރި މަޝްރޫޢުތަކާ ގުޅޭގޮތުން މަޢުލޫމާތު ހިއްސާކުރުން.
  5. ރައްޔިތުންގެ ޚިޔާލު ހުށަހެޅުމާއި ސުވާލުތަކަށް ޖަވާބުދިނުން
  6. ބައްދަލުވުން ނިންމުން

ވީމާ، މިބައްދަލުވުމަށް ދެޖިންސުގެ ހުރިހާ ރައްޔިތުން ވަޑައިގެން ދެއްވުމަށް ދަޢުވަތު ދެއްވައި މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.

              25 ޛުލްޙައްޖު  1444

13 ޖުލައި 2023