ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)420-AS/420/2023/47
ޕަބްލިޝްކުރި ތާރީޚް: 13 ޖުލައި 2023
ޕަބްލިޝްކުރި ގަޑި: 10:08
ހުވަދުއަތޮޅު ދެކުނުބުރީ ރަތަފަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ޖުލައިމަހު ރައްޔިތުންނަށް މަޢުލޫމާތު ދިނުމަށް ބާއްވާ ބައްދަލުވުމުގެ ދަޢުވަތު

އިޢުލާން 

ޖުލައިމަހު ރައްޔިތުންނަށް މަޢުލޫމާތު ދިނުމަށް ބާއްވާ ބައްދަލުވުމުގެ ދަޢުވަތު

ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނު (2010/7) ގެ 107 ވަނަ މާދާގެ ދަށުން ކޮންމެ އަހަރަކު ޖުލައިމަހު ރަށު ކައުންސިލްތަކުން އެރަށެއްގެ ރައްޔިތުންނަށް ޢާންމުކޮށް ހުޅުވާލައިގެން ބާއްވާ ބައްދަލުވުން، ގދ. ރަތަފަންދޫ ކައުންސިލްގެ ފަރާތުން 30 ޖުލައި 2023 ވާ ހޮނިހިރު ދުވަހުގެ ރޭ 8:30 ގައި އަޓިގެ މާލަން (ކައުންސިލް މީޓިންގް ރޫމް) ގައި އޮންނާނެއެވެ. މިބައްދަލުވުމުގައި 2024 ވަނަ އަހަރުގެ ކައުންސިލްގެ މަސައްކަތު ތާވަލާއި ބަޖެޓް ރައްޔިތުންނަށް ހުށަހަޅައި ޚިޔާލު ހޯދުން އޮންނާނެއެވެ. މި ބައްދަލުވުމުގައި މަޝްވަރާކުރާ 2024ގެ ޑްރާފްޓް ބަޖެޓް އަދި އެކްޓިވިޓީ ޕްލޭން މި އިޢުލާންއާއި އެކީ އެއްހީރަސްކުރެވިފައި އެވަނީއެވެ.

ވީމާ، މި ބައްދަލުވުމުގައި ރަތަފަންދޫގެ ވީހާ ގިނަ ރައްޔިތުން ބައިވެރިވެ ވަޑައިގެންދެއްވުން އެދި ދަޢުވަތު އެރުވީމެވެ.

13 ޖުލައި 2023