ޢާންމު މަޢުލޫމާތު
ނަންބަރު: 352-B/2024/24
ޕަބްލިޝްކުރި ތާރީޚް: 09 ޖުލައި 2023
ޕަބްލިޝްކުރި ގަޑި: 21:37
ސުންގަޑި: 18 ޖުލައި 2023 21:00
އަރިއަތޮޅު ދެކުނުބުރީ ދަނގެތީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ޤާނޫނު ލާޒިމްކުރާ ޖުލައިމަހުގެ ބައްދަލުވުމަށް ރައްޔިތުންނަށް ދަޢުވަތު އެރުވުން:

        ދިވެހިރާއްޖޭގެ  އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު ( ޤާނޫނު ނަންބަރު: 210/7 ) ގެ 107 ވަނަ މާއްދާގައި ރަށުކައުންސިލްތަކުން ކޮންމެ އަހަރެއްގެ ފެބުރުރުއަރީ މަހައި ޖުލައި މަހުގައި ރައްޔިތުންނަށް ޢާއްމުކޮށް ހުޅުވާލައިގެން ބައްދަލުވުމެއް ބޭއްވުމަށްވަނީ، ލާޒިމުކޮށްފައެވެ.

ވުމާއެކު، ދިވެހިރާއްޖޭގެ  އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނުން ރަށުކައުންސިލްތަކަށް ބޭއްވުން ލާޒިމްކުރާ ޖުލައި މަހުގެ ބައްދަލުވުން 18 ޖުލައި 2023 ވާ ހޯމަ ދުވަހުގެރޭ 21.00 ގައި އދ.ދަނގެތީ އިޖްތިމާޢީ މަރުކަޒުގައި ބޭއްވުމަށްވަނީ، ހަމަޖެހިފައެވެ.

ބައްދަލުވުމުގައި ރައްޔިތުންނަށް ހުށަހަޅައި ޙިޔާލު ހޯދަން ބޭނުންވާ ކަންކަމަކީ،

1-      2024 ވަނަ އަހަރުގެ އދ.ދަނގެތީ ކައުންސިލްގެ މަސައްކަތު ޕްލޭން ރައްޔިތުންނާއި ޙިއްޞާ ކުރުން.

2-      2024 ވަނަ އަހަރުގެ އދ.ދަނގެތީ ކައުންސިލްގެ ބަޖެޓް ޙިއްޞާ ކުރުން.

    ވީމާ، މިބައްދަލުވުމުގައި ބައިވެރިވެ ވަޑައިގެން ދެއްވުންއެދި ރަށުގެ ލޮބުވެތި އެންމެހާއި ރައްޔިތުންނަށް ދަޢުވަތު އެރުވީމެވެ.

09 ޖުލައި 2023