މަސައްކަތް
ނަންބަރު: (IUL)247-CA/247/2023/100
ޕަބްލިޝްކުރި ތާރީޚް: 12 ޖުލައި 2023
ޕަބްލިޝްކުރި ގަޑި: 15:00
ސުންގަޑި: 25 ޖުލައި 2023 11:00
ތިލަދުންމަތީ އުތުރުބުރީ ހޯރަފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ހޯރަފުށީ ކައުންސިލް އިދާރާގެ މުނިސިޕަލް އަދި ވޭސްޓްގެ މަސައްކަތް ކުރާނެ ފަރާތެއް ހޯދުން :

އިޢުލާން

                       މި އިދާރާގެ މުނިސިޕަލް އަދި ވޭސްޓްގެ މަސައްކަތްތައް ކޮންޓްރެކްޓް އުސޫލުން ކޮށްދޭނެ ފަރާތެއް ބޭނުންވެއްޖެއެވެ.

 މަސައްކަތުގެ އަގު: 200ރ އާއި 300ރ އާއި  ދެމެދު (މަސައްކަތަށް ނުކުންނަ ކޮންމެ ދުވަހަކަށް)

  • މަސައްކަތުގެ މުއްދަތު : އެގްރިމަންޓް ކުރެވޭ ތާރީޚުން ފެށިގެން މީލާދީ 01 އަހަރު ދުވަސް
  • މި މަސައްކަތުގައި އުޅޭ ފަރާތަކީ މި އިދާރާގެ މުވައްޒަފެއްގެ ގޮތުން މަސައްކަތްކުރާ ފަރާތަކަށް ނުވާތީ، ވަޒީފާއާބެހޭ ޤާނޫނުގެ ދަށުން ލިބިދޭ ސަލާމާއި، ޗުއްޓީއާއި، ސަރުކާރު ބަންދު ދުވަސްތަކާއި، އިތުރުގަޑީގެ ފައިސާއާއި، ރަމަޟާންމަހުގެ ޢިނާޔަތު ފައިސާ ފަދަ އެއްވެސް އިނާޔަތެއް، އެ ފަރާތަކަށް ނުލިބޭނެއެވެ.
  • މި މަސައްކަތް ކޮށްދިނުމަށް ކުރިމަތިލެވޭނީ ޢުމުރުން 55 އަހަރުންދަށުގެ، ސިއްޙަތު ރަނގަޅު،ދިވެހިރައްޔިތުންނަށާ، ކުދި އަދި މެދު ފަންތީގެ ވިޔަފާރީގެ ގޮތުގައި ރަޖިސްޓްރީވެފައިވާ ފަރާތް ތަކަށެވެ.   
  • މި ބިޑް ކާމިޔާބު ކުރާ ފަރާތުން މަސައްކަތް ކުރުމަށް ހަވާލުކުރާ ފަރާތުގެ ވަނަވަރު ކައުންސިލާ ހިއްސާކުރަންވާނެއެވެ. އަދި އެފަރާތަށް މަސައްކަތް ހަވާލުކުރެވޭނީ ކައުންސިލުގެ އިޒުނައާ އެކުގައެވެ. އެއްވެސް ސަބަބަކާ ހުރެ މަސައްކަތް ކުރުވާ ފަރާތް ބަދަލުކުރާނަމަ އެކަން ކައުންސިލަށް އަންގާ ކައުންސިލްގެ އިޒުނަ ހޯދަންވާނެއެވެ.
  • މަސައްކަތް ކުރަންޖެހޭނީ ހޯރަފުށީ ކައުންސިލްގެ އިދާރާއިން ކަނޑައަޅާ ޑިއުޓީ ތާވަލަކާއި އެއްގޮތަށެވެ.
  • މަސައްކަތް ކުރާ ފަރާތަކީ އެއްގަމު ލައިސަންސް ކެޓަގަރީތަކުގެ ތެރެއިން ސައިކަލް، އަދި ޕިކަޕް ދުއްވުމުގެ ލައިސަންސް އޮތް ފަރާތަކަށް ވާންޖެހޭނެއެވެ. 
  • މަސައްކަތް ޙަވާލުކުރެވޭ ފަރާތާއިއެކު މި އިދާރާއިން މަސައްކަތުގެ އެއްބަސްވުމެއް ހެދޭނެއެވެ.
  • މި މަސައްކަތާ ގުޅެ މަޢުލޫމާތު ސެޝަންގައި ބައިވެރިނުވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުސަތު ނުދެވޭނެއެވެ.
  • ބީލަންތައް ހުންނަންވާނީ ސިޓީއުރައެއްގައި ބަންދުކުރެވިފައެވެ. ސިޓީއުރައިގެ ބޭރުގައި ބީލަމަށް ދެވިފައިވާ ނަން، ތާރީޚާއި ވަޤުތު އަދި ބީލަން ހުށަހަޅާ ފަރާތުގެ ނަން ލިޔެވިފައި އޮންނަންވާނެއެވެ.

                     ވީމާ، ކޮންޓްރެކްޓް އުސޫލުން މި އިދާރާގެ މުނިސިޕަލް އަދި ވޭސްޓްގެ މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ހޯދުމަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ.

ތަފްސީލް

ތާރީޚް

ގަޑި / ތަން

މައުލޫމާތު ސާފުކުރުން

23 ޖުލައި 2023 (އާދީއްތަ)

ތިލަދުންމަތީ އުތުރުބުރީ ހޯރަފުށީ ކައުންސިލްގެ އިދާރާ -   11:00

ބީލަންހުށަހެޅުން

25 ޖުލައި 2023 (އަންގާރަ)

ތިލަދުންމަތީ އުތުރުބުރީ ހޯރަފުށީ ކައުންސިލްގެ އިދާރާ -   11:00

 

24 ޛުލްޙައްޖު 1444

 

12 ޖުލައި 2023