ގަންނަން ބޭނުންވާ ތަކެތި
ނަންބަރު: (IUL)448/1/2015/4
ޕަބްލިޝްކުރި ތާރީޚް: 04 ފެބުރުވަރީ 2015
ޕަބްލިޝްކުރި ގަޑި: 11:14
ސުންގަޑި:
12 ފެބުރުވަރީ 2015 11:30
ރީޖަނަލް އެއަރޕޯޓްސް
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ޖެޓީ މަރާމާތުކުރަން ބޭނުންވާ ލަކުޑި ގަންނަން
ހަނިމާދޫ އެއަރޕޯޓުގެ ޖެޓީ މަރާމާތުކުރަން ބޭނުންވާ ލަކުޑި ގަންނަން ބޭނުންވެއެވެ. ވީމާ، ތިރީގައި ބަޔާންކުރެވިފައިވާ ލަކުޑި ހަނިމާދޫ އެއަރޕޯޓަށް ސަޕްލައިކުރައްވަން ބޭނުންވެލައްވާ ފަރާތްތަކުން 12 ފެބުރުވަރީ 2015 (ބުރާސްފަތި) ދުވަހުގެ ހެނދުނު 11:30 އަށް ވެލާނާގޭގެ 11 ވަނަ ބުރީގައި ހުންނަ ރީޖަނަލް އެއަރޕޯޓްސް އޮފީހަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 17 ފެބުރުވަރީ 2015 (އަންގާރަ) ދުވަހުގެ ހެނދުނު 11:30 އަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.
- ލަކުޑިފިލާ (ބަލޯ) "x8"x2ފ'16 ގެ
- ލަކުޑިބެރި (ބަލޯ) "x5"x3ފ'12 ގެ
- ލަކުޑިފިލާ "x6"x2ފ'10 ގެ
އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް މިއޮފީހުގެ ނަންބަރު 3323776 ފޯނާ ގުޅުއްވައިގެން މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ.
މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތު ނުދެވޭނެކަމުގައި ދެންނެވީމެވެ.
14 ރަބީޢުލްއާޚިރު 1436
04 ފެބުރުވަރީ 2015