ދިވެހިރާއްޖެ
މި މި މިނިސްޓްރީގެ ދަށުން ހުޅުމާލޭ ސިނާޢީ ސަރަޙައްދުގައި ހިންގާ ފެޑް ސެންޓަރގެ އޮފީސް އަދި ވޯކް ޝޮޕް ރޫމް ހެދުމަށް ބޭނުންވެއެވެ. ވީމާ، މި މަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކަށް ފުރުޞަތު ހުޅުވާލަމެވެ. މި މަސައްކަތަށް އަގުހުށަހަޅުއްވާއިރު މި އިޢުލާނާ އެކުގައިވާ ބީ.އޯ.ކިއު، އަދި މަޢުލޫމާތު ކަރުދާހާއެއްގޮތަށް އަގު ހުށަހެޅުމަށް ސަމާލުކަން ދެންވުމަށް ދަންނަވަމެވެ. މިކަމަށް ޝަޢުގުވެރިވެލައްވާ ފަރާތްތަކުން މަޢުލޫމާތު ސާފުކުރެއްވުމަށާއި އަގު ހުށަހެޅުއްވުމަށް ތިރީގައިވާ ތާވަލާ އެއްގޮތަށް ވަޑައިގެން ދެއްވުން އެދެމެވެ.
| 
 | ތާރީޚް އަދި ގަޑި | ތަން | 
| މަޢުލޫމާތު ސާފުކުރުން | 17 ޖުލައި 2023 ވާ ހޯމަ ދުވަހުގެ 10:00 އަށް | ފެޑް ސެންޓަރ، މިދިލި މަގު، ހުޅުމާލެ އިންޑަސްޓްރިއަލް ޒޯން | 
| އަންދާސީ ހިސާބު ހުށަހެޅުން | 24 ޖުލައި 2023 ވާ ހޯމަ ދުވަހުގެ 11:00 އަށް | މިނިސްޓްރީ އޮފް ފިޝަރީޒް، މެރިން ރިސޯސް އެންޑް އެގްރިކަލްޗަރ (ވެލާނާގެ 7 ވަނަ ފަންގިފިލާ) | 
މި އިޢުލާނާއި ގުޅޭ މަޢުލޫމާތު ކަރުދާސް އެއްކަރުދާސް ކުރެވިފައިވާނެއެވެ. ބީލަން ހުށަހެޅުމަށް ކަނޑައަޅާފައިވާ މުއްދަތަކީ ރަސްމީ ބަންދު ނޫން 07 (ހަތް) ދުވަހުގެ މުއްދަތެއް ކަމުގައި ވުމުން، މި މުއްދަތުގެ ތެރޭގައި ސަރުކާރު ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ، ދެން ބިޑް ބަލައިގަނެވޭނީ ސަރުކާރު ހުޅުވިގެން ބަންދުވި ދުވަސްތަކަށް ރަސްމީ ދުވަސް ހަމަކޮށް، ޖެހިގެން އަންނަ ރަސްމީ ދުވަހުގެ 11:00 އަށެވެ.
މި އިޢުލާނާއި ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 3339267 އަދި 3339282 ،3339257 ނަންބަރު ފޯނަށެވެ.