ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)266-A/266/2023/156
ޕަބްލިޝްކުރި ތާރީޚް: 12 ޖުލައި 2023
ޕަބްލިޝްކުރި ގަޑި: 12:25
ސުންގަޑި: 12 ޖުލައި 2023 00:00
ކުޅުދުއްފުށީ ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރައްޔިތުންގެ ބައްދަލުވުން: 2023

ލާމަރުކަޒީ ޤާނޫނު 107 ވަނަ މާއްދާގައި ލާޒިމުކުރާ ރައްޔިތުންނަށް އާއްމުކޮށް ހުޅުވައިލައިގެން ޖުލައި މަހުގެ ބައްދަލުކުރާ ބައްދަލުވުން 24 ޖުލައި 2023 ވާ ހޯމަ ދުވަހުގެ ރޭ 20:45 ގައި ހދ.އަތޮޅު ތައުލީމީ މަރުކަޒު ހޯލްގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

ވީމާ، މި ބައްދަލުވުމުގައި ކުޅުދުއްފުށީގެ ވީހާ ގިނަ ރައްޔިތުން ބައިވެރިވެ ވަޑައިގެންދެއްވުމަކީ މިކައުންސިލްގެ ނުހަނު ބޮޑު އެދުމެކެވެ.       

12 ޖުލައި 2023