ދިވެހިރާއްޖެ
ސަރުކާރުންދޭ ޚިދުމަތްތައް ފަސޭހަކަމާއެކު، ޑިޖިޓަލީ ރައްޔިތުންނަށް ފޯރުކޮށްދިނުމަށްޓަކައި ގާއިމްކޮށްފައިވާ ޕްލެޓްފޯމް "ވަންގަވް" 10 ޖުލައި 2023 ވަނަ ދުވަހުވަނީ ލޯންޗްކޮށްފައެވެ. އެހެންކަމުން މި އިދާރާއިން ދެމުންގެންދާ ތިރީގައިވާ ޚިދުމަތްތައް 11 ޖުލައި 2023 އިން ފެށިގެން ދެމުންގެންދާނީ "ވަންގަވް" ޕޯޓަލް މެދުވެރިކޮށްކަމުގައި އާންމުކޮށް އަންގާ އިޢްލާންކޮށްފައިވާނެއެވެ.
1 |
ޢިމާރާތް ކުރުމުގެ ޢަމަލީ މަސައްކަތް ކުރާ ފަރާތްތައް ރަޖިސްޓަރީކުރުން |
Contractor Registration |
7950712 |
2 |
ޕްރޮޖެކްޓް ލައިސަންސް ދޫކުރުން |
Project license |
7950712 |
3 |
ޢިމާރާތްކުރުމުގެ ދާއިރާގެ ފަންނުވެރިން ރަޖިސްޓަރީކުރުން – އާންމު ފަންނުވެރިން |
Construction Industry General Practitioner Registration |
7950712 |
4 |
ޢިމާރާތް ކުރުމާ ގުޅޭ ފަރާތްތައް ނިސްބަތްވާ ފަންނީ ޖަމްޢިއްޔާ ރަޖިސްޓަރީކުރުން |
Construction Industry Technical Association Registration |
7950712 |
5 |
ޢިމާރާތްކުރުމުގެ މަސައްކަތަށް ބޭނުންކުރާ ތަކެތި ޓެސްޓްކުރާތަންތަން ރަޖިސްޓަރީކުރުން |
Material Testing Laboratory Registration |
7950712 |
6 |
ކޮންސަލްޓަންޓް ރަޖިސްޓްރޭޝަން |
Construction Industry Consultant Registration |
7950712 |
7 |
ދިވެހިރާއްޖެއަށް އެތެރެކުރާ ޢިމާރާތްކުރުމަށް ބޭނުންކުރާ ތަކެއްޗަށް ހުއްދަދޫކުރުން |
Import Material Quality Approval |
7970416 |
8 |
ބާވަތް 1 ޢިމާރާތުގެ ފައުންޑޭޝަން ސިސްޓަމް ފާސްކޮށް ހުއްދަދޫކުރުން |
Foundation System Approval |
7970416 |
9 |
އިސްތިއުނާފަށް އެދި ހުށަހެޅުން |
Case Submission to Appeals Committee |
7970416 |
10 |
ޢިމާރާތްކުރުމާއި ގުޅޭ މައްސަލަތައް ހުށަހެޅުން |
Report Construction Issues
|
7256557 |
11 |
ދިރިއުޅުމަށް ހަދާ ޢިމާރާތްތަކަށް ޑިވެލޮޕްމަންޓް ކޮންޓްރޯލް އަދި ކޮންސެޕްޓް އެޕްރޫވަލް ހުއްދަދޫކުރުން |
Development Control and Concept Approval of Residential Plots
|
4004955 |
12 |
ދިވެހިރާއްޖޭގައި އުފައްދާ ޢިމާރާތްކުރުމަށް ބޭނުންކުރާ ތަކެއްޗަށް ހުއްދަދޫކުރުން |
Produced Material Quality Approval
|
7970416 |
13 |
ޢިމާރާތްކުރުމުގެ ދާއިރާގެ ފަންނުވެރިން ރަޖިސްޓަރީކުރުން – ޗެކަރސް |
Construction Industry Checker Registration
|
7950712 |
14 |
ޢިމާރާތްކުރުމުގެ ދާއިރާގެ ފަންނުވެރިން ރަޖިސްޓަރީކުރުން – ލައިސަންސްޑް އާކިޓެކްޓް / ލައިސަންސްޑް އިންޖިނިއަރ |
Construction Industry Licensed Architect / Licensed Engineer Registration
|
7950712 |
15 |
ޢިމާރާތްކުރުމުގެ ދާއިރާގެ ފަންނުވެރިން ރަޖިސްޓަރީކުރުން – ބިލްޑިންގ އިންސްޕެކްޓަރސް |
Building Inspector Registration
|
7950712 |
އިސްވެ ދެންނެވުނު ޚިދުމަތްތައް ހޯދުމަށް އެދި 11 ޖުލައި 2023 ގެ ކުރިން ހުށަހަޅާފައިވާ ހުށަހެޅުންތަކާއި ގުޅޭގޮތުން މައުލޫމާތު ފޯރުކޮށްދެމުންދާނީ މިމިނިސްޓްރީއިން ކަމުގައި ދަންނަވަމެވެ. މިގޮތުން އެހުއްދަތަކާއި ގުޅޭގޮތުން މައުލޫމާތު ސާފުކުރުމަށް ޚިދުމަތް ހޯދުމަށް އެދި އެޕްލިކޭޝަން ހުށަހަޅާފައިވާ އީމެއިލް އެޑްރެސްއަށް އީމެއިލް ކުރައްވާ ނުވަތަ ތާވަލުގައިވާ ނަމްބަރަށް ގުޅުއްވުން އެދެމެވެ. މިޚިދުމަތްތަކާއި ގުޅޭ ގޮތުން ކުރިން ބޭނުންކުރަމުންދާ ނަމްބަރުތައްވާނީ ވަންގަވް ސަޕޯޓް ނަމްބަރ 1500 އަށް ޑައިވާޓްކުރެވިފައިކަމުގައިވެސް ދަންނަވަމެވެ.
އަދި 11 ޖުލައި 2023 ގެ ކުރިން ހުށަހަޅާފައިވާ ފޯމުތަކަށް ލައިސަންސް އަދި ރަޖިސްޓަރީ ސެޓްފިކެޓް ދޫކުރަނީ އީމެއިލް މެދުވެރިކޮށް މިނިސްޓްރީއިން ކުރިންވެސް ހުއްދަ ދޫކުރާ ފޯމެޓްގައިކަން ފާހަގަކުރަމެވެ. އެގޮތުން މި ޖުލައިމަހުގެ ތެރޭގައި މިނިސްޓްރީއިން ދޫކުރާ ހުއްދަތައް ވަންގަވް ފޯމެޓާއި މިނިސްޓްރީއިން މިހާރު ދޫކުރަމުންދާ ފޯމެޓްގައި ދޫކުރަމުންދާނެކަންވެސް މައުލޫމާތަށްޓަކައި ދަންނަވަމެވެ.