ގަންނަން ބޭނުންވާ ތަކެތި
ނަންބަރު: (IUL)LHAH-AH/LHAH/2015/5
ޕަބްލިޝްކުރި ތާރީޚް: 08 ފެބުރުވަރީ 2015
ޕަބްލިޝްކުރި ގަޑި: 10:35
ސުންގަޑި: 15 ފެބުރުވަރީ 2015 13:30
ޅ. އަތޮޅު ހޮސްޕިޓަލް
ދިވެހިރާއްޖެ
ފަރުނީޗަރ ގަންނަން

ފަރުނީޗަރ ގަންނަން ބޭނުންވެއްޖެ:

މިހޮސްޕިޓަލާއި މިހޮސްޕިޓަލްގެ ދަށުން ހިނގަމުންދާ ޞިއްޙީމަރުކަޒުތަކަށް ބޭނުންވާ ފަރުނީޗަރ ގަންނަން ބޭނުންވެއްޖެއެވެ.

ވީމާ، މިތަކެތި ވިއްކުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 15 ފެބުރުވަރީ 2015 ދުވަހުގެ 13:30 އަށް މިހޮސްޕިޓަލަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 19 ފެބުރުވަރީ 2015 ދުވަހުގެ 13:30 އަށް މިހޮސްޕިޓަލަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

އީ މެއިލް މެދުވެރިކޮށް އިޢުލާނާ ގުޅޭ މަޢުލޫމާތު ހޯދުމަށް އެދިލައްވާ ފަރާތްތަކުން 15 ފެބުރުވަރީ 2015 ދުވަހުގެ 12:00 ގެ ކުރިން މިހޮސްޕިޓަލަށް ލިޔުމުން ސިޓީ ފޮނުއްވުމުން މަޢުލޫމާތު ފޯރުކޮށްދިނުމަށް ވަނީ ހަމަޖެހިފައެވެ. އީމެއިލް މެދުވެރިކޮށްނާއި ފެކްސް މެދުވެރިކޮށް ހުށަހަޅުއްވާ ސިޓީ ބަލައިގަތުމަށް ވަނީ ހަމަޖެހިފައެވެ. ފެކްސް ނަންބަރަކީ: 6620247 އެވެ. އީ މެއިލް އެޑްރެހަކީ [email protected] އެވެ. އިތުރު މަޢުލޫމާތު ހޯދުމަށް މިހޮސްޕިޓަލްގެ ނަންބަރު 6620048 ފޯނާ ގުޅުއްވުން އެދެމެވެ.

އަންދާސީހިސާބު ހުށަހެޅޭނީ މަޢުލޫމާތު ސާފުކުރުމަށް ހަމަޖެހިފައިވާ ދުވަހު މަޢުލޫމާތު ސާފުކުރާ ފަރާތްތަކަށް އެކަނިކަމުގައިވެސް ދަންނަވަމެވެ.

މި އިޢުލާން ނުކުތުމުން 22 ޑިސެންބަރު 2014 ގައި މިހޮސްޕިޓަލުން ކޮށްފައިވާ ނަންބަރު IUL)LHAH-AH/LHAH/2014/27) އިޢުލާނާ ގުޅިގެން މިހޮސްޕިޓަލަށް ގަތުމަށް ބޭނުންވާ ފަރުނީޗަރގެ އަދަދަށް ބަދަލުގެނެވިފައިވާތީ އެއިޢުލާނާ ގުޅިގެން ހުށަހެޅުނު އަންދާސީހިސާބުތައް ވަނީ ބާޠިލު ކުރެވިފައެވެ.

18 ރަބީޢުލްއާޚިރު 1436

08 ފެބުރުވަރީ 2015