ކުއްޔަށް ހިފުން
ނަންބަރު: Q2C-A/2023/12
ޕަބްލިޝްކުރި ތާރީޚް: 11 ޖުލައި 2023
ޕަބްލިޝްކުރި ގަޑި: 22:04
ސުންގަޑި: 03 އޮގަސްޓް 2023 13:45
ހުވަދުއަތޮޅު ދެކުނުބުރީ ހޯނޑެއްދޫ މެޖިސްޓްރޭޓް ކޯޓު
ދިވެހިރާއްޖެ
ގދ.ހޯނޑެއްދޫ މެޖިސްޓްރޭޓްކޯޓް ހިންގުމަށް 1 އަހަރު ދުވަހުގެ މުއްދަތަށް ޢިމާރާތެއް ކުއްޔަށްދޭނެ ފަރާތެއް ހޯދުމަށް

މި އިޢުލާންވަނީ 07 އޮގަސްޓް 2023 13:49 ގައި ބާތިލް ކުރެވިފައެވެ.


އިޢުލާން

 ކޯޓް ހިންގާނެ ޢިމާރާތެއް ކުއްޔަށް ހިފުމާއިގުޅޭ

         ގދ.ހޯނޑެއްދޫ މެޖިސްޓްރޭޓްކޯޓް 1 އަހަރު ދުވަހުގެ މުއްދަތަށް ހިންގުމަށް އެކަށީގެންވާ ޢިމާރާތެއް ހޯދުމަށް 07 ޖުލައި 2023 ވަނަ ދުވަހު ކޮށްފައިވާ ނަންބަރު Q2C-A/2023/11 އިޢުލާނާއި ގުޅޭ މަޢުލޫމާތު ޝީޓަށް ބަދަލުގެނެސްފައިވާތީ އެއިޢުލާން ބާޠިލްކޮށް، ޢިމާރާތެއް ކުއްޔަށް ދޭނެ ފަރާތެއް ހޯދުމަށް އަލުން އިޢުލާންކުރަމެވެ.

         ވީމާ، މިފަދަ އިމާރާތެއް ކުއްޔަށްދޫކުރެއްވުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ބީލަން ހުށަހެޅުމަށް ރަޖިސްޓްރީކުރައްވައި މަޢުލޫމާތު ސާފުކުރުމަށްފަހު މިކޯޓަށް ވަޑައިގެން ބީލަން ހުށަހެޅުއްވުން އެދެމެވެ. ބީލަމުގައި ބައިވެރިވެލައްވަން ބޭނުންފުޅުވާ ފަރާތްތަކުން 23 ޖުލައި 2023 ވާ އާދީއްތަ ދުވަހުގެ 14:00 ގެ ކުރިން މިކޯޓަށް ވަޑައިގެން ނުވަތަ މިކޯޓުގެ އީމެއިލް [email protected] މެދުވެރިކޮށް ބިޑް ހުށަހެޅުމަށް ރަޖިސްޓްރީކުރާ ފޯމް ހުށަހެޅުއްވުން އެދެމެވެ. މިއިޢުލާނާއިގުޅޭ މަޢުލޫމާތު ކަރުދާސް އަދި ހުށަހަޅަންޖެހޭ އެންމެހައި ލިޔުންތައް ބިޑަށް ރަޖިސްޓްރީކުރައްވާ ހުރިހާ ފަރާތްތަކަށް އީމެއިލް މެދުވެރިކޮށް ފޮނުވޭނެއެވެ. ބީލަން ހުށަހެޅޭނީ މިމުއްދަތުގައި ރަޖިސްޓްރީކުރާ ފަރާތްތަކަށެވެ. މުއްދަތު ހަމަވާ ފަހުން ހުށަހަޅުއްވާ ފޯމްތައް ބަލައިނުގަނެވޭނެއެވެ. ބިޑް ރަޖިސްޓްރީކުރާ ފޯމް އިޢުލާނާއިއެކު ގެޒެޓްގައި އެއްކަރުދާސް ކުރެވިފައިވާކަން މަޢުލޫމާތަށްޓަކައި ދެންނެވީމެވެ.

       މިޢިމާރާތް ކުއްޔަށް ހިފުމާގުޅޭގޮތުން ބާއްވާ މައުލޫމާތުދިނުމުގެ ބައްދަލުވުން އޮންނާނީ 24 ޖުލައި 2023 ވާ ހޯމަ ދުވަހުގެ 10:00 ގައި މިކޯޓުގައެވެ. އަދި ބީލަން ހުށަހެޅުން އޮންނާނީ 03 އޮގަސްޓް 2023 ވާ ބުރާސްފަތި ދުވަހުގެ 13:45 ގައި މިކޯޓުގައެވެ.

          މި އިޢުލާނާއި ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ބޭނުންފުޅުވާނަމަ 6840157 ނަންބަރަށް ގުޅުއްވުން އެދެމެވެ.

11 ޖުލައި 2023