މަސައްކަތް
ނަންބަރު: (IUL)88-ADHR/88/2023/46
ޕަބްލިޝްކުރި ތާރީޚް: 11 ޖުލައި 2023
ޕަބްލިޝްކުރި ގަޑި: 16:44
ސުންގަޑި: 13 ޖުލައި 2023 12:00
މިނިސްޓްރީ އޮފް ޓޫރިޒަމް
ދިވެހިރާއްޖެ
މިނިސްޓްރީގެ ފަރާތުން ބާއްވާ ޓޫރިޒަމް ޑައިވަރސިޓީ ފެސްޓިވަލް މެނޭޖް ކުރުން.

އިޢުލާން

މި އަހަރުގެ މިނިވަން ދުވަހުގެ މުނާސަބަތާއި ގުޅުވައިގެން، ޘަޤާފީ ފަތުރުވެރިކަން ކުރިއެރުވުމުގެ ގޮތުން މިނިސްޓްރީ އޮފް ޓޫރިޒަމް އިން އިންތިޒާމްކޮށްގެން ބާއްވާ ޓޫރިޒަމް ޑައިވަރސިޓީ ފެސްޓިވަލް މެނޭޖްކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.

ވީމާ، މި މަސައްކަތް ކުރުމަށް ޝަޢުޤުވެރިވެލައްވާ ފަރާތްތަކުން ބިޑަށް ރެޖިސްޓަރ ކުރެއްވުމަށްފަހު ތިރީގައިވާ ތާވަލާ އެއްގޮތަށް މިނިސްޓްރީއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރުމަށްފަހު އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

ބިޑަށް ރެޖިސްޓަރ ކުރެއްވުމަށް ތިރީގައިވާ ލިންކްގައިވާ ފޯމް ފުރުއްވައި، 13 ޖުލައި 2023 ވާ ބުރާސްފަތި ދުވަހުގެ 12:00 ގެ ކުރިން ސަބްމިޓް ކުރެއްވުން އެދެމެވެ.

https://forms.gle/ACeNcSmDVfd4h4m3A

 

ހަރަކާތް

ތާރީޚް

ގަޑި

ތަން

މަޢުލޫމާތު ސެޝަން

16 ޖުލައި 2023 (އާދީއްތަ)

10:00

މިނިސްޓްރީ އޮފް ޓޫރިޒަމް (ވެލާނާގެ، 5 ވަނަ ފަންގިފިލާ)

ބީލަން ހުށަހެޅުން/ހުޅުވުން

23 ޖުލައި 2023 (އާދީއްތަ)

10:00

މިނިސްޓްރީ އޮފް ޓޫރިޒަމް (ވެލާނާގެ، 5 ވަނަ ފަންގިފިލާ)

 

ބީލަންހުށަހެޅުމާއި ގުޅޭ ޢާންމު އިރުޝާދު، އަދި ބީލަން ހުށަހަޅަންޖެހޭ ފޯމް ސެޓް މި އިޢުލާނާއި އެކު އެއްކަރުދާސްކޮށްފައި ވާނެއެވެ. މަސައްކަތާއި ގުޅޭ މަޢުލޫމާތު ކަރުދާސް މަޢުލޫމާތު ސެޝަންގައި ޙިއްސާކުރެވޭނެއެވެ. އޭގެފަހުން މި އިޢުލާނާއި ގުޅުންހުރި ލިޔެކިޔުމާއި މަޢުލޫމާތު ލިބިގަތުމަކީ އެބޭފުޅެއްގެ އަމިއްލަ ޒިންމާއެކެވެ.

ބީލަމުގައި ބައިވެރިވުމަށް ރެޖިސްޓަރ ނުކުރައްވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުޞަތު ނޯންނާނެ ވާހަކަ ދަންނަވަމެވެ. އަދި ރަޖިސްޓްރީ ކުރައްވާފައިވާ ފަރާތްތަކުން އިތުރު މަޢުލޫމާތު ބޭނުންފުޅުވާނަމަ 20 ޖުލައި 2023 ވާ ބުރާސްފަތި ދުވަހުގެ 12:00 ގެ ކުރިން މިނިސްޓްރީގެ އީމެއިލް [email protected] އެޑްރެހަށް މެއިލް ކުރެއްވުން އެދެމެވެ.

11 ޖުލައި 2023