ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)13-HR/13/2015/24
ޕަބްލިޝްކުރި ތާރީޚް: 02 ފެބުރުވަރީ 2015
ޕަބްލިޝްކުރި ގަޑި: 10:19
ސުންގަޑި: 16 ފެބުރުވަރީ 2015 14:30
މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީ
ދިވެހިރާއްޖެ
ފައިނޭންޝަލް ސެކްޓަރ ޑިވެލޮޕްމަންޓް ކޮންސަލްޓަންޓް

ކޮންސަލްޓަންސީ ޚިދުމަތް ދިނުމަށް އެދި ހުށަހެޅުމުގެ ދަޢުވަތު

ފައިނޭންޝަލް ސެކްޓަރ ޑިވެލޮޕްމަންޓް ކޮންސަލްޓަންޓް

ފައިނޭންޝަލް ސެކްޓަރ އިތުރަށް ހަރުދަނާކުރުމުގެ ގޮތުން މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީގެ ފަރާތުން ފައިނޭންޝަލް ސެކްޓަރ ޑިވަލޮޕްމަންޓް ކޮންސަލްޓަންޓެއްގެ ގޮތުގައި 1 އަހަރު ދުވަހު މަސައްކަތްކުރައްވާނެ މީހަކު ހޯދުމަށް ފުރުޞަތު ހުޅުވާލަމެވެ. މިގޮތުން:

  • ފައިނޭންޝަލް އިންސްޓިޓިއުޝަންތައް ތަރައްޤީ ކުރުމާއި އަދި ފައިނޭންޝަލް ސެކްޓަރ ޑިވެލޮޕްމަންޓް އާއި ގުޅުންހުރި ދާއިރާ ތަރައްޤީ ކުރުމަށް މަސައްކަތް ކުރުން.
  • ސްޓޭކްހޯލްޑަރުންނާ ބާއްވަންޖެހޭ ގުޅުން ހަރުދަނާކޮށް، ޓީމެއްގެ ގޮތުގައި އެއް ލަނޑުދަނޑިއެއް ހާސިލުކުރުމަށް މަސައްކަތް ކުރުން.

ޝަރުޠު ހަމަވާ ފަރާތްތަކުން އެކަމަށް އެދި ހުށަހަޅާ ސިޓީ އާއިއެކު ހުށަހަޅަންޖެހޭ ލިޔުންތައް:

- މަތީގައި ދެންނެވިފައިވާ ޝަރުޠުތައް ހަމަވާކަން ސާބިތުކޮށްދޭ ވަނަވަރު (ގުޅުންހުރި ދާއިރާއިން ކޮށްފައިވާ މަސައްކަތްތަކާއި، މަސައްކަތުގެ ތަޖުރިބާ ސާބިތުކޮށްދިނުން)

- ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓްތަކުގެ ކޮޕީ (އެކްރެޑިޓް ކޮށްފައިވާ ސެޓުފިކެޓް ކޮޕީ) އަދި ޓްރާންސްކްރިޕްޓް. ސެޓިފިކެޓް ލިބިފައިނުވާނަމަ ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމާއެކު، މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީއިން ދޫކުރައްވާ އެސެސްމަންޓް ރިޕޯޓް.

- އެ މުވައްޒަފަކު މިހާރު އަދާކުރާ އޮފީސް ނުވަތަ ވަޒީފާ އަދާކޮށްފައިވާ އޮފީހުން ދޫކުރާ ލިޔުމުގެ ކޮޕީ

ފޮނުވާނީ:

މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީ

އަމީނީ މަގު، މާލެ، 20379، ދިވެހިރާއްޖެ

ފޯން: 3349335

އީމެއިލް: [email protected]

ސުންގަޑި:  16 ފެބުރުވަރީ 2015 (ހޯމަ) ދުވަހުގެ 14:30 ގެ ނިޔަލަށް.

އިތުރު މަޢުލޫމާތު ހޯއްދެވުމަށް ގުޅުއްވާނީ 3349171/3349335 ނަންބަރ ފޯނާއެވެ. އަދި ޝޯޓްލިސްޓް ކުރެވޭ ފަރާތްތައް ފޯނުންގުޅައި އެކަން އެންގޭނެއެވެ.

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތު:

  • ފައިނޭންޝަލް ސެކްޓަރ ވިލަރެސްކޮށް އިތުރަށް ތަރައްޤީ ކުރުމަށް ހުރި ފުރުޞަތުތައް ދެނެގަތުން
  • ދަރަނީގެ ބާޒާރު ދިރާސާކުރުމާއި، ދަރަނީގެ ބާޒާރުގައި ހުރި ފުރުޞަތުތައް ދެނެގަތުން
  • ދިވެހިރާއްޖޭގައި އިންޓަނޭޝަނަލް ފައިނޭންޝަލް ސަރވިސް ސެންޓަރ ގެ އޮނިގަނޑެއް އެކުލަވައިލައި، ޤާއިމުކުރުން
  • އެކި ފޭސްތަކަކަށް ބަހާލައިގެން ސްޓޭކްހޯލްޑަރުންނާއި އިންސްޓިޓިއުޝަންތަކާއި ގުޅިގެން އެކްޝަން ޕްލޭން އެކުލަވައިލުން
  • ދައުލަތުގެ ފައިނޭންޝަލް ސެކްޓަރ ބެލެހެއްޓުމަށް މިނިސްޓްރީގައި ހަމަޖެހިފައިވާ އިންތިޒާމުތައް ވިލަރެސްކުރުން

ލިބިފައިވާ ތަޢުލީމާއި، މަސައްކަތުގެ ތަޖުރިބާ އަދި ޤާބިލްކަން:

  • މާސްޓަރސް ޑިގްރީ އިން އިކޮނޮމިކް/ޑިވެލޮޕްމަންޓް/ފައިނޭންސް ނޫނީ ގުޅޭ ދާއިރާއަކުން ސެޓްފިކެޓް ލިބިފައިވުން
  • ސަރުކާރު ގަބޫލުކުރާ ފައިނޭންޝަލް އިންސްޓިޓިއުޝަން ނުވަތަ ފައިނޭންޝަލް ސެކްޓަރ ޑިވެލޮޕްމަންޓާ ގުޅޭ ދާއިރާއެއްގައި މަދުވެގެން ފަސް (5) އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.
  • ދިވެހިރާއްޖޭގެ މާލީ ނިޒާމުގައި ދިމާވާ މައްސަލަތައް އެނަލައިޒްކުރުމުގެ ހުނަރުހުރުމާއެކު، ސާބިތުކަމާއެކު އެ މައްސަލަތަކަށް ހައްލު ހޯދައިދިނުމުގެ ހުނަރު ހުރުން  
  • ފައިނޭންޝަލް ސެންޓަރުގައި ދިމާވާ މައްސަލަތަކަށް ބޭނުންވާ އެހީތެރިކަން، ސްޓޭކްހޯލްޑަރުންނާ ގުޅިގެން  ފޯރުކޮށްދިނުން
  • ފައިނޭންޝަލް ދާއިރާގެ މައްސަލަތަކާއި، ރާއްޖޭގެ އިޤްތިޞާދަށް އަންނަ ބަދަލުތަކާބެހޭ ފަންނީ ޤާބިލުކަން ހުރުމާއެކު އެންމެ ފަހުގެ އިޤްތިޞާދީ އޮއިވަރު އެނގުން.
  • ފަރިތަކަމާއެކު ދިވެހި އަދި އިނގިރޭސި ބަހުން ލިޔަން ކިޔަން އެނގުން

މަސައްކަތުގެ އުޖޫރަ:

  • މި މަސައްކަތައް ކަނޑައެޅިފައި ވަނީ މަހަކު 35،000.00 ރުފިޔާއެވެ.

އެއްބަސްވުމުގެ މުއްދަތު:

  • މި މަޤާމަށް ހޮވޭ ފަރާތަކާއި މި މިނިސްޓްރީއާ ދެމެދު 1 އަހަރު ދުވަހުގެ ކޮންޓްރެކްޓެއް ހެދުމަށް ވަނީ ހަމަޖެހިފައެވެ. އަދި މުއްދަތު ހަމަވުމުން މަސައްކަތައް ބެލުމަށްފަހު މިނިސްޓްރީން ބޭނުންވެއްޖެ ހިނދެއްގައި އެއްބަސްވުމުގެ މުއްދަތު އިތުރުކުރެވޭނެއެވެ.

 

02 ފެބުރުވަރީ 2015