ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)416-ESMPL/416/2023/79
ޕަބްލިޝްކުރި ތާރީޚް: 11 ޖުލައި 2023
ޕަބްލިޝްކުރި ގަޑި: 14:06
ސުންގަޑި: 18 ޖުލައި 2023 20:30
ހުވަދުއަތޮޅު ދެކުނުބުރީ މަޑަވެލީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރައްޔިތު ބައްދަލުވުމުގެ ދަޢުވަތު

އިދާރީ ދާއިރާތައް ލާމަރުކަޒީގޮތުން ހިންގުމުގެ ޤާނޫންގެ 107 ވަނަ ނަމްބަރުގައިވާ ގޮތުގެމަތިން މިކައުންސިލުން އާންމުކޮށް ހުޅުވާލައިގެން ޖުލައި މަހުގެ ތެރޭގައި ބޭއްވުމަށް ކައުންސިލުން ނިންމާފައިވާ "ރައްޔިތު ބައްދަލުވުން 2 - 2023" 18 ޖުލައި 2023 ވާ އަންގާރަ ދުވަހުގެ ރޭ 20:30 ގައި މަޑަވެލި ކައުންސިލް އިދާރާގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މިބައްދަލުވުމުގައި 2024 ވަނަ އަހަރަށް އެކުލަވާލައިފައިވާ ބަޖެޓް އަދި މަސައްކަތު ތާވަލު ހުށަހެޅުން އޮންނާނެއެވެ.

ވީމާ، މިބައްދަލުވުމަށް މަޑަވެލީގެ އެންމެހާ ލޮބުވެތި ރައްޔިތުންނަށް ދަޢުވަތު އަރުވަމެވެ.

މިހެންވެ، މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.

11 ޖުލައި 2023