ދިވެހިރާއްޖެ
މި ކައުންސިލުންދޭ މަޢުލޫމާތާއި ކުރެހުމާއި އެއްގޮތަށް އަމިއްލަ ތަކެތީގައި މި ރަށުގައި ހަދާ ކުޑަކުދިންގެ ޕާކާއި، ގަސްޕާކުގެ މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު މިކައުންސިލުގެ ނަންބަރު (IUL)456-ESMSC/456/2023/25 (08 ޖޫން 2023މ.) އިޢުލާނާއި ގުޅިގެން އަންދާސީ ހިސާބު ހުށަހަޅާފައިވަނީ އެންމެ ފަރާތަކަށްވެފައި އަދި ހުށަހަޅާފައިވާ އަގުތަކަކީ އެކަށީގެންވާ އަގަށްވުރެ ބޮޑުއަގުތަކަކަށްވާތީ، އެ އިޢުލާން ބާޠިލްކޮށް އަލުން އެފުރުޞަތު ހުޅުވާލަމެވެ.
ވީމާ، މި މަސައްކަތް ކޮށްދިނުމަށް ޝަޢުޤުވެރިވާ ފަރާތްތަކުން 12 ޖުލައި 2023 ވާ ބުދަ ދުވަހުން ފެށިގެން 18 ޖުލައި 2023 ވާ އަންގާރަ ދުވަހުގެ 13:00 ދެމެދުގެ ވަގުތެއްގައި، މި އިޢުލާނާއެކު ލިންކުގައިވާ ރެޖިސްޓްރޭޝަން ޝީޓްގެ ގޫގްލް ފޯމް ފުރުއްވުން އެދެމެވެ. މި ބީލަމުގައިވާ ބައިވެރިވުމަށް -/500 ރުފިޔާ (ފަސްސަތޭކަ ރުފިޔާ) ގެ ނޮން-ރިފަންޑަބަލް ރަޖިސްޓްރޭޝަން ފީއެއް ދައްކަވަންޖެހޭނެއެވެ. މަޢުލޫމާތު ދިނުމުގެ ސެޝަން އޮންނާނީ 20 ޖުލައި 2023 ވާ ބްރާސްފަތި ދުވަހުގެ 13:00 މި އިދާރާގެ މީޓިންގ ރޫމްގައެވެ. މި މައުލޫމާތު ދިނުމުގެ ސެޝަންގައި ބައިވެރިވުން ކޮންމެހެން ލާޒިމެއްނޫނެވެ. އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ 23 ޖުލައި 2023 ވާ އާދީއްތަ ދުވަހު 13:00ގައި މި އިދާރާގެ މީޓިންގ ރޫމްގައެވެ.
މި އިޢުލާނާއި ގުޅިގެން އެއްވެސް މަޢުލޫމާތެއް ސާފުކުރައްވަން ބޭނުންފުޅުވެލައްވާނަމަ 20 ޖުލައި 2023 ވާ ބްރާސްފަތި ދުވަހުގެ 13:00 ގެ ކުރިން [email protected] އަށް މެއިލް ކޮށްދެއްވުން އެދެމެވެ.
ވީމާ، މިކަން އާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.
ރެޖިސްޓްރޭޝަން ފޯމު ތިރީގައި މިވާ ލިންކަށް ފިއްތާލުމުން ލިބިވަޑައިގަންނަވާނެއެވެ.