ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)364-MSS/364/2023/48
ޕަބްލިޝްކުރި ތާރީޚް: 11 ޖުލައި 2023
ޕަބްލިޝްކުރި ގަޑި: 09:57
ސުންގަޑި:
25 ޖުލައި 2023 13:00
މުލަކަތޮޅު މުލަކު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ގުދަން ބިން ކުއްޔަށް ދޫކުރުން - ކުރީގެ ތެޔޮބިން
ރަށުގައި ވިޔަފާރިކުރުމަށާއި، މުދާ ގުދަންކުރުމާއި ރައްޔަތުންގެ ޒަރޫރީ ކަންކަމަށް ބޭނުންހިފޭނޭ ގިނަ ތަކެތި ރަށުން ލިބޭނޭމަގު ފަހިކޮށްދިނުމުގެ މަޤްޞަދުގައި، ތެލުގެ ވިޔަފާރިކުރުމަށް ކުރިން ދޫކުރެވިފައިވާ ބިމުގައިވާ ޢިމާރާތް މެދުން ބައިކުރުމަށްފަހު ދެބައެއްގެ ގޮތުގައި 10 އަހަރުދުވަހުގެ މުއްދަތަށް ކުއްޔަށް ދޫކުރުމަށްވަނީ ހަމަޖެހިފައެވެ.
ވީމާ، ޢިމާރާތް ކުއްޔަށް ނެގުމަށް ޝައުޤުވެރިވެލައްވާ (ވިޔަފާރި ރަޖިސްޓްރީ ކޮށްފައިވާ) ފަރާތްތަކުން 2023 ޖުލައި 25 ވަނަ ދުވަހުގެ 13:00އަށް މި އިދާރާއަށް ދުރުވެ ބިޑް ހުށަހެޅުއްވުން އެދެމެވެ.
ޢިމާރާތް ކުއްޔަށް ދޫކުރުމަށް އެކުލަވާލެވިފައިވާ މަޢުލޫމާތު ޝީޓާއި، ބިޑު ހުށަހަޅާ ފޯމު މި އިދާރާގެ ވެބްސައިޓުންނާއި، ގެޒެޓުން އަދި ރަސްމީ ގަޑީގައި މި އިދާރާގެ ކައުންޓަރުން ލިބެން ހުންނާނެވާހަކަ ދެންނެވީމެވެ.
11 ޖުލައި 2023