ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)317-PP/AD/2023/63
ޕަބްލިޝްކުރި ތާރީޚް: 10 ޖުލައި 2023
ޕަބްލިޝްކުރި ގަޑި: 09:24
ސުންގަޑި:
17 ޖުލައި 2023 20:45
މާޅޮސްމަޑުލު ދެކުނުބުރީ ދޮންފަނު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ރައްޔިތުންނާއި ބައްދަލުކުރުން
ޤާނޫނު ނަންބަރު 2010/7 "ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު" ގެ 107 ވަނަ މާއްދާގެ ދަށުން، ކައުންސިލުން ޖުލައި މަހު ރައްޔިތުންނަށް ޢާއްމުކޮށް ހުޅުވާލައިގެން ބާއްވާ ބައްދަލުވުން 17 ޖުލައި 2023 ވާ ހޯމަ ދުވަހުގެ ރޭ 8:45 ގައި ޕްރީސްކޫލްގައި އޮންނާނެއެވެ.
ބައްދަލުވުމުގެ އެޖެންޑާ:
- 2023 ވަނަ އަހަރުގެ ފުރަތަމަ 06 މަސްދުވަހުގެ ރިޕޯޓް ހިއްސާކުރުން.
- 2024 ވަނަ އަހަރުގެ މަސައްކަތުގެ ތާވަލާއި ބަޖެޓް ހިއްސާކުރުން.
- ރަށުގެ ލޭންޑް ޔޫސް ޕްލޭން ހެދުމުގެ މަސައްކަތް ކުރާ ރިޔަން ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ތައްޔާރުކޮށްފައިވާ ލޭންޑް ޔޫސް ޕްލޭންގެ ފައިނަލް ޑްރާފްޓް ރައްޔިތުންނަށް ހިއްސާކުރުން.
- ސުވާލާއި ޖަވާބު.
މި ބައްދަލުވުމަށް ބ.ދޮންފަނުގެ ލޮބުވެތި ރައްޔިތުންނަށް ދަޢުވަތު އަރުވަމެވެ.
މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.
10 ޖުލައި 2023