މަސައްކަތް
ނަންބަރު: (IUL)459-A/459/2015/6
ޕަބްލިޝްކުރި ތާރީޚް: 04 ފެބުރުވަރީ 2015
ޕަބްލިޝްކުރި ގަޑި: 09:36
ސުންގަޑި: 12 ފެބުރުވަރީ 2015 10:00
މިނިސްޓްރީ އޮފް ލޯ އެންޑް ޖެންޑަރ
ދިވެހިރާއްޖެ
ކުނިބުނި ތިލަފުށްޓަށް ގެންގޮސްދޭނެ ފަރާތެއް ހޯދުމަށް

"ކ.ގުރައިދޫ ޚާއްޞަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުން ކުރި އިޢުލާން HPSN-IL/2015/02 ނަންބަރު ބާޠިލުކޮށް، މިމަރުކަޒުން އުކާލާންޖެހޭ ކުނިބުނި ތިލަފުށްޓަށް ގެންގޮސްދިނުމަށް އަލުން އިޢުލާން ކުރުންް"

މިމަރުކަޒުން ނައްތާލަން ނުވަތަ އުކާލަންޖެހޭ ޞިއްޙީ ޚިދުމަތަށް ބޭނުންކުރާ އާލާތްތަކާއި، ނެޕީ، ދަޅާއި ފުޅި އަދިވެސް މިފަދަ އެހެނިހެން ކުނިބުނި ތިލަފުށްޓަށް ގެންގޮސްދޭނޭ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ. ވީމާ، މިކަން ކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން މިކަމާބެހޭ މަޢުލޫމާތު ސާފުކުރެއްވުމަށް 12 ފެބުރުވަރީ 2015 ވާ ބުރާސްފަތި ދުވަހުގެ 10:00 އަށް މިނިސްޓްރީ އޮފް ލޯ އެންޑް ޖެންޑަރއަށް (ހުރަވީ ބިލްޑިންގ- 1ވަނަ ފަންގިފިލާ) ވަޑައިގެން ދެއްވުން އެދެމެވެ. އަންދާސީހިސާބު ހުށަހެޅުން އޮންނާނީ 17 ފެބުރުވަރީ 2015 ވާ އަންގާރަ ދުވަހުގެ ހެނދުނު 10:00 ގައި މިމިނިސްޓްރީގައި (ހުރަވީ ބިލްޑިންގ- 1ވަނަ ފަންގިފިލާ) އެވެ.

އަދި ދަންނަވަމެވެ. މިކަމާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންނަމަ، 6644232 ނަންބަރަށް ގުޅުއްވުން އެދެމެވެ.

14 ރަބީޢުލްއާޚިރު 1436

04 ފެބުރުވަރީ 2015