މަސައްކަތް
ނަންބަރު: (IUL)459-A/459/2015/7
ޕަބްލިޝްކުރި ތާރީޚް: 04 ފެބުރުވަރީ 2015
ޕަބްލިޝްކުރި ގަޑި: 09:32
ސުންގަޑި: 15 ފެބުރުވަރީ 2015 10:00
މިނިސްޓްރީ އޮފް ލޯ އެންޑް ޖެންޑަރ
ދިވެހިރާއްޖެ
ފިރިހެނުންގެ ބޯކޮށައި ތުނބުޅި ބާލައިދޭނޭ ފަރާތެއް ހޯދުމަށް

"ކ.ގުރައިދޫ ޚާއްޞަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުން ކުރި އިޢުލާން HPSN-IL/2015/02 ނަންބަރު ބާޠިލުކޮށް، މިމަރުކަޒުން ބަލަހައްޓަމުންގެންދާ ފިރިހެނުންގެ ބޯކޮށައި ތުނބުޅި ބާލައިދޭނޭ ފަރާތެއް ހޯދުމަށް އަލުން އިޢުލާން ކުރުންް"

މިމަރުކަޒުން ބަލަހައްޓަމުންގެންދާ ފިރިހެނުންގެ ބޯކޮށައި ތުނބުޅި ބާލައިދޭނޭ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ. ވީމާ، މިކަން ކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން މިކަމާބެހޭ މަޢުލޫމާތު ސާފުކުރެއްވުމަށް 15 ފެބުރުވަރީ 2015 ވާ އާދީއްތަ ދުވަހުގެ 10:00 އަށް ޤުރައިދޫ މަރުކަޒަށް ވަޑައިގެން ދެއްވުން އެދެމެވެ. އަންދާސީހިސާބު ހުށަހެޅުން އޮންނާނީ 18 ފެބުރުވަރީ 2015 ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 10:00 ގައި ގުރައިދޫ މަރުކަޒުގައި އޮންނާނެއެވެ.

އަދި ދަންނަވަމެވެ. މިކަމާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންނަމަ، 6644232 ނަންބަރަށް ގުޅުއްވުން އެދެމެވެ.

14 ރަބީޢުލްއާޚިރު 1436

04 ފެބުރުވަރީ 2015