މަސައްކަތް
ނަންބަރު: (IUL)10-NE/10/2023/101
ޕަބްލިޝްކުރި ތާރީޚް: 10 ޖުލައި 2023
ޕަބްލިޝްކުރި ގަޑި: 20:55
ސުންގަޑި: 13 ޖުލައި 2023 14:00
މިނިސްޓްރީ އޮފް ހޯމްއެފެއާޒް
ދިވެހިރާއްޖެ
2023 ވަނަ އަހަރުގެ މިނިވަންދުވަހާއި ގުޅިގެން ހުޅުވުމަށް ހަމަޖެހިފައިވާ މިނިވަން އުފާ ކާނިވަލުގައި ކާބޯތަކެތީގެ ސްޓޯލްތައް ހިންގުމުގެ ފުރުސަތު ހުޅުވާލުން

`


މިނިސްޓްރީ އޮފް ހޯމްއެފެއާޒް

       މާލެ،             

     ދިވެހިރާއްޖެ

 

 

 

                                           ނަންބަރު:IUL10-NE/10/2023/101

 

އިޢުލާން

 

2023 ވަނަ އަހަރުގެ މިނިވަންދުވަހާއި ގުޅިގެން ހުޅުވުމަށް ހަމަޖެހިފައިވާ މިނިވަން އުފާ ކާނިވަލުގައި ކާބޯތަކެތީގެ ސްޓޯލްތައް ހިންގުމުގެ ފުރުސަތު ހުޅުވާލުން

 

މި އަހަރުގެ މިނިވަންދުވަސް ފާހަގަކުރުމުގެ ގޮތުން މިނިސްޓްރީ އޮފް ހޯމްއެފެއާޒާއި، އާބަންކޯ ގުޅިގެން 28 ޖުލައި 2023 ން ފެށިގެން 4 އޮގަސްޓް 2023 ގެ ނިޔަލަށް ހުޅުމާލެ ސެންޓްރަލް ޕާކުގައި "މިނިވަން އުފާ ކާނިވާ" މިނަމުގައި ކާނިވަލެއް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާތީ، މި ކާނިވަލުގައި ކާބޯތަކެތީގެ ސްޓޯލްތައް ހިންގުމަށް ޝައުޤުވެރިވާ 40 ފަރާތަކަށް މިކަމުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލަމެވެ.

 

މިގޮތުން ތިރީގައި ދެންނެވިފައިވާފަދަ ކާބޯތަކެތީގެ ސްޓޯލްތައް ހިންގިދާނެއެވެ.

1. ލުއި ބުއިންތައް

2. ކޮފީ

3. އައިސް ކުރީމް

4. ޕޮޕްކޯން

5. ސްނޯ ކޯން އަދި ކަފަ ލޮލީ ފަދަ ތަކެތި

6. ފާސްޓް ފުޑް ނުވަތަ ލުއި ކާނާ

7. ހޯމްބޭކާސް ނުވަތަ ތަފާތު ދިވެހިކާނާ

 

މީގެ އިތުރުން ސްޓޯލްތައް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ތިރީގައި ދެންނެވިފައިވާ ގޮތުގެ މަތިންނެވެ.

  • ކޮންމެ ފަރާތަކަށްވެސް 10 ފޫޓުފުޅާ ހިޔާކޮށްފައިވާ ސްޓޯލެއް މޭޒާއި ގޮނޑިއާއެކު ލިބޭނެއެވެ. ނަމަވެސް އެބޭފުޅަކު އަމިއްލައަށް ބޭނުންވާ ސެޓަޕެއް ގެނައުމުގެ އިޚްތިޔާރު ލިބޭނެއެވެ.

 

  • ކާބޯތަކެތި ވިއްކައިގެން ލިބޭ ފައިދާ ލިބޭނީ ސްޓޯލް ހިންގާ ފަރާތަށެވެ.

 

 

-2-

 

ވީމާ، މިކަމަށް ޝައުގުވެރިވެލައްވާ ބޭފުޅުން ތިރީގައިވާ ދެންނެވިފައިވާ މަޢުލޫމާތާއިއެކު ކާބޯތަކެތީގެ ސްޓޯލްތަކުގެ ޕްރޮޕޯސަލް މި މިނިސްޓްރީގެ އީމެއިލް[email protected]  އަށް 13 ޖުލައި 2023 ގެ 14:00 ގެ ކުރިން ފޮނުއްވައިދެއްވުން އެދި ދަންނަވަމެވެ.

 

1. ކުންފުނި/ ނުވަތަ ހުށަހަޅާފަރާތުގެ ނަމާއި ގުޅޭނެ ނަންބަރު

2. ކާބޯތަކެތީގެ ބާވަތްތައް

3. ވިއްކާތަކެތީގެ މެނޫ އަދި އަގުތައް

4. ސްޓޯލް ސެޓަޕް ހުންނާނެގޮތް އަދި ބޭނުންވާ ތަކެތި

5. ޚާއްޞަ ރިކުއެސްޓެއް ނުވަތަ އިތުރު ތަފްސީލެއްވާނަމަ އެކަން

10 ޖުލައި 2023