ދިވެހިރާއްޖެ
ތިރީގައި މިދަންނަވާ މަޤާމަށް މުވައްޒަފަކު ބޭނުންވެއްޖެއެވެ.
| މަޤާމް: | އޮފިސަރ، ޓްރެއިނިންގ އެންޑް ޑިވެލޮޕްމަންޓް | 
| ބޭނުންވާ ޢަދަދު: | 01 | 
| ޝަރުތުތައް: | ޖީ.ސީ.އީ އޯލެވެލް މަދުވެގެން 4 މާއްދާއިން ފާސްވެފައިވުން | 
| މަސައްކަތުގެ ބާވަތް: | - ކުންފުނީގެ ޓްރެއިނިން ޕޮރޮގްރާމްތައް ރާވައި ހިންގުމާއި އިދާރީގޮތުން ކުރަންޖެހޭ މަސައްކަތްތައްކުރުން. - ކުންފުނީގެ ހިންގޭ ޓްރެއިނިން ޕޮރޮގްރާމްތަކުގެ ފެންވަރު ބެލުމާއި ރެކޯޑްތަށް ބެލެހެއްޓުން. - ހިއުމަން ރިސޯސް ސެކްސަންގެ ދުވަހުން ދުވަހަށް ނިންމަންޖެހޭ ކަންކަންކުރުން. - މިކަންކަމުގެ އިތުރުން ހިއުމަން ރިސޯސްއާއި ގުޅުންހުރި މަސައްކަތްތަކާއި، ކުންފުނީގެ މެނޭޖްމަންޓްއިން ހަވާލުކުރާ މަސައްކަތްތަކުގެ ތެރެއިން ހިއުމަން ރިސޯސްގެ އެހީތެރެރިކަން ބޭނުންވާ މަސައްކަތްތައް ކުރުން. | 
| މަހު މުސާރަ: | - 11،000 އާއި 12،000 ރ އާއި ދެމެދު | 
| ވަޒީފާގެ ބާވަތް: | - ދާއިމީ | 
| މަސައްކަތަށް ނިކުންނަން ޖެހޭ ތަން: | - ހެޑް އޮފީސް - އެޑްމިނިސްޓްރޭޝަން އެން އެޗް.އާރް | 
ވީމާ، މިވަޒީފާއަށް އެދިލައްވާ ފަރާތްތަކުން 2023 ޖުލައި 13 ވާ ބުރާސްފަތި ދުވަހުގެ މެންދުރު 14:00 ގެ ކުރިން ވަޒީފާއަށް އެދޭފޯމު ފުރިހަމަކުރުމަށްފަހު، ސެޓިފިކެޓް ތަކުގެ ކޮޕީ، ސީވީ، އައި.ޑީ.ކާޑު އަދި ޕޮލިސް ރިޕޯޓް އާއި އެކު މި ކުންފުނީގެ އީމެއިލް، [email protected] އަށް ފޮނުވުން އެދެމެވެ. (އެޕްލިކޭޝަން ފޯމުލިބިލައްވާނީ ކުންފުނީގެ ވެބްސައިޓުންކަން ދަންނަވަމެވެ.)
އެޕްލިކޭޝަން މެއިލް ކުރައްވާއިރު، މެއިލް ސަބްޖެކްޓުގައި އިއުލާން ނަންބަރު ޖެއްސެވުން އެދެމެވެ.
އިތުރު މަޢުލޫމާތު ހޯއްދެއްވުމަށް 3032510/3331421 ނަންބަރަށް ގުޅުއްވުން އެދެމެވެ.