މަސައްކަތް
ނަންބަރު: (IUL)10-NE/10/2023/102
ޕަބްލިޝްކުރި ތާރީޚް: 10 ޖުލައި 2023
ޕަބްލިޝްކުރި ގަޑި: 14:13
ސުންގަޑި: 13 ޖުލައި 2023 14:00
މިނިސްޓްރީ އޮފް ހޯމްއެފެއާޒް
ދިވެހިރާއްޖެ
2023 ވަނަ އަހަރުގެ މިނިވަންދުވަހާއި ގުޅިގެން ހުޅުވުމަށް ހަމަޖެހިފައިވާ މިނިވަން އުފާ ކާނިވަލްގައި ކުޅިވަރު ސްޓޯލްތައް ހިންގުމުގެ ފުރުސަތު ހުޅުވާލުން

 

`

 

 

މިނިސްޓްރީ އޮފް ހޯމްއެފެއާޒް

       މާލެ،             

     ދިވެހިރާއްޖެ

 

 

 

                                      ނަންބަރު:IUL10-F/10/2023/102

 

އިޢުލާން

 

 

2023 ވަނަ އަހަރުގެ މިނިވަންދުވަހާއި ގުޅިގެން ހުޅުވުމަށް ހަމަޖެހިފައިވާ މިނިވަން އުފާ ކާނިވަލްގައި ކުޅިވަރު ސްޓޯލްތައް ހިންގުމުގެ ފުރުސަތު ހުޅުވާލުން

 

މި އަހަރުގެ މިނިވަންދުވަސް ފާހަގަކުރުމުގެ ގޮތުން މިނިސްޓްރީ އޮފް ހޯމްއެފެއާޒާއި، އާބަންކޯ ގުޅިގެން 28 ޖުލައި 2023 ން ފެށިގެން 4 އޮގަސްޓް 2023 ގެ ނިޔަލަށް ހުޅުމާލެ ސެންޓްރަލް ޕާކްގައި "މިނިވަން އުފާ ކާނިވާ" މިނަމުގައި ކާނިވަލެއް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާތީ، މި ކާނިވަލުގައި މުނިފޫހިފިލުވުމާއި ކުޅިވަރުތަކުގެ ސްޓޯލްތައް ހިންގުމަށް ޝައުޤުވެރިވާ 20 ފަރާތަކަށް މިކަމުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލަމެވެ.

 

މިގޮތުން ތިރީގައި ދެންނެވިފައިވާފަދަ ކުޅިވަރުތައް ހިމެނިދާނެއެވެ.

 

  • ރިންގް ޓޮސް (އަމާޒަށް ބޮޅު އެއްލުން) ބައިވެރިން ބަހައްޓާފައިވާ އަމާޒަށް (ދަނޑިތަކެއް ނުވަތަ އުންތަކަކަށް) ބޮޅު އުކާ ހަދިޔާ ލިބުން.

 

  • ޑަކް ޕޮންޑް (ރަބަރު އަސްދޫނި ފެންގަނޑު) ފެންގަނޑެއްގައިވާ ނަންބަރު ޖަހާފައިވާ އެކި އަސްދޫނިތަކަކުން އިނާމު ހޯދުން.

 

  • ބެލޫން ޕޮޕް (ޑާޓު އުކާ ފުއްޕާހަން ފަޅައި އިނާމު ހޯދުން)

 

  • ހޫޕްލަރ (ބައިވެރިން ބަހައްޓާފައިވާ އަމާޒަށް (ދަނޑިތަކެއް ނުވަތަ އުންތަކަކަށް) ހޫޕްސް އުކާ ހަދިޔާ ލިބުން.

 

  • ބީން ބޭގް ޓޮސް (އަމާޒަށް ބީން ބޭގް އުކާ ހަދިޔާ ހޯދުން)

 

  • ކޮކޮނަޓް ޝައި: ބޯޅަ ފަދަ ތަކެތި އުކާ ކާށި ވެއްޓުން.

 

  • ވީލް އޮފް ފޯޗިއުން: ބުރު އަނބުރާލައި ހަދިޔާ ހޯދުން.

 

  • ހައި ސްޓްރައިކާ: މަރުތެޔޮއަކުން ޖަހާ ބެލް ޖެހުން.

 

 

 

-2-

 

މީގެ އިތުރުން ސްޓޯލްތައް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ތިރީގައި ދަންނަވާފައިވާ ގޮތުގެ މަތިންނެވެ.

 

  • ސްޓޯލަށް ބޭނުންވާ ޖާގަ "މިނިވަން އުފާ ކާނިވާ" ގެ ތީމާއި އެއްގޮތަށް ޒީނަތްތެރިކޮށް އާބަންކޯއިން ސްޓޯލް ހިންގާ ފަރާތްތަކަށް ސްޓޯލް ފޯރުކޮށްދެއްވާނެއެވެ.

 

  • ސްޓޯލްތަކުން ހިންގާ ކުޅިވަރާއި، ކުޅިވަރު ޙަރަކާތުގެ ސެޓަަޕް އެ ސްޓޯލެއް ހިންގާ ފަރާތަކުން ކުރިއަށް ގެންދަންވާނެއެވެ.

 

  • ސްޓޯލްތަކުން ހަދިޔާއެއް ބަހާނަމަ އެ ހަދިޔާ އެއް ހަމަޖައްސަންވާނީ އެ ސްޓޯލެއް ހިންގާ ފަރާތަކުންނެވެ.

 

  • ކާނިވާ ކުރިއަށްދާއިރު އެ މުއްދަތުގައި ސްޓޯލްތަކާ ޙަވާލުވެލައްވާ ބޭފުޅުން، އެ ސްޓޯލްތައް ކާނިވާ ނިމެންދެން ބަރާބަރަށް ކާނިވާ ކުރިއަށްދާ ހުރިހާ ވަގުތަކު ކުރިއަށް ގެންދަންވާނެއެވެ.

 

މިކަމަށް ޝައުގުވެރިވެލައްވާ ބޭފުޅުން ތިރީގައިވާ ދެންނެވިފައިވާ މަޢުލޫމާތާއިއެކު ކުޅިވަރު ސްޓޯލްތަކުގެ ޕްރޮޕޯސަލް މި މިނިސްޓްރީގެ އީމެއިލް[email protected]  އަށް 13 ޖުލައި 2023 ގެ 14:00 ގެ ކުރިން ފޮނުއްވައިދެއްވުން އެދި ދަންނަވަމެވެ.

 

1. ކުންފުނި/ ނުވަތަ ހުށަހަޅާފަރާތުގެ ނަމާއި ގުޅޭނެ ނަންބަރު

2. ކުޅިވަރު ނުވަތަ ހަރަކާތުގެ ތަފްސީލް

3. ބޭނުންވާނެ ޖާގަ އަދި ސެޓަޕްގެ މައުލޫމާތު

4. ބައިވެރިންނަށް ދެވޭނެ އިނާމު ނުވަތަ ހަދިޔާގެ ތަފްސީލް

5. ހާއްސަ ރިކުއެސްޓެއް ނުވަތަ އިތުރު ތަފްސީލެއްވާނަމަ އެކަން

 

ޕްރޮޕޯސަލް ހުށަހަޅާއިރު އެއްވެސް ކުޅިވަރު ސްޓޯލަކުން އެއްވެސް ފައިސާއެއް ނަގާނަމަ އެކަން ޕްރޮޕޯސަލްގައި ހިމެނުއްވުން އެެދެމެވެ. އަދި ކުޅިވަރު ސްޓޯލްތަކުން އެއްވެސް ފައިސާއެއް ނެގޭނީ މިނިސްޓްރީ އޮފް ހޯމްއެފެއާޒާއި އާބަންކޯއާއިއެކު މަޝްވަރާކޮށްގެން ގޮތެއް ނިންމުމަށްފަހު އެވެ.

 

 

 

10 ޖުލައި 2023