ދިވެހިރާއްޖެ
އިޖުތިމާޢީ މަރުކަޒަށް 14 އެއަރކަންޑިޝަން ހޯދުމާއިބެހޭ
މާލެ އަތޮޅު ހުރާ އިޖްތިމާޢީ މަރުކަޒަށް 24،000 ބީޓީޔޫގެ 14 އެއަރކަންޑިޝަން ހޯދައިދޭނެ ފަރާތެއް ހޯދުމަށް 30 އެޕްރީލް 2023ގައި ކުރި ނަމްބަރު (IUL)334/334/2023/48 އިޢްލާނަށް ކުރިމަތިލެއްވި ފަރާތްތަކުން ހުށައަޅާފައިވާ އަގު، ކައުންސިލުން ބަޖެޓްކޮއްފައިވާ އަގަށްވުރެ ބޮޑުކަމަށް ފާހަގަކުރެވިފައިވާތީވެ، އެއިޢުލާން ބާތިލް ކުރުމަށްފަހު އަލުން އިޢުލާނުކުރަމެވެ.
ވީމާ، މި ކަމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 19 ޖުލައި 2023ވާ ބުދަ ދުވަހުގެ 12:15 އަށް އަންދާސީ ހިސާބު ބަންދު ކުރެވިފައިވާ ސިޓީއުރައެއްގައި މިއިދާރާއަށް ހުށައެޅުއްވުން އެދެމެވެ. މަޢުލޫމާތު ކަރުދާސް އިޢުލާނާއިއެކު ހީރަސްކުރެވިފައިވާނެއެވެ. އިތުރު މަޢުލޫމާތު ހޯއްދަވަން ބޭނުންވާ ފަރާތްތަކުން މިކައުންސިލްގެ އީމެއިލް [email protected] އަށް މެއިލް ކުރައްވައިގެން މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ.
މިހެންވެ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.