ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)38-AC/38/2023/307
ޕަބްލިޝްކުރި ތާރީޚް: 09 ޖުލައި 2023
ޕަބްލިޝްކުރި ގަޑި: 01:32
އިލެކްޝަންސް ކޮމިޝަން
ދިވެހިރާއްޖެ
ރިޔާސީ އިންތިޚާބު 2023 - ސިނާއީ މަސައްކަތްކުރާ ތަންތަނުގައި ބަހައްޓާ ވޯޓުފޮށީގެ ނަންބަރާއި، ވޯޓުފޮށީގެ ނަމާއި، ވޯޓުލާ ސަރަޙައްދު އަދި ވޯޓުފޮށި ބަހައްޓާ ރަށާއި ތަން

(IUL)38-AC/38/2023/307 :ނަންބަރު

އިޢުލާން

2023 ސެޕްޓެމްބަރ 9 ވާ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިޚާބުގައި ސިނާއީ މަސައްކަތްކުރާ ތަންތަނުގައި ބަހައްޓާ ވޯޓުފޮށީގެ ނަންބަރު، ވޯޓުފޮށީގެ ކޯޑު، ވޯޓުފޮށީގެ ނަން، ވޯޓުލާ ސަރަޙައްދު އަދި ވޯޓުފޮށި ބަހައްޓާ ރަށާއި ތަން މިދަންނަވަނީއެވެ.

ވޯޓުފޮށިބަހައްޓާ ރަށް/ތަން

ވޯޓުލާސަރަޙައްދު

ވޯޓުފޮށީގެނަން

ވޯޓުފޮށީގެކޯޑު

ވޯޓުފޮށީގެނަންބަރު

ކ. ތިލަފުށި، މެސް ރޫމް

މިފޮށްޓަށް ވޯޓުލާނީ ތިލަފުށީގައިމަސައްކަތް ކުރާ ދިވެހި މުވައްޒަފުންނާއިމި ފޮށްޓަށް ވޯޓުލުމަށް ރަޖިސްޓަރީކުރާ އެހެނިހެން ދިވެހިރައްޔިތުންނެވެ.

ތިލަފުށި-1

V01.1.1

394

ހުޅުލެ،
 އެއަރޕޯޓް ރިކްރިއޭޝަން ސެންޓަރ (އޭ.އާރް.ސީ)

މި ފޮށްޓަށް ވޯޓުލާނީ ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓްގައިމަސައްކަތް ކުރާ ދިވެހި މުވައްޒަފުންގެ ތެރެއިންމި ފޮށްޓަށް ވޯޓުލުމަށް ރަޖިސްޓަރީ ކުރާ މީހުންނާއި މިފޮށްޓަށްވޯޓުލުމަށް ރަޖިސްޓަރީ ކުރާ އެހެނިހެން ދިވެހި ރައްޔިތުންނެވެ.

ހުޅުލެ-1

V02.1.1

395

 

ރިޔާސީ އިންތިޚާބުގައި 2023 ގައި ވޯޓުފޮށި ބެހެއްޓުމަށް ހަމަޖައްސާފައިވާ ސިނާއީ މަސައްކަތްކުރާ ރަށްރަށުގެ ތެރެއިން އެ ރަށެއްގައި ވޯޓުފޮށި ބަހައްޓާނީ އެ މީހަކު ރަށްވެހިވެފައިވާ ރަށް ނޫން ރަށެއްގައި ވޯޓުލުމަށްޓަކައި ރަޖިސްޓަރީވުމަށް އިލެކްޝަންސް ކޮމިޝަނުން ހުޅުވާލާ މުއްދަތުގެ ތެރޭގައި އެއިން ރަށެއްގައި ވޯޓުލުމަށް މަދުވެގެން 30 (ތިރީސް) މީހުން ރަޖިސްޓަރީވެފައިވާ ނަމައެވެ. އެހެންކަމުން މި އިޢުލާންގައިވާ ސިނާއީ މަސައްކަތްކުރާ ރަށެއްގައި 30 (ތިރީސް) މީހުންނަށްވުރެ މަދު ޢަދަދަކަށް ވޯޓުލުމަށް ރަޖިސްޓަރީ ކޮށްފައިވާނަމަ، އެ ރަށެއްގައި ބެހެއްޓުމަށް ހަމަޖައްސާފައިވާ ވޯޓުފޮށި ނުބެހެއްޓޭނެކަންވެސް އަންގަމެވެ. އަދި އެ ވޯޓުފޮށްޓަށް ވޯޓުލުމަށް ރަޖިސްޓަރީކުރި މީހުން ރަޖިސްޓަރީ ކުރުމަށް ހުށަހަޅާފައިވާ ހުށަހެޅުން ބާޠިލުކޮށް އެ މީހުން ރަށްވެހިވެފައިވާ ރަށުގައި ވޯޓުލެވޭ ގޮތަށް ރަޖިސްޓަރީ ބަދަލުކުރެވޭނެކަންވެސް އެންގީމެވެ. އަދި އެ ވޯޓުފޮށްޓަށް ވޯޓުލުމަށް ރަޖިސްޓަރީކުރި މީހުންނަށް، އެހެން ވޯޓުފޮށްޓަކަށް ރީ-ރަޖިސްޓަރީ ކުރުމަށް މުއްދަތެއް ދެވޭނެކަންވެސް އެންގީމެވެ.

 

ވީމާ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.

09 ޖުލައި 2023