ކުއްޔަށް ދިނުން
ނަންބަރު: (IUL)BCC-SH/1/2023/64
ޕަބްލިޝްކުރި ތާރީޚް: 09 ޖުލައި 2023
ޕަބްލިޝްކުރި ގަޑި: 16:13
ސުންގަޑި: 18 ޖުލައި 2023 16:00
ބިޒްނަސް ސެންޓަރ ކޯޕަރޭޝަން ލިމިޓެޑް
ދިވެހިރާއްޖެ
އެސްއެމްއީ ހަބްގެ ދެވަނަ ފަންގިފިލާއިން ކުއްޔަށް ދޫކުރުމަށް ހަމަޖެހިފައިވާ ކުޑަކުދިން ކުޅޭ ސާމާނު ވިއްކުމަށް ހަމަޖެހިފައިވާ ޝެލްފަށްކުރިމަތިލުމުގެ ފުރުސަތު ހުޅުވާލުން

މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓުގެ އިސްނެންގުވުމާއެކު މި ކޯޕަރޭޝަނުން ހިންގަމުންދާ "އެސްއެމްއީ ހަބް"ގެ ދެވަނަ  ފަންގިފިލާއިން ކުޑަކުދިން ކުޅޭ ސާމާނު ވިއްކާ ވިޔަފާރިތަކަށް ޚާއްސަކޮށް ކުއްޔަށް ދޫކުރުމަށް ހަމަޖެހިފައިވާ ޝެލްފު ކުއްޔަށް ހިފުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކަށް އެ ފުރުސަތު ހުޅުވައިލަމެވެ. މި ކޯޕަރޭޝަނުން މިފަދަ ހަބެއް ޤާއިމުކުރުމުގެ މައިގަނޑު މަގުސަދަކީ އެކި ދާއިރާތަކުން ވިޔަފާރި ކުރައްވާ ފަރާތްތަކަށް މާކެޓް އެކްސެސް ހޯދައިދިނުމާއި، މި ވިޔަފާރިތައް އިތުރު ހަރުފަތްތަކަށް ގެންދިއުމަށް އެހީތެރިވެދިނުމެވެ.

މި ޝެލްފު ކުއްޔަށް ހިފުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން މި އިއުލާނާއެކު ހިމަނާފައިވާ ފޯމް ފުރިހަމަކުރެއްވުމަށްފަހު [email protected] އަށް އީމެއިލް ކުރެއްވުމަށް ދަންނަވަމެވެ. އެޕްލިކޭޝަން ފޯމްތައް ބަލައިގަންނާނީ ހަމައެކަނި އީމެއިލް މެދުވެރިކޮށެވެ. ބީސީސީއިން އެޕްލިކޭޝަން ފޯމް ބަލައިގަތުމަށްފަހު، ފޯމް ހުށަހެޅިފަރާތަށް އީމެއިލް މެދުވެރިކޮށް އަންގާނެއެވެ.

މި ޝެލްފު ކުއްޔަށް ދޫކުރާ އަގުތަކާއި، އެހެނިހެން މައުލޫމާތު މި އިޢުލާނާއިއެކު ހިމަނާފައިވާ މަޢުލޫމާތު ކަރުދާހުން، ނުވަތަ 3305555 އަށް ގުޅުއްވައިގެން ނުވަތަ  [email protected] އަށް އީމެއިލް ކުރެއްވުމުން ލިބިވަޑައިގަންނަވާނެއެވެ.

 

ފޯމު ހުށަހެޅުމުގެ ސުން ގަޑިއަކީ 18 ޖުލައި 2023 ވާ ބުރާސްފަތި ދުވަހުގެ ހަވީރު 16:00 އާ ހަމައަށެވެ.

09 ޖުލައި 2023