ވަޒީފާގެ ފުރުޞަތު
ނަންބަރު: A2MC/2015/01-E
ޕަބްލިޝްކުރި ތާރީޚް: 04 ފެބުރުވަރީ 2015
ޕަބްލިޝްކުރި ގަޑި: 08:10
ސުންގަޑި: 16 ފެބުރުވަރީ 2015 14:00
ތިލަދުންމަތީ އުތުރުބުރީ އުލިގަމު މެޖިސްޓްރޭޓް ކޯޓު
ދިވެހިރާއްޖެ
ވޮޗަރު (ދާއިމީ)

އިޢުލާން

ތިރީގައިމިވާ މަޤާމަށް މުވައްޒަފުން ބޭނުންވެއްޖެއެވެ.

މަޤާމު: ވޮޗަރު (ދާއިމީ)

މަޤާމުގެ ރޭންކް: SS1

މަޤާމުގެ ކްލެސިފިކޭޝަން: ސަޕޯޓް ސްޓާފް ގްރޭޑް 1

ބޭނުންވާ އަދަދު: 2 (ދޭއް)

މަސައްކަތް ކުރަންޖެހޭ ތަން: ތިލަދުންމަތީ އުތުރުބުރީ އުލިގަމު މެޖިސްޓްރޭޓް ކޯޓް

މަޤާމުގެ އަސާސީ ޝަރުޠު:

  1. މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރު/ ޤާބިލްކަން ސާބިތުކޮށްދިނުމާއެކު، ލިޔަންކިޔަން އެނގުން (ލިޔަންކިޔަން އެނގޭކަމަށް ބަލާނީ، ގްރޭޑް 5 ނިންމާފައިވާކަމުގެ ލިޔުމުން ނުވަތަ ކޯޓް ނުވަތަ އިދާރާއިން ޓެސްޓެއް ދީގެންނެވެ.)
  2. މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރު/ ޤާބިލްކަން ސާބިތުކޮށްދިނުމާއެކު، އެސް.އެސް. 1 ރޭންކާ އެއްފެންވަރުގެ މަޤާމެއްގައި ނުވަތަ އެއަށްވުރެ މަތީ ރޭންކަކާ އެއްފެންވަރުގެ މަޤާމެއްގައި އުޅެ ތަޖުރިބާ ލިބިފައިވުން. ނުވަތަ؛
  3. މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރު/ ޤާބިލްކަން ސާބިތުކޮށްދިނުމާއެކު، އެސް.އެސް. 1 ރޭންކުގައި މަސައްކަތް ކުރަމުންދާ މީހެއްކަމުގައިވުން.

މަޤާމުގެ އަދާކުރަންޖެހޭ މައިގަނޑު މަސްއޫލިއްޔަތު: ކޯޓުގެ ސެކިއުރިޓީ ބެލެހެއްޓުން.

އަސާސީ މުސާރަ: މަހަކު -/3100 ރުފިޔާ

މި މަޤާމަށް ލިބޭ އެލަވަންސް:

- ސަރވިސް އެލަވަންސް: މަހަކު /-1000 ރުފިޔާ

- ޖުޑީޝަލް އެލަވަންސްގެ ގޮތުގައި މުސާރައިގެ %20

- ލިވިންގ އެލަވަންސް: މަހަކު -/2،550 ރުފިޔާ

އިތުރުގަޑި:

މި މަޤާމުގައި މަސައްކަތްކުރާ މުވައްޒަފުން، އިތުރުގަޑީގައި މަސައްކަތްކުރާނަމަ، ހަމަޖެހިފައިވާ އުޞޫލުގެމަތިން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.

ވަޒީފާއަށް އެދި ހުށަހަޅާ ފޯމާއެކު ހުށަހަޅަންޖެހޭ ލިޔުންތައް:

  1. ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.
  2. ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު.
  3. ފުރިހަމަކޮށްފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ.
  4. ފުރިހަމަކޮށްފައިވާ ތަމްރީނު އަންގައިދޭ ލިޔުންތަކުގެ ކޮޕީ.
  5. މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން އެކްރެޑިޓްކުރާ ސެޓްފިކެޓެއް ހުށަހަޅާނަމަ، އެ ސެޓްފިކެޓުގެ އެކްރެޑިޓްކޮށް ތައްގަނޑު ޖަހާފައިވާ އަޞްލުގެ ކޮފީއާއި ޓްރާންސްކްރިޕްޓް.
  6. ވަޒީފާއަށް ކުރިމަތިލާ ފަރާތުން އަދާކުރި ނުވަތަ އަދާކުރަމުންދާ ވަޒީފާގެ ތަޖުރިބާ ދަލީލުކޮށްދޭ ލިޔުން ހުށަހަޅާނަމަ، މަޤާމުގައި ވީ ދުވަހާއި، މަޤާމުގެ ނަމާއި، ރޭންކާއި، އަދާކުރާ މަސްއޫލިއްޔަތު ބަޔާންކޮށްފައި އޮތުން.

އިޢުލާނަށް އިޖާބަދޭންވީ މުއްދަތު:

މި މަޤާމުތަކަށް އެދޭ ފަރާތްތަކުން، މިކޯޓަށް ހާޒިރުވެ، ވަޒީފާއަށް އެދޭ ފޯމް ނަގައި، ‏2015‏ ފެބުރުވަރީ‏ 16 ވާ ހޯމަ‏ދުވަހުގެ 14:00 ގެ ކުރިން މި ކޯޓަށް ހުށަހެޅުން އެދެމެވެ. ވަޒީފާއަށް އެދޭފޯމު، ރަސްމީ ގަޑީގައި މި ކޯޓުން ލިބެން ހުންނާނެއެވެ.

‏14‏ ރަބީޢުލްއާޚިރު 1436

04 ފެބުރުވަރީ 2015