މަސައްކަތް
ނަންބަރު: (IUL)13-K1/13/2015/32
ޕަބްލިޝްކުރި ތާރީޚް: 08 ފެބުރުވަރީ 2015
ޕަބްލިޝްކުރި ގަޑި: 09:41
ސުންގަޑި:
08 އެޕްރީލް 2015 10:00
މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
5 ރަށެއްގައި ސޯލަރ ހަކަތަ ބޭނުންކޮށްގެން ކަރަންޓު އުފައްދާ ނިޒާމެއް ޓާރން-ކީ އުސޫލުން ޤާއިމުކުރުމަށް
ބީލަން ހުށަހެޅުއްވުމުގެ ދަޢުވަތު
- ދިވެހިސަރުކާރުގެ ފަރާތުން މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީން އޭޝިއަން ޑިވެލޮޕްމަންޓް ބޭންކުގެ ހިލޭ އެހީގައި ހިންގަމުންދާ ޕްރިޕެއަރިންގ އައުޓަރ އައިލެންޑްސް ފޮރ ސަސްޓެއިނެބަލް އެނަރޖީ ޑިވެލޮޕްމަންޓް (ޕޮއިސްޑް) ޕްރޮޖެކްޓްގެދަށުން 5 ރަށެއްގައި ސޯލަރ ހަކަތަ ބޭނުންކޮށްގެން ކަރަންޓު އުފައްދާ ނިޒާމެއް ޓާރން-ކީ އުސޫލުން ޤާއިމުކުރުމަށްވަނީ ހަމަޖެހިފައެވެ.
- ވީމާ، ޕްރިޕެއަރިންގ އައުޓަރ އައިލެންޑްސް ފޮރ ސަސްޓެއިނެބަލް އެނަރޖީ ޑިވެލޮޕްމަންޓް (ޕޮއިސްޑް) ޕްރޮޖެކްޓްގެ ބޭނުމަށް ޑީސަލް ޖެނެރޭޓަރުގެ އެހީގައި އަލިން ކަރަންޓް އުފައްދާ ނިޒާމު ޤާއިމުކޮށް ބެލަހައްޓުމަށް ޝަރުޠުހަމަވާ ފަރާތެއް، އެކަށީގެންވާ ތަޖުރިބާ ހުރި، އަދި މިފަދަ މަސައްކަތެއް ކުރުމުގެ ޤާބިލުކަން ލިބިފައިވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ދަޢުވަތު އަލުން ހުޅުވާލަމެވެ.
- މިމަސަތްކަތް ކުރާނެ ފަރާތެއް ހޮވާނީ ބައިނަލްއަޤުވާމީ ވާދަވެރި ބީލަމުގައި، އޭޝިއަން ޑިވެލޮޕްމަންޓް ބޭންކުގެ ގައިޑްލައިންސްއާ އެއްގޮތްވާ ގޮތުގެ މަތިން، ޝަރުޠު ހަމަވާ ހުރިހާ ފަރާތްތަކަށް ހުޅުވާލެވިގެންނެވެ.
- ރަޖިސްޓްރޭޝަން ފީބަލައިގަންނާނީ 10 ފެބުރުވަރީ 2015 އިން 07 އެޕްރީލް 2015 އަށް، ބަންދުނޫން ކޮންމެ ދުވަހަކު 08:30 އިން 14:30އަށް މި މިނިސްޓްރީ އިންނެވެ. ރަޖިސްޓްރޭޝަން ފީ އެއްގެ ގޮތުގައި -/1,500 (އެއް ހާސް ފަސް ސަތޭކަ) ރުފިޔާ ދެއްކެވުމުން ބީލަން ފޮތްތައް ސޮފްޓްކޮޕީ ފޯމެޓްގައި ލިބިވަޑައިގަންނަވާނެއެވެ.
- މި ޕްރޮޖެކްޓުގެ ޕްރީބިޑް ބައްދަލުވުން އޮންނާނީ 2 މާރިޗު 2015 ވާ ހޯމަ ދުވަހުގެ 14:00 ގައި މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީގެ ޖަލްސާކުރާ މާލަމުގައެވެ.
- މިޕްރޮޖެކްޓާ ގުޅޭގޮތުން އެއްވެސް ސުވާލެއްވާނަމަ 9 މާރިޗު 2015ވާ ހޯމަ ދުވަހުގެ 14:00 ކުރިން މިމިނިސްޓްރީ އީމެއިލް އެޑްރެސް [email protected] އަށް ހުށަހެޅުއްވުން އެދެމެވެ.
- ބިޑްސެކިޔުރިޓީގެ ގޮތުގައި ބިޑް ޑޮކިއުމަންޓުގައި ބަޔާންކޮށްފައިވާ އަދަދު ހުށަހަޅަންޖެހޭނެއެވެ.. ބިޑް ސެކިޔުރިޓީގެ މުއްދަތަކީ ބިޑްހުށައަޅާ ތާރީޚުން ފެށިގެން 208 ދުވަހެވެ.
- ބިޑް ހުޅުވުން އޮންނާނީ 08 އެޕްރީލް 2015 ވާ ބުދަ ދުވަހުގެ 10:00 ގައި މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީގެ ޖަލްސާކުރާ މާލަމުގައެވެ. ބީލަންތައް ހުންނަންވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ. ބޭރުގައި ބީލަމަށް ދެވިފައިވާ ނަން، ހުޅުވަން ކަނޑައެޅިފައިވާ ތާރީޚާއި ވަގުތު އަދި ކޮންޓްރެކްޓަރުގެ ނަން ލިޔެވިފައި އޮންނަންވާނެއެވެ.
- އިތުރު މައުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.
ޓެންޑަރ އިވެލުއޭޝަން ސެކްޝަން
މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީ،
އަމީނީމަގު،
މާލެ، ދިވެހިރާއްޖެ،
ޓެލެފޯން: 960.3349106 /+ 3349266960 +
ފެކްސް:960.3320706+
އީމެއިލް:[email protected]
10. އަދި މިއިޢުލާން ތިރީގައިވާ ވެބްސައިޓްތަކުގައި އަޕްލޯޑް ކުރެވިފައިވާނެއެވެ.
08 ފެބުރުވަރީ 2015