ބީލަން
ނަންބަރު: (IUL)278/278/2023/28
ޕަބްލިޝްކުރި ތާރީޚް: 09 ޖުލައި 2023
ޕަބްލިޝްކުރި ގަޑި: 14:28
ސުންގަޑި: 25 ޖުލައި 2023 11:00
މިލަދުންމަޑުލު އުތުރުބުރީ ނަރުދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ށ. ނަރުދޫ ކުރީގެ ޕްރީސްކޫލުގައި 2 ފާޚާނާ ހެދުން، ޕާޓިޝަނެއް ޖެހުން އަދި ޢިމާރާތުގައި ކުލަދަވާދު ލައިދޭނޭ ފަރާތެއް ހޯދުން

  1. މި އިދާރާގެ ނަންބަރު: (IUL)278/2023/21 އިޢުލާނާއި ގުޅިގެން އެއްވެސް ފަރާތަކުން އަގުހުށަހަޅުއްވާފައި ނުވާތީ މަތީގައި ދެންނެވިފައިވާ އިޢުލާން ބާޠިލްކޮށް އަލުން އެމަސައްކަތް ކޮށްދޭނޭ ފަރާތެއް ހޯދުމަށް އިޢުލާން ކުރީމެވެ.
  2. މިއިދާރާއިން ދޭ މަޢުލޫމާތާއި އެއްގޮތަށް އަމިއްލަ ތަކެތީގައި މިރަށު ކުރީގެ ޕްރީސްކޫލްގައި 2 ފާޚާނާއާއި ޢިމާރާތުގެ ތެރޭގައި ޕާޓިޝަނެއް ޖެހުމާއި އަދި ޢިމާރާތުގައި ކުލަދަވާދުލުމުގެ ބީލަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލަމެވެ.
  3. މިޕްރޮޖެކްޓާއިބެހޭ އިތުރު މަޢުލޫމާތު ބީލަންކަރުދާހުގައި ބަޔާންކުރެވިފައިވާނެއެވެ.
  4. މިޕްރޮޖެކްޓަށް ބީލަން ހުށަހެޅޭނީ ޤާނޫނު ނަންބަރު 18/2014 (ވިޔަފާރި ރަޖިސްޓްރީކުރުމުގެ ޤާނޫނު) ގެ ދަށުން މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގައި ރަޖިސްޓްރީ ކުރެވިފައިވާ ދިވެހި ވިޔަފާރިތަކަށެވެ.
  5. މި ޕްރޮޖެކްޓްގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން މިހާރުން ފެށިގެން 2023 ޖުލައި 17 ވަނަ ދުވަހުގެ 14:00 ގެ ނިޔަލަށް "ބީލަމުގައި ރަޖިސްޓްރީވުމަށް އެދޭ ފޯމް" ފުރިހަމަކޮށް ރަސްމީގަޑީގައި މިއިދާރާއަށް ފޯމް ހުށަހަޅައިގެން ނުވަތަ ތިރީގައިވާ މިއިދާރާގެ އީމެއިލް އެޑްރެހަށް "ބީލަމުގައި ރަޖިސްޓްރީވުމަށް އެދޭ ފޯމް" އީމެއިލް ކުރައްވައިގެން ބީލަމުގައި ރަޖިސްޓްރީވުމަށް ދަންނަވަމެވެ. ބީލަން ހުށަހެޅޭނީ މި މުއްދަތުގައި ބީލަމުގައި ރަޖިސްޓްރީވާ ފަރާތްތަކަށެވެ. އީމެއިލް ޒަރިއްޔާއިން ރަޖިސްޓްރީ ކުރައްވާނަމަ ރަޖިސްޓްރީ ކުރެވުނުކަން ކަށަވަރުކުރުމަކީ ބީލަން ހުށަހަޅާ ފަރާތުގެ ޒިންމާއެކެވެ.
  6. ބީލަން ހުށަހެޅުމާއި ބީލަން ހުޅުވުން އޮންނާނީ 2023 ޖުލައި 25 ވަނަ ދުވަހުގެ 11:00ގައި މި އިދާރާގެ މީޓިންގ ރޫމުގައެވެ.
  7. މި ޕްރޮޖެކްޓާގުޅޭ ބީލަން ކަރުދާސް މިއިޢުލާނާއެކު އާންމު ކުރެވިފައިވާނެއެވެ.
  8. މި ޕްރޮޖެކްޓާބެހޭ އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

މިލަދުންމަޑުލު އުތުރުބުރީ ނަރުދޫ ކައުންސިލްގެ އިދާރާ

ނަރުދޫ، ދިވެހިރާއްޖެ

ފޯން: 6540049

އީމެއިލް: [email protected]

09 ޖުލައި 2023