ދިވެހިރާއްޖެ
އިޢުލާން
ވަޒީފާގެ ފުރުޞަތު:
މަޤާމު |
މަސައްކަތު |
މަޤާމުގެ ނަންބަރު |
114388 |
ބޭނުންވާ އަދަދު |
1 (އެކެއް) |
ކްލެސިފިކޭޝަން |
ސަޕޯޓް ސަރވިސް ގްރޭޑް 1 |
ރޭންކް |
އެސް އެސް 1 |
މުސާރަ |
-/3100 ރުފިޔާ (މަހަކު) |
ސަރވިސް އެލަވަންސް |
-/1000 ރުފިޔާ (މަހަކު) |
އިތުރުގަޑީގެ ފައިސާ |
އިތުރުގަޑީގައި މަސައްކަތްކޮށްފިނަމަ، ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ. |
ވަޒީފާ އަދާކުރަންޖެހޭ އޮފީސް/ސެކްޝަން/ތަން |
އދ. އަތޮޅު ތަޢުލީމީ މަރުކަޒު، އދ. މަހިބަދޫ |
މަޤާމުގައި އަދާކުރަންޖެހޭ މަސްއޫލިއްޔަތު |
- ސުކޫލުތެރެ ސާފުކޮށް ބެލެހެއްޓުމާއި، ފާޚާނާއާއި ކްލާސްރޫމް ފަދަ ތަންތަން ސާފުކޮށް ބެލެހެއްޓުން. - އިދާރާއިން އެކިއެކި ފަރާތްތަކަށް އަންގަންޖެހޭ އެންގުންތައް އެންގުމާއި، ލިޔެކިޔުން ހަވާލުކުރުން. - ޖަލްސާތަކާއި މުބާރާތްތަކަށް ތަން ތައްޔާރުކުރުމާއި، ތަން ޒީނަތްތެރިކުރުމަށް ކުރާ މަސައްކަތްތައް ކުރުން. - މުވައްޒަފުންގެ އެކުވެރިކަމާއި އެއްބައިވަންތަކަން ދެމެހެއްޓުމަށްޓަކައި މަސައްކަތްކުރުން. |
އަސާސީ ޝަރުޠު |
ލިޔަންކިޔަން ދަތުމާއެކު، މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރާއި ޤާބިލުކަން ސާބިތުކޮށްދިނުން. |
މަޤާމަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް |
މި މަޤާމަށް މީހަކު ހޮވުމުގައި ބަލާނީ، ތަޢުލީމާއި ތަމްރީނަށާއި، މަސައްކަތުގެ ތަޖުރިބާއަށާއި، މަސައްކަތުގެ ހުނަރާއި، ފެންވަރާއި، ޤާބިލުކަމާއި ސިފަތަކަށެވެ. |
އިންޓަރވިއުއާއި ޕްރެކްޓިކަލްސްއާއި އިމްތިޙާންކުރުން ބޭއްވުމަށް ހަމަޖެހިފައިވާ ތާރީޚާއި ތަން |
2015 ފެބުރުވަރީ 16 އާއި 19 އާ ދެމެދުގެ ތާރީޚެއްގައި އދ. އަތޮޅު ތަޢުލީމީ މަރުކަޒުގައި. |
ހުށަހަޅަންޖެހޭ ލިޔުންތައް |
ހ. ފުރިހަމަކުރެވިފައިވާ، ދިވެހި ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (މި ފޯމު، މި މަރުކަޒުން ލިބެން ހުންނާނެއެވެ. އަދި ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓް www.csc.gov.mv ން ޑައުންލޯޑް ކުރެވޭނެއެވެ.) ށ. ސިވިލް ސަރވިސް ނުވަތަ ސަރުކާރުގެ އެހެން އިދާރާއެއްގައި މަސައްކަތްކުރާ މުވައްޒަފެއް ކަމުގައިވާނަމަ، މި ވަޒީފާއަށް އެ މުވައްޒަފު ބަދަލުވުމާމެދު އެ އިދާރާއަކުން އިޢުތިރާޒް ނުކުރައްވާކަމުގެ ލިޔުން. ނ. ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ ސާފުކޮޕީއެއް. ރ. ލިބިފައިވާ ތަޢުލީމާއި ތަމްރީން ދެނެގަތުމަށް ބޭނުންވާ ލިޔުންތައް ބ. މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށްޓަކައި، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ (އެޓެސްޓް ކުރެވިފައިވާ) ޅ. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ސީވީ) |
މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި |
މި މަޤާމަށް އެދޭ ޝަރުޠު ފުރިހަމަވާ ފަރާތްތަކުން، 2015 ފެބުރުވަރީ 15 ވަނަ ދުވަހުގެ މެންދުރުފަހު 14:00 ގެ ކުރިން، މަތީގައި ބަޔާންކޮށްފައިވާ ލިޔުންތަކާއެކު، އދ. އަތޮޅު ތަޢުލީމީ މަރުކަޒަށް ހުށަހެޅުން އެދެމެވެ. |
އިތުރު މަޢުލޫމާތު |
އިތުރު މަޢުލޫމާތު ހޯދުމަށްޓަކައި 6680024 ނަންބަރު ފޯނަށާއި، 9901891 ނަންބަރު ފޯނަށް ގުޅުން އެދެމެވެ. |
12 ރަބީޢުލްއާޚިރު 1436 |