މަސައްކަތް
ނަންބަރު: (IUL)30 /30/2023/140
ޕަބްލިޝްކުރި ތާރީޚް: 09 ޖުލައި 2023
ޕަބްލިޝްކުރި ގަޑި: 12:36
ސުންގަޑި: 18 ޖުލައި 2023 10:00
މިނިސްޓްރީ އޮފް ފިޝަރީޒް، މެރީން ރިސޯސަސް އެންޑް އެގްރިކަލްޗަރ
ދިވެހިރާއްޖެ
އަންދާސީ ހިސާބު

ސައުދީފަންޑުގެ އެހީގައި މި މިނިސްޓްރީން އއ.ރަސްދޫގައި ޤާއިމުކުރާ 25 ޓަނުގެ އައިސްޕްލާންޓް އެޅުމަށް ކަނޑައަޅާފައިވާ ބިން ސާފުކުރުމަށް ބޭނުންވެއެވެ. މި ބިމުގެ ބޮޑުމިނަކީ، 70 ފޫޓް ދިގުމިނުގައި، ފުޅާމިނުގައި 50 ފޫޓް އަދި އުސްމިނުގައި 5 ފޫޓްއެވެ. ވީމާ، މި މަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކަށް ފުރުޞަތު ހުޅުވާލަމެވެ.

ވީމާ، މިކަމަށް ޝަޢުގުވެރިވެލައްވާ ފަރާތްތަކުން 18 ޖުލައި 2023 ވާ އަންގާރަ ދުވަހުގެ 10:00 އަށް އަންދާސީ ހިސާބު ހިއްޕަވައިގެން މި މިނިސްޓްރީ (ވެލާނާގެ 7 ވަނަ ފަންގިފިލާއަށް) ނުވަތަ އއ.ރަސްދޫ ކައުންސިލް އިދާރާއަށް ވަޑައިގެންދެއްވުން އެދެމެވެ .

މި އިޢުލާނާއި ގުޅޭ މަޢުލޫމާތު ކަރުދާސް އެއްކަރުދާސް ކުރެވިފައިވާނެއެވެ. ބީލަން ހުށަހެޅުމަށް ކަނޑައަޅާފައިވާ މުއްދަތަކީ ރަސްމީ ބަންދު ނޫން 07 (ހަތް) ދުވަހުގެ މުއްދަތެއް ކަމުގައި ވުމުން، މި މުއްދަތުގެ ތެރޭގައި ސަރުކާރު ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ، ދެން ބިޑް ބަލައިގަނެވޭނީ ސަރުކާރު ހުޅުވިގެން ބަންދުވި ދުވަސްތަކަށް ރަސްމީ ދުވަސް ހަމަކޮށް، ޖެހިގެން އަންނަ ރަސްމީ ދުވަހުގެ 10:00 އަށެވެ.

މި އިޢުލާނާއި ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ  3339282އަދި 3339274 ނަންބަރު ފޯނަށެވެ.

09 ޖުލައި 2023