ކުއްޔަށް ދިނުން
ނަންބަރު: (IUL)240-PMD/240/2023/44
ޕަބްލިޝްކުރި ތާރީޚް: 09 ޖުލައި 2023
ޕަބްލިޝްކުރި ގަޑި: 10:52
ސުންގަޑި: 18 ޖުލައި 2023 10:00
ހައްދުންމަތީ އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ލ. އުވަދެވިފުށި (ބަރެސްދޫގެ އުތުރު) ވަގުތީގޮތުން ބެލެހެއްޓުން ޙަވާލުކުރުމާއި ގުޅޭ

ލ. އުވަދެވިފުށި (ބަރެސްދޫގެ އުތުރު) ވަގުތީގޮތުން ބަލަހައްޓައިދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު މި އިދާރާގެ ނަންބަރު (IUL)240-PMD/240/2023/05 (15 ޖަނަވަރީ 2023) އިޢުލާނާއި ގުޅިގެން ހުށަހެޅި ފޯމުތައް އިވިލުއޭޓް ކުރުމަށްފަހު ވަގުތީގޮތުން ބެލެހެއްޓުން ޙަވާލުކުރުމަށް ހޮވުނު ފަރާތަށް އެއްބަސްވުމުގައި ސޮއިކުރުމަށް ދެވުނު މުއްދަތުގެ ތެރޭގައި އެއްބަސްވުމުގައި ސޮއިކޮށްފައި ނުވާތީ އެ އިޢުލާނު ބާތިލްކޮށް އަލުން އެ ފުރުޞަތު ހުޅުވާލަމެވެ.

#

ރަށް

ބިޑު ހުށަހެޅުމާއި ބިޑު ކެނޑުން

01

އުވަދެވިފުށި ( ބަރެސްދޫގެ އުތުރު)

18 ޖުލައި 2023، އަންގާރަ ދުވަހުގެ 10:00

 

 

ވީމާ ލ.  އުވަދެވިފުށި (ބަރެސްދޫގެ އުތުރު) ވަގުތީގޮތުން ބެލެހެއްޓުމަށް ޝައުގުވެރިވެލައްވާ ފަރާތް ތަކުން ކުލި ބަޔާން ކުރުމާއެކު ފަޅުރަށް ވަގުތީގޮތުން ބެލެހެއްޓުން ހަވާލުވުމަށް އެދި ހުށަހަޅާ ފޯމު ފުރިހަމަ ކުރައްވައިގެން 18 ޖުލައި 2023 އަންގާރަ ދުވަހު 10:00 އަށް މި ކައުންސިލް އިދާރާއަށް ވަޑައިގެން ދެއްވުމަށް ދައުވަތު އަރުވަމެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް މި އިދާރާގެ ނަންބަރު 6800713  ފޯނާއި ގުޅުއްވުން އެދެމެވެ. މިކަމާއި ގުޅޭ މަޢުލޫމާތު ކަރުދާސް އަދި ފަޅުރަށް ވަގުތީ ގޮތުން ބެލެހެއްޓުން ހަވާލުވުމަށް އެދި ހުށަހަޅާ ފޯމު މި އިޢުލާނާއި އެއްކަރުދާސް ކުރެވިފައިވާނެވެ.

09 ޖުލައި 2023