ކުއްޔަށް ދިނުން
ނަންބަރު: (IUL)240-PMD/240/2023/45
ޕަބްލިޝްކުރި ތާރީޚް: 09 ޖުލައި 2023
ޕަބްލިޝްކުރި ގަޑި: 10:52
ސުންގަޑި: 18 ޖުލައި 2023 10:30
ހައްދުންމަތީ އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ލ. ފެންބޯހުރާ (ފެންބޯރަހާ) (މާވަށް ފަޅުތެރެ) ވަގުތީގޮތުން ބެލެހެއްޓުން ޙަވާލުކުރުމާއި ގުޅޭ

ލ. ފެންބޯހުރާ ( މާވަށް ފަޅުތެރެ) ވަގުތީގޮތުން ބަލަހައްޓައިދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު މި އިދާރާގެ ނަންބަރު (IUL)240-PMD/240/2023/6 (15 ޖަނަވަރީ 2023) އިޢުލާނާއި ގުޅިގެން ހުށަހަޅާފައިވާ ފޯމުތައް ފުރިހަމަ ނުވާތީ އެ އިޢުލާނު ބާތިލްކޮށް އަލުން އެ ފުރުޞަތު ހުޅުވާލަމެވެ.

#

ރަށް

ބިޑު ހުށަހެޅުމާއި ބިޑު ކެނޑުން

01

ފެންބޯހުރާ (ފެންބޯރަހާ)  (މާވަށް ފަޅުތެރެ)

18 ޖުލައި 2023، އަންގާރަ ދުވަހުގެ 10:30

 

 

ވީމާ ލ. ފެންބޯހުރާ (މާވަށް ފަޅުތެރެ) ވަގުތީގޮތުން ބެލެހެއްޓުމަށް ޝައުގުވެރިވެލައްވާ ފަރާތް ތަކުން ކުލި ބަޔާން ކުރުމާއެކު ފަޅުރަށް ވަގުތީގޮތުން ބެލެހެއްޓުން ހަވާލުވުމަށް އެދި ހުށަހަޅާ ފޯމު ފުރިހަމަ ކުރައްވައިގެން 18 ޖުލައި 2023 ވާ އަންގާރަ ދުވަހު 10:30 އަށް މި ކައުންސިލް އިދާރާއަށް ވަޑައިގެން ދެއްވުމަށް ދައުވަތު އަރުވަމެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް މި އިދާރާގެ ނަންބަރު 6800713  ފޯނާއި ގުޅުއްވުން އެދެމެވެ. މިކަމާއި ގުޅޭ މަޢުލޫމާތު ކަރުދާސް އަދި ފަޅުރަށް ވަގުތީ ގޮތުން ބެލެހެއްޓުން ހަވާލުވުމަށް އެދި ހުށަހަޅާ ފޯމު މި އިޢުލާނާއި އެއްކަރުދާސް ކުރެވިފައިވާނެވެ.

09 ޖުލައި 2023