ޢާންމު މަޢުލޫމާތު
ނަންބަރު: (IUL) 471-HDS3/471/2023/ 214
ޕަބްލިޝްކުރި ތާރީޚް: 08 ޖުލައި 2023
ޕަބްލިޝްކުރި ގަޑި: 21:52
ސުންގަޑި: 15 ޖުލައި 2023 23:59
މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ
ދިވެހިރާއްޖެ
ބިންވެރިޔާ ސްކީމުން މާލެ ސަރަޙައްދުން ގޯއްޗަށް އެދި ހުށަހެޅި ފަރާތްތަކުގެ ވަގުތީ ލިސްޓާއި ގުޅިގެން ޖޮއިންޓް ވުމަށް ހުޅުވާލާފައިވާ ފުރުޞަތާގުޅޭ

ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން މާލެ ސަރަޙައްދުން ބަންޑާރަގޯތި ދޫކުރުމަށްޓަކައި ހިންގާ ބިންވެރިޔާ ސްކީމުގެ ދަށުން މާލެ ސަރަހައްދުން ގޯއްޗަށް އެދި ހުށަހަޅާފައިވާ ފަރާތްތަކުގެ ވަގުތީ ލިސްޓްގައި ހިމެނޭ  "ޝަރުތުހަމަވޭ ޖޮއިންޓްވެގެން ގޯތި ލިބުމުގެ ފުރުޞަތު އޮތް" ފަރާތްތަކުން އެލިސްޓްގައި ހިމެނޭ "ގޯތި ލިބޭ" ފަރާތްތަކާވެސް ޖޮއިންޓްވުމުގެ ފުރުޞަތު ހުޅުވާލުމަށް ވަނީ ނިންމާފައެވެ.     

 

              ވީމާ، ވަގުތީ ލިސްޓްގައި ހިމެނޭ  "ޝަރުތުހަމަވޭ ޖޮއިންޓްވެގެން ގޯތި ލިބުމުގެ ފުރުޞަތު އޮތް" ފަރާތްތަކުގެ ތެރެއިން އުސޫލު ނަންބަރ: 2022/G-19 (ބިންވެރިޔާ ސްކީމުގެދަށުން މާލެސަރަޙައްދުން ބަންޑާރަގޯތި ދޫކުރުމުގެ އުޞޫލު) ގެ 9 ވަނަ މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ފަރާތަކުން "ގޯތި ލިބޭ" ފޯމުގެ ލީޑިންގ އެޕްލިކަންޓަށް ރިކުއެސްޓް ފޮނުވުމުގެ ފުރުޞަތު 15 ޖުލައި 2023 ގެ 23:59 ނިޔަލަށް ހަމަޖެހިފައިވާނެއެވެ. މިގޮތުން ޖޮއިންޓް އެޕްލިކޭޝަނެއްގެ ގޮތުގައި ބަލައިގަނެވޭނީ ޖޮއިންޓްވާންއެދޭ ފަރާތްތަކުން ފޮނުވާ ރިކްއެސްޓް މަތީގައި ދެންނެވިފައިވާ ސުންގަޑި ހަމަވުމުގެކުރިން "ގޯތި ލިބޭ" ފޯމުގެ ލީޑިންގ އެޕްލިކަންޓް  އެ ރިކުއެސްޓް ޤަބޫލުކުރުމުންނެވެ.

                                    20 ޛުލްޙިއްޖާ 1444

08 ޖުލައި 2023