މަސައްކަތް
ނަންބަރު: (IUL)354/354/2023/19
ޕަބްލިޝްކުރި ތާރީޚް: 06 ޖުލައި 2023
ޕަބްލިޝްކުރި ގަޑި: 22:40
އަރިއަތޮޅު ދެކުނުބުރީ ދިއްދޫ ކައުންސިލުގެ އިދާރާ
ދިވެހިރާއްޖެ
އދ.ދިއްދޫ ކައުންސިލް އިދާރާގެ އައު އިމާރާތް ކޮށްދޭނެ ފަރާތެއް ހޯދުން

އަރިއަތޮޅު ދެކުނުބުރީ ދިއްދޫ ކައުންސިލްގެ އައު އޮފީސް އިމާރާތް ޤާއިމްކޮށްދެއްވާނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ.

                  މިކަމަށް ޝައުޤުވެރިވާ ފަރާތްތައް، 09 ޖުލައި 2023 ވާ އާދީއްތަ ދުވަހުން ފެށިގެން 13 ޖުލައި 2023  ވާ ބުރާސްފަތި ދުވަހުގެ  މެންދުރުފަހު 13:30 ގެ  ކުރިން[email protected]  އަށް، ގެޒެޓްކުރެވިފައިވާ ރެޖިސްޓްރޭޝަން ޝީޓް ފުރުމަށްފަހު އީމެއިލް ކުރެއްވުމަށް ދަންނަވަމެވެ. މިއިޢުލާނާއި ގުޅޭ މައުލޫމާތު ކަރުދާސް އެޓޭޗްމަންޓްގައި ގެޒެޓް ކުރެވިފައިވާނެއެވެ. އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ 31 ޖުލައި  2023 ވާ ހޯމަ ދުވަހުގެ ހެނދުނު 11:00ގައި މި ކައުންސިލްގެ އިދާރާގައެވެ.

މިއިއުލާނާއި ގުޅޭގޮތުން އެއްވެސް މައުލޫމާތެއް ސާފުކުރައްވަން ބޭނުންފުޅުވެ ވަޑައިގަންނަވާނަމަ 13 ޖުލައި 2023 ވާ ބުރާސްފަތި ދުވަހު މެންދުރުފަހު 14:00ގެ ކުރިން [email protected]  އަށް މެއިލްކޮށްދެއްވުން އެދެމެވެ.  އަދި ރެޖިސްޓަރ ކުރައްވާފައިނުވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައިނުގަނެވޭނެ ވާހަކަވެސް ދެންނެވީމެވެ.

06 ޖުލައި 2023