ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)177/1/2023/51
ޕަބްލިޝްކުރި ތާރީޚް: 06 ޖުލައި 2023
ޕަބްލިޝްކުރި ގަޑި: 16:58
ސުންގަޑި: 16 ޖުލައި 2023 13:30
ނޭޝަނަލް ސެންޓަރ ފޮރ ދި އާޓްސް
ދިވެހިރާއްޖެ
"ދިވެހި ފިލްމު އެވޯޑްސް 10" (2019 - 2022) ގައި ފިލްމު ބައިވެރިކުރުމުގެ ފުރުޞަތު

ދިވެހި ފިލްމީ އުފެއްދުންތަކަށާއި ފިލްމީ ދާއިރާގައި މަސައްކަތްކުރާ ފަންނުވެރިންނަށް ހިތްވަރުދީ އަގުވަޒަންކޮށް، އެކުވެރި ވާދަވެރި މާހައުލެއްގައި ފަންނުވެރިކަން ތަރައްޤީކޮށް ދެމެހެއްޓުމުގެ މަޤްސަދުގައި، ޤައުމީ ފެންވަރެއްގައި ދެމުން އަންނަ "ދިވެހި ފިލްމު އެވޯޑްސް" މިއަހަރުގެ އޮގަސްޓް މަހު ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މި އެވޯޑްގައި ބައިވެރިކުރުމަށް ހަމަޖެހިފައިވަނީ 2019 އިން 2022 ވަނަ އަހަރުގެ ނިޔަލަށް ރިލީޒްކޮށްފައިވާ ފިލްމުތަކެވެ.

އެގޮތުން "ދިވެހި ފިލްމު އެވޯޑްސް 10" ގައި ފިލްމުތައް ބައިވެރިކުރުމުގެ ފުރުޞަތު މިއަދުން ފެށިގެން ހުޅުވާލައި އަދި "ދިވެހި ފިލްމު އެވޯޑްސް 10" ގައި އެވޯޑް ދިނުމަށް ކަނޑައަޅާފައިވާ ބައިތަކާއި އިތުރު ތަފްސީލް އާއްމުކޮށް އިޢުލާންކުރަމެވެ.

މިއަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ދިވެހި ފިލްމު އެވޯޑްސް 10 ގައި ފިލްމު ބައިވެރިކުރުމުގެ އެންމެ ފަހު ތާރީޚަކީ 16 ޖުލައި 2023 ވާ އާދީއްތަ ދުވަހުގެ 13:30 އެވެ.

މިއެވޯޑުގެ ބައިވެރިވުމަށް އެދޭ ފޯމް އެން.ސީ.އޭގެ ކައުންޓަރުންނާއި ވެބްސައިޓް www.nca.gov.mv އިން ލިބިވަޑައިގަންނަވާނެއެވެ. މިކަމާއި ގުޅޭގޮތުން އިތުރު މަޢުލޫމާތު ސާފުކުރެވުމަށް 7906246 ނަންބަރު ފޯނާއި ގުޅުއްވުން އެދެމެވެ.

06 ޖުލައި 2023